މޯލްޑިވްސް 2.0 ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
22 ސެޕްޓެމްބަރ 2025 - 15:25
މޯލްޑިވްސް 2.0 ގެ ދަށުން ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިނިސްޓަރުންގެ ލަފައާ އެކު، އެ ކައުންސިލް އުފެއްދެވީ "މޯލްޑިވްސް ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ގާއިމުކުރުމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރަން ފަހިކޮށްދީ، އެ މަސައްކަތްތައް ބެލެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް މުއިއްޒު އެވެ.
ރާއްޖެ އަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އުފެއްދި މޯލްޑިވްސް 2.0 ގެ ދަށުން އެކުވަވައިލ ކައުންސިލުގައި ތިއްބަވާނީ އެ ދާއިރާގެ ތަޖުރިބާކާރުން ކަމަށް ކުރިން ރައީސް ވިދާޅުވެފައިވެ އެވެ.
މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރަން ސަރުކާރުން ހިންގާ އެ މަޝްރޫއުއަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަން ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޑިޖިޓަލައިޒް ކުރުމުގެ އެއް ބޭނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކުރުމެވެ. ހިދުމަތް ދެނީ އެންމެ ހަލުވި މިނުގައި ކަން ކަށަވަރުކުރުމާ އެކު އެފިޝަންޓްކޮށް، ކޮރަޕްޝަން ހުއްޓުވުމުގައި ޑިޖިޓަލައިޒް ކުރުމުގެ ބޭނުމެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތޫބާ ނާޒިމް
23 September 2025
މިހެންވެ ބުނަނީ މިސަރުކާރުން ކޮރަޕްޝަން ހުއްޓުވަން ކުރެވުނު ކޮންމެ ކަމެއް ކުރާނެޔޭ. އެކަމުގެ އައު ބާބެއް މިއީ
އަސްލަމް ވަހީދު
23 September 2025
ވަރަށް ފުރިހަމަ ކަމެއް. މީގެ ސަބަބުން ހަމަ ޔަގީނުންވެސް ވައްކަން ހުއްޓުވޭނެ.
ހެޑްލައިން 2.0
22 September 2025
ނޫސްތައް ކިޔާލީމަ ހަމަ އެއްވަނަ ދުނިޔޭގެ ގައުމެއް މިއީ… ހުރިހާ އެންމެނަށް ވަރަށް މަރުހަބާ
ޝިމަންލ
22 September 2025
މުޅި ރާއްޖެ ޑިޖިޓަލައިޒް ކުރުމުން ދިވެހި ބަހުން ތާނަ އަކުރުން ލިޔުމާއި ކިއުމުގެ ކަންތަކަށް ވެގެންދާނީ ކިހިނެއްތޯ ސުވާލު އުފެދޭ. މިހާރު ވެއްޖެއްޔާ އޮފީސްތަކުގައި ދިވެހި ބަހުން ޓައިޕް ކޮށްގެން ދިވެހި ބަހުގެ ލިޔުންތައް ބޭނުން އެބަކުރޭ. މިހާރުވެސް އޮންލައިންކޮށް ކުރެވޭ މުޢާމަލާތްތަކުގައި ގިނައިން ބޭނުން ކުރަނީ އިނގިރޭސި ބަހުން ލިޔެފައި ހުންނަ ލިޔުންތައްކަން ފާހަނގަ ކުރެވޭ.
އޮފީސް މުވައްޒަފެއް
23 September 2025
ތިއީ މަޢުލޫމާތު ލިބިފައި ނެތީ. ސަރުކާރު ލިޔުންތައް، ދިވެހިން (ޕްރިންޓް ނުކޮށް) ސޮޔާއެކު އެއް ތަނުން އަނެއް ތަނަކަށް ފޮނުވާތާ އަހަރުތަކެއް ވެއްޖެ. ކޮވިޑަށްފަހު މިކަމަށް މުވައްޒަފުން އިތުރަށް އަހުލުވެރިވި. މަދު ބަޔަކު އަދި ވެސް ގޮތް ދޫނުކުރަން ޕްރިންޓްކޮށް އުޅޭ.
ރާއްޖެ
22 September 2025
ތި މޯލްޑިވްސް 2.0 އިނޯގްރޭޓް ކުރި ފަހުން ޑްރައިވިން ލައިސެންސް އާ ކުރަން އޮން ލައިން ކޮށް އެޕްލައި ކޮށް ފައިސާ ޓްރާންސްފަރ ކޮށް ދެ ހަފްތާ ފަހުން ލިބުނީ.
1828
22 September 2025
މުޢިއްޒު ސްޕީޑް
ބޮޑުބެގެ ބެއްޔާ
22 September 2025
ހާހުން ލައްކައިން މުސާރަދޭ ބޮޑެތި މަގާމުތައް އުފައްދަންވީމަ ލާރިހުރޭ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް 1 ރުފިޔާވެސް އިތުރުކޮށްލާކަށް ލާރިއެއް ނެތް. މީ ހަމަ ސީދާ ރައްޔިތުންގެ ލާރިއަށް ....
ބޮޑުކުރަނެ ކަމެއްނެތް
22 September 2025
ދެއިރަށް ސައިކޮފީ ބޮއެފަ، ފޯނަށް ޖަވާބު ނުދެވޭ ބައެއްގެ ކޮން މުސާރައެއް ބޮޑުކުރާކަށް.
މުރުތަލޯ
22 September 2025
ދިރާގުގަ އުޅޭ މުއްސަދާއި މުތަވައްކިލް ތިކަމަށް ވ ފަރިތަަވާނެ. ތީތި ޖައްސާލަދޭނެ 2.5 އަށްވެސް.