އިންޑިއާގެ މިސައިލް ހަމަލާއެއްގައި ޕާކިސްތާނުން ހަލާކުވެފައިވާ ތަނެއްގެ ކައިރީގައި ބަޔަކު ހަރަކާތްތެރިވަނީ: ޕާކިސްތާނުން މިހާރު އިންޑިއާއާ ދެކޮޅަށް ހަމަލާތައް ފެށިކަން ރަސްމީކޮށް އިއުލާނުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
10 މެއި 2025 - 05:41
އިންޑިއާ އާއި ޕާކިސްތާނުން އެއްގައުމުން އަނެއް ގައުމަށް ދެމުން ގެންދާ ހަމަލާތައް ފުޅާވެ ވަރުގަދަވަމުން ގޮސް، މީގެ ކުޑަ އިރުކޮޅެއް ކުރިން އިންޑިއާގެ އެކި ހިސާބުތަކަށް ބޮން އަޅަން ފަށާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އިއުލާނުކޮށްފި އެވެ.
ޕާކިސްތާނުން "އޮޕަރޭޝަން ބުންޔާނުން މަރްސޫސް" ގެ ނަމުގައި ހަމަލާތައް ފެށީ އިންޑިއާއިން މިރޭ ޕާކިސްތާނަށް އިތުރު ހަމަލާތަކެއް ދިނުމަށް ފަހުގަ އެވެ. އިންޑިއާއިން މިރޭ ވަނީ ޕާކިސްތާނުގެ ވައިގެ ސިފައިންގެ ތިން މަރުކަޒަކަށް މިސައިލުން ހަމަލާ ދީފަ އެވެ. އޭގެ ތެރެއިން އެއް ހަމަލާ ވެރިރަށް އިސްލާމްއާބާދުގެ ކައިރީގައި ހުރި މަރުކަޒަކަށް ވެސް އަމާޒުކޮށްފައިވެ އެވެ.
މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ދިން ބަޑީގެ ހަމަލާތަކެއްގައި 26 މީހަކު މަރާލުމުން އެކަމުގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭނެ ކަމަށް ބުނެ އިންޑިއާއިން މީގެ ދެ ދުވަސް ކުރިން ޕާކިސްތާނާއި ކަޝްމީރުގެ ނުވަ ތަނަކަށް މިސައިލް ހަމަލާދީފައި ވާއިރު އެއްގައުމުން އަނެއް ގައުމަށް ދަނީ އިސްވެ ހަމަލާދޭ ކަމުގެ ތުހުމަތުކުރަމުންނެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު އަހްމަދު ޝަރީފް ޗައުދަރީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިއާއިން ވައިގެ ތިން މަރުކަޒަކަށް އަމާޒުކޮށް "މިސައިލް ހަމަލާތަކެއް" ދީފައި ވާއިރު އޭގެ ތެރެއިން ގިނަ މިސައިލްތައް އިންޓަސެޕްޓުކޮށް ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް ހަމަލާތަކުގައި ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށާއި އެކަމަކު އެއާކްރާފްޓަކަށް ގެއްލުން ނުވާ ކަމަށް ވިދާޅުވި އެވެ.
ޕާކިސްތާނުން އިންޑިއާގެ 36 ދިމާލަކަށް ހަމަލާ ދެމުންދާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުގެ އަސްކަރީ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ އުދަމްޕޫރު ސިޓީގައި ހުންނަ އެއާބޭސްއަކާއި ޕަތަންކޮޓްގެ އެއާފީލްޑަކަށް ޕާކިސްތާނުން ހަމަލާދީ އެ ތަންތަން ވަނީ ހަލާކުކޮށްލައިފަ އެވެ.
މީގެ އިތުރުން އިންޑިއާގެ ޕަންޖާބު ޕްރޮވިންސްގެ ބިޔަސްގައި ހުންނަ ބްރަހްމޯސް މިސައިލް ސްޓޯރޭޖް ފެސިލިޓީއަކަށް ވެސް ހަމަލާދީފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފަ އެވެ.
ކޮންމެ ގައުމަކުން ވެސް ހަމަލާތަކުގައި އަނެއް ގައުމަކަށް ބޮޑެތި ގެއްލުން ދެމުންދާ ކަމަށް ބުނާއިރު އެއްގައުމުން އަނެއް ގައުމެއްގެ ވާހަކަތައް ދޮގުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރުންގެ ތެރޭގައި އަރާހުރި
10 May 2025
އަނެއްކާވެސް ފެންާނާނީ މުސްލިމުން ބަލިވާތަން! ދިވެހިން ކިޔާނީ މާދަމާ އިންޑިޔާ ބަލިވާނެޔޭ! ވާތަނެއް ނުފެންނާނެ 5000 އަހަރު ވާއިތުވެސް!
ކޯންޗެކޭ ކޔާކަށް؟
10 May 2025
ގަމާރުންނޭ ތިކިޔަނީ ކޮންބަޔަކަށް؟ އިންޑިޔާގަވެސް ނަގާކިޔަން ތިބި މުސްލިމު ސިފައިން މަދެއް ނުވާނެ..ހަމަ އެފަދައިން ޕާކިސްތާނުގަވެސް އެބަތިބި..މޯދީޖީއަށް ބޮޑު ކަމެއް ޖެހޭއިރަށް މުސްލިމުން ފެންނާނެ..ގެދޮރާ މިސްކިތްތައް ތަޅަންވީމަ މުސްލިމުންނަކަށް ނުބަލާނެ.
އަލީބެ
10 May 2025
މޯދީ ރަނގަޅަށްވެސް ދަލުޖެހިއްޖެ. ދުނިޔޭ ކުރިމަތީ ބޭޒާރުވެއްޖެ. އަމިއްލަ ގައުމު ނޫސްވެރިންގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިނައްވުރެ ކިބުރުވެރިވީމަ ވާގޮތް.
މަ ބުނީ
10 May 2025
މަ ބުނީ އަހުރެމެން ވަކިކޮޅަކަށް އަރާވަރު ނުކުރާތި ! އަހުރެމެންވެ އަތުގައި ތުރުކީ ޑްރޯން އާއި މެސައިލް އެބަހުރި ، އިދިކޮޅަށް ހަދުނިޔެ ދަންކާނުލަނީސް މައިތިރިވޭ !
އެދުރު ބެ
10 May 2025
މޯދީ ސައިޒަށް ކަޑާލާނެ މިފަހަރު ، ވަކި ވަރަކަށް ވުރެ އުނދަގޫ ބޮޑުވީމާ ދެން ޖެހޭނީ ސައިޒްކުރަން
ސާފު
10 May 2025
ސައިޒުވާނީ މިހާރުވެސް ބަނގުރޫޓުވުމުގެ ތުންފަތްމަތީގަ އޮތްމީހުން
ޕާކިސްތާން ރަހޮމައްތެރިމީހާ
10 May 2025
ރަނގަޅަށް ތިޔަވިދާޅުވީ، އޭނާގެ ދުއްޕާން ވަރަށް ބުޑުވެފައި އޮތީ
އަފްލާތޫން
10 May 2025
ދެން ކޮން ސަކަރާތެެއް ދެކުދިން މިޖަހަނީ ދެކޮޅުންވެސް އަޅަނީ ބާވެދަބަރުޖަހާފަ ހުންނަ މިސައިލް
ކިނާރީ
10 May 2025
ކޮންމެހެން ހަނގުރާމަ ކުރަން ޖެހޭތަ. ސިންދޫރު ނުޖަހާ މީހުން ގިނަވުން ނޫންކަމެއް ނުވާނެ . އަނބިންހުވަފެންވީމަ ޒިންމާއެއް މޯދީ ނުނަގާނެ. އޭނަ ކަމަކީ ޕާކިސްތާނާ މެދު ނަފްރަތު އުފެއްދުން . މޯދީއަކީ ވަރަށްފޭކްމީހެއް.ސަރަހައްދުގެ ހަމަޖެހުން ނަގާލާ މީހެއް.
ޢަަދަނުބެ
10 May 2025
މާތް ﷲ ނަސުރު ދެއްވާނީ މުސްލިމުންނަށް އިޒުރޭލު އަޑީގައި އޮވެގެން ހަތިޔާރު ދީގެން އިންޑިޔާ ލައްވާ މި ކުރުވާކަމަކީ ފަލަސްތީނުގަ އެމީހުން ހިންގާ ޖަރީމާތަކުގެ ފޯކަސް ގެއްލުވާލޫން އިންޑިޔާ އަކީ ފާޅުގައި އިޒުރޭލައް ތާއީދު ކުރާގައުމެތް
ޟުސްލިމް
10 May 2025
މުސްލިމުން ކިތައްފަހަރު ބަލިވެއްޖެ.
ހަގީގީ ކާމިޔާބު
10 May 2025
ޝުސްލިމްމެން ކަހަލަ ދުނިޔެއާ ހިސާބުގައި ފިކުރު ހުއްޓިފައި ތިބޭ މީހުންނަަށް ކާމިޔާބަކަަށް ވާނީ ދުނިޔޭގެ ކާމިޔާބު އެކަނި. ހަގީގީ ކާމިޔާބަކީ ނިމުމެއް ނެތް އާހިރަތުގެ ކާމިޔާބުކަމުގައި އަހަރެމެން ދެކެނީ. ޔަގީނުންވެސް އެތާނގައި ކާމިޔާބު ލިބޭނީ މުސްލިމުންނަށް!
ހަނގުރާމަ
10 May 2025
ޙަމައެކަނި މުސްލިމުންނަށް ވީތީ ނަސުރު ދެއްވާނެކަމަށް ސާބިތު ވެފައިނެތް އަދި މުސްލިމުންގެ ނަމުގައި ހަނގުރާމްކުރުމަކުން ވެސް ނަސްރު ލިބޭންކަމަށް ހީކުރުމަކީ ހީއެއް. ﷲއަށް ތަބާވާންޖެހޭނެ.
ފެންބަޑި
10 May 2025
100 ފަހަރު ބަލިވިއަސް ތިބަސް އޮންނާނެ
ޖަރީމާ
10 May 2025
ދެގައުމުގެ ސިފައިންގެ ތެރޭގަވެސް މުސްލިމު ސިފައިން އެބަތިބި. މި ހުރިހާ ސިފައިންވެސް ދުޢާ ކުރާނީ މާތްﷲއަށް. ރީތި ގޮތުގަ އުސޫލުތަކުގަ ހިފަހައްޓަވައިގެން ހަނގުރާމަކޮށް ނަސުރު ހޯއްދެވީ މިއުއްމަތުގަ މާތް ނަބިއްޔާއާއި އެކަލޭގެފާނުގެ އަޞްޙާބުން..މިހާރު މިކުރަނީ ހަނގުރާމަތަ؟މޮޔައެއްގެ އަތަށް ކަނޑިއެއް ލިބުނީމަ އަމަލުކުރާ އުސޫލުން އާއްމުންގެ ބޮލަށާއި ގެދޮރަށް ހަމަލާދީ ބޮން އަޅަނީ..ދެބައިމީހުންނަށްވެސް ބޮޑެތި ގެއްލުން ހޯދައިގަންނީ އަމިއްލައަށް..
މުރާސިލް
10 May 2025
ހަމަލާތައް އަވަހަށް ހުއްޓާލާ މަސްރަހު ހަމަ ޖެހިގެން ދިއުމަކީ ދެޤައުމަށާއި އަވަށްޓެރި ޤައުމުތަކާއި މުޅި ދުނިޔެއަށްވެސް އެންމެ މަސްލަހަތު ހުރި ގޮތެވެ. ތިޔަ ހަމަލަތަކުގައި އިންޑިޔާ މުޅި ދުނިޔެއަށް ފަލީހަތްވެ، ޕާކިސްތާނުގެ އަތްދަށުވެގެން ހަނގުރާމަ ނިމުމަކީ އިންޑިޔާއަށް ހަޖަމު ކުރެވޭނެ ކަމަކަށްނުވާއިރު، އިންޑިޔާ ފަޟީހަތްވުމުން ސަލާމަތްވުން އޮތީ އަވަހަށް ހަމަލާތައް ހުއްޓާލުމަށް ނިންމުން އިހުތިޔާރުކުރުން އެކަންޏެވެ.