10 މެއި 2025 - 11:37
ރާއްޖޭގައި އިންތިހާއަށް އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށް ގައުމު ޑިޖިޓަލް ކުރަމާ ދެކޮޅު ނުހަދައި، އެ ދަތުރުގައި ޒިންމާދާރުކަމާ އެކު ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފި އެވެ.
ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި "މޯލްޑިވްސް 2.0" ރޭ އިފުތިތާހުކޮށްފައިވާ އިރު، މިކަމުގެ ބޭނުމަކީ އީ ވޯޓިން ތައާރަފުކޮށް، އިންތިހާބު އޮޅުވާލުން ކަމަށް އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ތުހުމަތުކޮށްފަ އެވެ.
މިގޮތުން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވްސް 2.0"ގެ ނަމުގައި ސަރުކާރުން ހަދަމުންދާ ދޮގުތައް ރައްޔިތުން ބޭނުންނުވާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމަތާއި، ހައްގުތައް ކަށަވަރު ޑިމޮކްރަޓިކް ދިރިއުޅުމެއް ކަމަށެވެ.
"ބޭސް ގުޅައެއް ހޯދަން ވާނުވާގައި، ރަށު ތަރައްގީ ވާނުވާގައި. އަދުލު އިންސާފާއި ސްޕްރީމް ކޯޓް ވާނުވާގައި އޮންނަ، 2.0 ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.
އަދި އެމްޑީގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފް އެކޭ އެއްގޮތަށް، ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ތައްޔާރުވަނީ އިންތިހާބުތައް އޮޅުވައިލަން ކަމަށް ޝާހިދު ވެސް ތުހުމަތުކުރެއްވި އެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެވެ.
އަދި މި ނިޒާމުގެ ތެރެއިން، ރައްޔިތުންނަށް ދެ ފުށް ފެންނަ އަވަސް، ލުއި ފަސޭހަ، މަތީ ފެންވަރުގެ ހިދުމަތެއް ގާއިމުކުރުމުގެ އިތުރަށް، ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދިޔުމާއެކު ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު. މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން،" އެ މަނިކުފާނު ގޮވައިލެއްވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ވެސް ރައީސް މުއިއްޒު ވިދާޅުވީ، 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނު ގަސްދު ކުރައްވާ ކަމެއް ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގައި އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތް ކުރުުން ކަމަށެވެ. ހިދުމަތް ދިނުމުގެ ނިޒާމުގައި ކޮރަޕްޝަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި ޑިޖިޓަލް ކުރުމަކީ އެކަން ހުއްޓުވޭނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
11 May 2025
ޑިޖިޓަލް ކޮށްގެން ކޮރަޕްޝަން ނައްތާލެވޭނަމަ އިމިގްރޭޝަންގެ ތެރެއިން އެކަންވީސް. ޑީޕޯޓް ކޮށްލާ މީހުން އެތިބެނީ ދިވެހިރާއްޖޭގަ. ޑިޖިޓަލް ނުވެގެންތޯ؟ އިންސާނާ ނުބައި ނުލަފާ ވެއްޖެއްޔާ ޝައިޠާނުންނަށްވުރެ ނުބައިވާނެ. އެއްކޮޅު ބަންދުކޮށްފިއްޔާ އަނެއް ހަކޮޅު އޭނާ ހޯދާނެ. މީގަ އޮތް ގޮތަކީ ކޮރަޕްޝަން ހިންގާ މީހުންގެ މުދައުތައް ދައުލަތަށް ނަގާ އެމީހުން އިފުލާސްކުރުން. ނަމަވެސް އެކަން ކުރެވޭނެ ގޮތެއް ނެތް. ފުރަތަމަ ޖެހެނީ ވެރިންގެ މުދާނަގަން.
ޖޯރޭ8
11 May 2025
ކުރީގައި އެކަން ކުރަނީ ސިއްރުން. މިހާރު މަމެންނަށް ފިނޭންސުން ދޭންޖެހޭ ފައިސާ ކޮޅޫ ހޯދައިން ދިއާމަ ސީދާ ފާޅުގައި މި ބުނަނީ ކިހާ ވަރެއްހޭ ޕާޓީއަށް ދެނީ. ދައުލަތެއް މިފެންވަރަށް ވެއްޓުނީމައި ބޮޑުވަރު. މަމެންނަސް ދޭންޖެހޭ 4 ބިލިއަން ހިފަހައްޓައިގެން ތިޔަ އިންނަވަނީ
ގުއިއްޒު
11 May 2025
ތިޔަކަމުގައި ބައިވެރިވެގެން ދަސްވާނީ އިތުރަށް ދޮގުހަދަން. މަވާ ސަލާން.
ގަސްދެއްނުކުރަން ބައިވެރިވާކަށް.
11 May 2025
ތިދަތުރުގަ ބައިވެރިވާން ލަދުގަނޭ، ޔަގީނުން، ދަތުރަށް އަރާފަހުން މަންޒިލާ މަގްސަދު ބަދަލްވެފަ އޮތްކަން އެނގިއްޖެއްޔާ ވާނެ ގޮތެއް ނޭނގެ.
އަފްރާސިޔާބު
10 May 2025
ސިސްޓަމް އޮޅާލިޔަސް އިންސާނާގެ ދެފުށް ކެހެރިގޮތެއް ނުކެނޑޭނަމަ ޒައްރެއްގެ މިންވަރުވެސް ކޮރަޕްޝަން ނުނެތޭނެ. ފުރަތަމަ ރައީސަކީ ގައުމަށް ވެދާނެ ގެއްލުމަކަށް ބެލުމެއްނެތި ތިމާގެކޮރަޕްޓްކަން ފޮރުވަން ހަނދާނެއްނެތޭބުނެ ބޮލުން ނައްޓާލީމާ އެެއޮތީ ވިސްނާ މީހަކަށް މަނިކުފާނަކީ ދޮގުހަދާ އަދި ގައުމަށް ގެއްލުމެއް ދޭންޖެހުނަސް ޖެހިލުންނުވާނެ މީހަކުކަން ގައުމަށް ތެދުވެރި މީހުން ދަނެގެންފި. ފަހުން މާލިއްޔަތުގެ ގަވާއިދަށް ގެނައި މިބަދަލުވެސް މިކަމަށް ހެކިވޭ.
ވިސްނަނީ
10 May 2025
ދުނިޔެ ފަސާދަވެފައޮތްވަރާއި ވެރިކަމަށް ވަޑައިގަތުމުގެމަގުމަތީގައި ހިނގާދިޔަކަންތަކާއި ހިނގާދިޔަ ގޮތާއިމެދު ވިސްނީމައި ތިކަމަކީ ރ. މުޢިއްޒުއަށް ކުރެއްވިދާނެކަމެއްކަމުގައި ގަބޫލުކުރެވޭކަށެއް ނެތެވެ. 2028ގައި ތިކަންކުރުއްވަން ތިރޭވޭގޮތަކާއިމެދު ފުންކޮށް ވިސްނަންއެބަޖެހެއެވެ.
ޖެހޭނީދޯ
10 May 2025
މުއިއްޒު އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އޭނާއަށް ނޫނޭ ރައްޔިތުން ވޯޓް ދިނީ ހަމަ އެގޮތަށް އިބޫ ވެސް އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އޭނާ އަށް ނޫނޭ ރައްޔިތުން ވޯޓް ދިނީ ހަމަ އެގޮތަށް ކެނެރީގެ ނަޝީދު ވެސް އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އޭނާ އަށް ނޫނޭ ރައްޔިތުން ވޯޓް ދިނީ ރައްޔިތުންނަށް ހުރި ޗޮއިސް އަކަށް ވޯޓް ދީގެން ވެރިކަަމަށް ހޮވީ ރައީސް ޔާމީން އެކަނި އެހެންކަމުން އެފަދަ އޮރިޖިނަލް ވެރިންނަށް އިދިކޮޅު ބޯލަނބަން
ހަމަ ސުވާލެއް؟
10 May 2025
ކަލޭ ހަމަތަ؟
ކަރެކްޝަން
10 May 2025
މި ގައުމަކު އެއްވެސް ރައްޔިތަކާ މުހާތަބުކޮށް “އިދިކޮޅު” ކިޔުމަކީ ވިޔާނުދާ ކަމެއް. ކޮންމެ މީހަކީ ވެސް ދިވެހި ރައްޔިތެއް! ސިޔާސީ ފިކުރު ތަފާތުވުމަކީ އެމީހާގެ އިދިކޮޅު ލޭބަލް އަޅުވާން ޖެހޭ ކަމެއް ނޫން މުއިއްޒު.
އޭސީ.ސީ
10 May 2025
މިހާރު ރާއްޖޭގައި ކޮރަޕްޝަން ހިންގާ ގޮތައް ބަލާކަމަށް ވަންޏާ ތިސިސްޓަމުން މިހާރުމިހިނގާ ކަހަލަ ސިސްޓަމްގެ ބޭރުންދާ ކޮރަޕްޝަންއަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ގަބޫލެއްނުކުރެވޭ. އެސްއޯއީ ތަކުގެ ހިންގުންވެސް ތިސިސްޓަމުން ޓުރާންޕޭރެންޓު ވާނެތޯ؟ ކޮބަތޯ ތީގެ ކޮސްޓުބެނެފިޓް އެނަލިސިސް.
ޚބަީލރު
10 May 2025
ރައީސް ފުރަތަމަ ދޮގުހެދުން ހުއްޓާލަންވީނު؟