މޯލްޑިވްސް 2.0 ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.
09 މެއި 2025 - 21:55
ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި "މޯލްޑިވްސް 2.0" މިރޭ އިފުތިތާހުކޮށްފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ހުޅުވި ބާސެލޯ ނަސަންދުރައިގައި މިހާރު ބާއްވަމުން އަންނަ ރަސްމިއްޔާތުގައި މޯލްޑިވްސް 2.0 އިފުތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދުނިޔޭގައި ޑިޖިޓަލް ދާއިރާ އިން ކުރިއަރާފައިވާ ގައުމުތަކާއި ރާއްޖޭގައި އެ ދާއިރާ އިން ތިއްބެވި ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި އެ ސިޔާސަތު ތަންފީޒު ކުރުން މިރޭ ފެށުނީ ކަމަށެވެ.
އިހުސާން ވިދާޅުވިގޮތުގައި ދައުލަތުގެ ހުރިހާ އިދާރާތައް ހިމެނޭ ގޮތަށް ދެ ދުވަހުގެ ސަމިޓެއް ކުރިއަށް ގެންދާނެ އެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރާނެ ގޮތާ މެދު ފުޅާދާއިރާއެއްގައި އެ ސަމިޓުގައި ބަހުސްކޮށް، ހުރިހާ އިދާރާތަކުން އެއްބަސްވާ ކަންކަން ނިންާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ރާއްޖޭގެ ޑިޖިޓަލް ޓްރާންފޮމޭޝަން އެޖެންޑާއަށް އެއްބަސްވެވިގެންދާނެ [ސަމިޓުގައި]. މާތްﷲ އިރާދަކުރެއްވިއްޔާ ރައީސްގެ ޑިޖިޓަަލައިޒޭޝަން ސިޔާސަތު ތަންފީޒު ކުރުމުގެ އަމަަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ،" އިހުސާން ވިދާޅުވި އެވެ.
މޯލްޑިވްސް 2.0 ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ.
ރާއްޖެ އަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނައުމަށް ކުރަމުންދާ އެ މަސައްކަތް ކުރިއަށް ގެންދާނީ ރައީސް މުއިއްޒު ޗެއާ ކުރައްވާ އަދި އެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކައުންސިލްގެ ދަށުންނެވެ.
އިހުސާން ވިދާޅުވީ އެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރާނީ ހޯމް މިނިސްޓްރީ އާއި އެންސީއައިޓީ އާއި ޓްރޭޑް ނެޓުގެ ފަންނީ މުވައްޒަފުންގެ އެހީގައި ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި އެސްޓޯނިއާގެ ޑިޖިޓަލް ކައުންސިލްގެ މެމްބަރު އަދި އެސްޓޯނިއާގެ އީ-ގަވަނަންސް އެކަޑަމީގެ ކޯ ފައުންޑަރު ލިނާވިކް ވިދާޅުވީ މިފަހުން ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކި ފަހަރު މަތިން ބައްދަލުކުރައްވައި މިކަމުގެ މަޝްވަރާތައް ކުރެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެ އާއި އެސްޓޯނިއާއަކީ ވެސް ކުޑަ ދެ ގައުމު ކަމަށާއި ކުދި ގައުމުތަކުގެ އެންމެ ބޮޑު އެސެޓަކީ އަމާޒެއް އޮތުން ކަމަށެވެ. ދާންވީ ކޮން މިސްރާބަކަށް ކަމާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް އެނގިފައި އޮތުން ކަމަށް ވިދާޅުވި އެވެ.
ލިނާވިކް ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކު ކުޑަ ފިޔަވަޅެއް އެޅުނު ކަމުގައި ވިޔަސް އޭގެ ސަބަބުން ވަރަށް ބޮޑު އިމްޕެކްޓެއް އަންނާނެ އެވެ.
މޯލްޑިވްސް 2.0 ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އެސްޓޯނިއާގެ ޑިޖިޓަލް ކައުންސިލްގެ މެމްބަރު ވާހަކަ ދައްކަވަނީ.
އޭނާ ވިދާޅުވީ އެއްވެސް ގައުމަކީ އަމިއްލަ އަމިއްލަ އަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނެވޭނެ ގައުމެއް ނޫން ކަމަށާއި އެއީ ބަޔަކާ ގުޅިގެން ނުވަތަ ބައިނަލްއަގްވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު ގެނެވޭނެ ބަދަލެއް ކަމަށެެވެ. އަދި އަވައްޓެރި ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އެހީތެރިކަމާ އެކު ހާސިލުކުރެވޭނެ ކަމެއް ކަަމަށް އޭނާ ވިދާޅުވި އެވެ.
ލިނާވިކް ވިދާޅުވީ އެތައް ޒަމާންތަކެއް ވަންދެން އޮފީސްތަކުން މަސައްކަތް ކުރަމުން އައި ގޮތް ބަދަލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެސްޓޯނިއާ އަކީ ވެސް ގިނަ ބަޔަކު ރޫރަލް ހިސާބުތަކުގައި އުޅެމުން އަންނަ ގައުމެއް ކަމަށާއި ސަރުކާރުގެ އޮފީސްތަކަށް ގޮސްގެން އެ މީހުން ހިދުމަތް ހޯދަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ. އެ ގައުމާއި ރާއްޖޭގެ އެއްގޮތް ކަމަކީ ރާއްޖެއަކީ ވެސް އެކި ހިސާބުތަކުގައި ރަށްތަށް އުފެދިފައިވާ ގައުމަކަށް ވުން ކަމަށް ވާއިރު ހިދުމަތް ފުޅާކުރަން ބޭނުން ނަމަ ޑިޖިޓަލް ހިދުމަތްތައް ރަނގަޅުކުރުމާ އެކު މީހުންގެ އިތުބާރު ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ލިނާވިކް ވިދާޅުވީ ރޯޑްމެޕެއް ހަދައިގެން، އަދި އެންމެން ގުޅިގެން މިކަން ހާސިލުކުރަން އުޅޭ ނަމަ ރާއްޖެ އަށް ކާމިޔާބުކުރެވޭނެ ކަމަށެވެ. އެކަމުގައި އެސްޓޯނިއާ އިން ދޭންޖެހޭ އެހީ އާއި ލަފާ ދިނުމުގައި އަބަދުވެސް ރާއްޖެއާ އެކު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބަލް ކުރުސީ ބެއްޔާގެ ކާފަ
10 May 2025
އެންމެ ފަހުން ޑިޖިޓަލް ކުރީ ޑީއެންއާރުގައި ހުރި ރައްޔިތުންގެ އަޑީކާޑުގެ ސޮއެ. ޑިޖިޓަލް ފޯޖުކުރުން ، މާލިއްޔަތުން 60 ހާސް މެމްބަރުން ގެ ފޯޖް ހަލާލުނޫން ގޮތުގައި ޕާޓީއަކަށް އެތަކެއް މިލިއަން ރުފިޔާ އެއްގެ ރައްޔިތުންގެ ފައިސާ ތަކެއް ނެގުން .
ކިލަމަންޑާ
10 May 2025
މިހާރުވެސް އީފާސް ތެރެއިން ޑިޖިޓަލް އައިޑީ އެންމެނަށް ވަނީ ލިބިފަ.ކުރިން ކޮށްފަހުރި ވ ގިނަ ކަންކަން އެބަހުރި އަމާޒުތެރޭގައި'..ބިޒްަނަސް ޕޯޓަލް އަދި އީ ބޭންކިން އަދި ބޯހިޔާވަހިކަމުގެ ކަންކަމަށް ކުރިން ތައްޔާރުކުރި ޕޯޓަލް ހުންނަނީ އީ ފާސް އާއި ކަނެކްޓް ވެފަ. އައިޑީ ކާޑް އެއްފަޅި ހުށައަޅާކަށް އޭރު ނުޖެހުން ބަޔަކު އެހެން ކިޔަސް. ކޮންފަ ހުރި ގިނަ ކަންކަން އަލުން ކުރަނީއޭ ބުނުން
އޮނަރަބަލް ޓުއްތޯންބެ
10 May 2025
ސަރުކާރު ހިންގަންތިބީ ތަނެއް ދޮރެއް ދަންނަ ބައެއް ނޫން . އެސްޓޯނިޔާ ކިޔާ ގައުމަކަށް ގޮސް އައިފަހުން ކުރި ކަންތައް އަލުން ކުރަނީ .......ޕޭމަންޓު ގޭޓުވޭ ޕޭޕަލް ގެންނަން ވައުދުވެގެން އައި ސަރުކާރު ގެ ހާލަތު . މިހާރު މިދައްކަނީ ކޮށްފައި ހުރި ކަންތައް އަލުން ކުރާ ވާހަކަ
މަން
10 May 2025
ތިކަން ކުރަން ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ އެން.ސީ.އައި.ޓީ އިން ކުނިބުނި ހޮވާލަން ވީ. ބޭކާރު މުވައްޒަފުން ބޭރުކުރަން ވީ.
އޮނަރަބްލް އަފީފު ދީދީ
10 May 2025
ނެޝަނަލް ޑިޖިޓަލް އައިޑެންޓިޓީ ކާޑަކަށް ނުވަތަ ސްމާޓް އައިޑީ އަކަށް ދިއުމުގެ ކުރިން ޤާނޫނަށް ބަދަލު ގެނެސް ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އުމުރުން 18 އަހަރު ވުމުން ޕާސްޕޯޓް ހަދާން މަޖުބޫރު ވާނެ ގޮތަށް ޤާނޫނު އިސްލާޙް ކޮށް 18 އަހަރުން ދަށުގެ ކުދިންނަށް ހަދާ ޕާސްޕޯޓަކީ ދައުލަތުގެ ޙަރަދުގައި "ހިލޭ" ހަދާދޭ ޕާސްޕޯޓެއްގެ ގޮތަށް ހަމަޖައްސާ ހުރިހާ ދިވެހިންގެ ބައޯމެޓްރިކް ޑޭޓާ އިމިޤްރޭޝަން އާއި ނޭޝަނަލް ރެޖިސްޓްރޭޝަންގައި ރައްކާ ކުރެވޭނެ ގޮތް ހައްދަވާ.
އިބްރާހިމް ޝާފިޢު
10 May 2025
ވަރަށް ރަނގަޅު ޙިޔާލު.. އެކަމަކު ހިލޭ ޕާސްޕޯރޓް ތަންކޮޅު ވިސްނާލަން ޖެހޭ
އޮނަރަބްލް އަފީފު ދީދީ
10 May 2025
އަށާރަ އަހަރުން މަތީގެ އެންމެން އަތުގައި ޕާސްޕޯޓް އޮންނާން ޖެހޭނެ ކަމަށް ޤާނޫނަކުން ކަޑައެޅުމަށްފަހު އިންތިޙާބް ބޫތް ތަކުގައި ޕާސްޕޯޓް ރީޑް ކުރާ މެޝިންތައް ބަހައްޓައިގެން އިންތިޙާބުގައި ވަގު ވޯޓް ނޭޅޭނެ ކަމުގެ ޔަޤީންކަން ހޯދި ދާނެ. އީވޯޓިންގ ސިސްޓަމަކަށް ދާން ތައްޔާރު ވާނަމަ އެކަން ކުރާންވާނީވެސް އެފަދަ ބަދަލަކަށް ދިވެހިން އިތުބާރު ކުރެވޭނެ ސިޔާސަތެއްގެ ތެރެއިން. އެހެން ކަމުން އައިޑީ ނަކަލަށް ވޯޓްލާ ކަމަށް ތުހުމަތު ކުރާ ކަންކަން ބަދަލު ކުރޭ.
މައިނަސް 2.0
10 May 2025
ދިވެހި ބޭންކުގެ ކާޑަކުން ޑިޖިޓަލް ފައިސާގެ މުއާމަލާތް ކުރެވޭނެތަ ތިޔަ 2.0 ގަ؟
ފްރައިޑޭ
10 May 2025
ތިކަން ރާއްޖޭގައި ނުވެގެން މިއުޅެނީ ޓެކްނޮލޮޖީގެ ގޮތުން ދިވެހިން އެސްޓޯނިޔާ މީހުންނަށް ވުރެ ދަަށްވެގެނެއް ނޫން. މައްސަލައަކީ ދިވެހިންގެ އެޓިޓިއުޑްގެ މައްސަލައެއް. ރާއްޖޭގައި، ކޮންމެ މިނިސްޓަރީ އަކުން ބޭނުންވޭ އެމީހުންގެ ވަކި ޕޯޓަލްއެއް ހަދަން. އެއްވެސް ބަޔަކު ބޭނުމެއް ނުވޭ އެބައެއްގެ އަތުގައި ހުރި މައުލޫމާތު އެހެން ބަޔަކާ ޝެއަރ ކުރަން. އެސްޓޯނިޔާގައި
ޗޫޤީ
10 May 2025
ކިހިނެއް އިތުރު މައުލޫމާތެއް ޝެއާރ ކުރާނީ. އަހަރެމެން މިއުޅެނީ މިހާރު ޝެއާރ ކޮށްފައިހުރި މައުލޫމާތު ބޭނުން ކޮށްގެން ސަރުކާރުން ނާޖާއިޒު ފައިދާއެއް ހާސިލުކޮށްފާނެތީވެސް ބިރުން.
ދުނިޔެ
10 May 2025
އެންސީއައިޓީ މިއޮތް ގޮތަށް ބާއްވައިގެން ނުވާނެ
މުހިއްމުވެދާނެ
09 May 2025
ދުވާލަކު ބިޔަމަޝްރޫއެއް. އިންތިހާބުގެ ކުރިން، ގޭގައި ތިބެގެން ވޯޓާއި ކުޅެލެވޭނެގޮތް ހަމަޖެހުމަކީ ވަރަށް މުހިއްމުކަމަކަށް ވެދާނެ.
ޗޫޤީ
09 May 2025
ލިނާވިކް އެބުނާއެއްޗެއް މިސަރުކާރުގެ އޮތްކަމަކަށް މަށަކަށް އެއްބަހެއް ނުވެވެއެވެ. އެބުނާއެއްޗެއް ނެތީމަތާ އަބަދުވެސް ސަރުކާރުން ކުރިންބުނި އެތި ކެންސަލްވެގެން އުޅޭ އަޑުގަދަވަނީ.