ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި ފުރަތަމަ ހަފުލާގައި ދަސްވެނިވި ދަރިވަރުން.--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
30 ސެޕްޓެމްބަރ 2025 - 14:03
ރާއްޖޭގައި މިވަގުތު 280 އަށް ވުރެ ގިނަ ހާފިޒުން އެބަތިބި ކަމަށާއި ހާފިޒުންނަށް ވުމަށް އެކި ކްލާސްތަކުގައި 1500 އަށް ވުރެ ގިނަ މީހުން ގުރުއާން ހިތުދަސްކުރަމުން ވެސް އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގައި މިވަގުތު ގުރުއާން ހިތުދަސް 284 ހާފިޒުން އެބަތިބި ކަމަށެވެ.
ގުރުއާން ހިތުދަސް ކުރާ ކްލާސްތަކުގައި ގިނަ ބަޔަކު ކިޔަވަމުން އަންނަ އިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި ޒުވާނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެންމެ ގިނަ މީހުން ހިތުދަސްކުރަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒާއި އިލްމް އިންސްޓިޓިއުޝަންތަކުގަ އެވެ.
ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް އިނާމާއި މެޑަލް ސަރުކާރުން ދޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މިދިޔަ ރޯދަ މަހު ވެސް އެ ރަސްމިއްޔާތު ބާއްވާފައިވާ އިރު މި އަހަރު އިނާމާއި މެޑަލް ދޭނީ ރޯދަ މަހުގެ 27 ވިލޭ ރޭގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.
ޝަހީމް ވިދާޅުވީ އަންނަ ރޯދަ މަހު 50 ހާފިޒުން ދަސްވެނިވާނެ ކަމަށެވެ.
ސަރުކާރުން މިދިޔަ މަހު ވަނީ މީގެ ކުރިން ހާފިޒުންނަށް ދެމުން އައި 2،000ރ. ގެ އެލަވަންސް 4،000ރ. އަށް ބޮޑުކޮށް އެ ފައިސާ ޖަމާކުރަން ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާފު
30 September 2025
ދެރަ ކަމެއް، މިހާތަނަށް މިސަރުން އެތައް ހާފިޒުން ދަސްކުރި ކަމަށް ބުނާއިރު، އެންމެ އަވަހަސް ވެސް ކުޑަކުއްޖަކަށް ވެސް ދަސްވާނީ 3 އަހަރުން، އެހެން ތަންތަނުން ދަސްކޮށްގެން އަންނަ ކުދިން ވެސް މިބަލަނީ، ޝަހީމުމެން ދަސްކޮށްދިން ކުދިން ކަމަށް.
ހަމަ އަހާލީ
30 September 2025
ހާފިޒުންނަށް މަހަކު 4000 ރުފިޔާ ދޭނެ ފައިސާ ސަރުކާރުގަ ހުރިއިރު އޯލެވެލް ހަދާ ކުދިންނަށް ދޭނެ ފައިސާއެއް ނެތް ގައުމު މިދަނީ ހަމަ ރަނގަޅު ދިމާއަކަށްތަ؟