"ރާއްޖެ 2.0" އިފުތިތާހު ކުރުމާއި "މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓު" ހުޅުވުމަށް މި އަހަރުގޭ މޭ ނުވަ ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
09 އޮކްޓޯބަރ 2025 - 22:06
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޓްރޭޑްނެޓުގެ ނަން ބަދަލުކުރީ ރައީސް ނެރުއްވި ގަރާރަކުން ކަމަށެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް 2019 ވަނަ އަހަރު އުފެއްދީ ރާއްޖޭގައި ވިޔަފާރި ކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކާ "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ކުންފުނީގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑްގެ ނަމަށް ބަދަލުކުރައްވަން ރައީސް މުއިއްޒު ނިންމެވީ، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މެންޑޭޓް ތަންފީޒުކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0"ގެ ތަސައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޒީ ގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއް ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުދު.
10 October 2025
މެގަ ޕްރޮޖެކްޓެއް
ޑެސްޕެ
10 October 2025
2 މިލިއަން ގެއްލުންވި މިދިޔައަހަރު ތި ޓްރޭޑްނެޓްއިން
އެބްރިވިއޭޝަން
10 October 2025
އެހެންވީމަ ތި ކުންފުންޏަށް ކުރުކޮށް ކިޔާނީ މިޑް ކޮމްޕެނީއޭ ދޯ؟
ގާދިރު
10 October 2025
ވަރަަށް ލާގައުމިއްޔަތު ނަމެއް! ނަސީރު ވަޒީރުގެ ލަފަޔަކަށް އަހާލިނަމަ ނަންކިއުމުގެ ކުރިން!
ކައްދަ މޫސަ
10 October 2025
ދެން އެންސީއައިޓީ އިން ކޮންކަމެއް ތޯ ކުރާނީ؟ ހިސާބަށް ވުރެ ތަންތަން ގިނަ ވެ ކަމެއް ނުވެގެން މިއުޅެނީ
މާންބެ
10 October 2025
އެންސީއައިތީ އަކީ ކޭކުގެ އެއްފަޅި. ޓުރޭޑް ނެޓަކީ ކޭކުގެ އަނެއްފަޅި. ދެން ސިޔާކުޅޭ ހުންނާނީ ވަރަށް ހިތްހަމަޖެހިފަތާ މިހާރު. ބަލަދު އަރާފަތިބޭ މީހުން ގިނަ ވާވަރަކަށް ދައުލަތުގެ ކުންފުނިތަށް ގިނަވާނެ.
ކޮމޮޑަސް
10 October 2025
ފަސް އަހަރު ނަން ބަދަލުކޮށް އަދި ރިބްރޭންޑް ކުރުމުގައި. ޓްރޭޑްނެޓުން އޭރުވެސް އަދި މިހާރުވެސް ކުރާ ކަންތައްތައް ކުރަނީ. ޓްރޭޑްނެޓުން މާކުރީއްސުރެ އަޒުމު ކަނޑައަޅައި ޕްލޭން ކޮށްގެން، ކުރަމުން އައި ކަންތައްތައް މިހާރު މެޓީރިއަލައިޒް އެ ވަނީ. ފުރުތަމަ ކެޕިޓަލް ބަޖެޓު ތަންފީޒު ކޮށްބަލަ. އެހެންނޫނީ ތިޔަ ކުރާ ކަންތައްތަކުގެ އެއްވެސް މާނައެއް ނެތް.
ިޗަސްޕުޓިސް
09 October 2025
ކާކު ދިން .ނަމެއް؟ މާ އިހު ޒަމާނުގަ އައިޓީ އާ އައިސީޓީ ކިޔާ ގޮތަށް ކިޔާ ޒާތުގެ ނަމެއް. ކްރިއޭޓިވިޓީ ހަމަ ޒީރޯ. ޓްރޭޑްނެޓް ވެސް ހަޑި ތިފަހުން ދިން ނަން އަދި މާ ހަޑި.
ފަރުހާދޔ
09 October 2025
"މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑް" މިއީ މާނައެއް ދޭހަވާ ނަމެއް ނޫން. އެހެންނެއް ނޫން، "Innovation and Digital Development / Transformation Company" ނުވަތަ "Innovation and Digitalization Company" ރަނގަޅު
ޢަލްޓިކޯ
09 October 2025
ނަސީބެއްނު ނަމެއްހާ މިންވަރުވެސް ބަދަލު ކުރެވޭކަން
އެކްސްި
09 October 2025
ނަމުގަ ޑިގިޓަލް. އަދި ވެސް ބޭނުންވަނީ ހުރިހާ ރަށެއްގަ ނަގުދު ފައިސާ ނަގަން އޭޓީއެމް ބަހައްޓަން.
އަފްރާސިޔާބު
09 October 2025
ބަލަ އޭޓީއެމުން ނެގޭނޭ ޑިޖިޓަލް ކަރަންސީވެސް. އޭގައިވެސް ފިތްތަކަށް އޮބައިގެނޭ ހާޑް ކަރަންސީވެސް ނަގަނީ. ޑިޖިޓަލްވެސް ހަމަ އެގޮތަށޭ އަންނާނީ. ތަފާތުވާނީ ކިޔާނަމޭ ކަންސީވާނީ ހަމަ ކަރަންސީ އަށޭ.