ދުނިޔެ / ކަޝްމީރު

އިންޑިއާ އާއި ޕާކިސްތާނުގެ ހަމަލާތައް ވަރުގަދަ ދުވަހެއް

އިންޑިއާގެ އަމްރިޓްސާގެ މަތިން އިންޑިއާގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ ވައްޓާލި ގޮވާ އެއްޗެއް: ރެޔާއި މިއަދު އިންޑިއާ އާއި ޕާކިސްތާނުން ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައި. -- ފޮޓޯ: އޭއެފްޕީ

10 މެއި 2025 - 16:02

4 comments

އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް އިންޑިއާއިން ރޭ ވެސް ޕާކިސްތާނަށް އިތުރު ހަމަލާތަކެއް ދިނުމާ އެކު ޕާކިސްތާނުން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދިނުމުން މަސްރަހު އިތުރަށް ނާމާންވެއްޖެ އެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ އާންމުންގެ ބަޔަކު މަރާލި ހާދިސާގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭނެ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނާއި ކަޝްމީރުގެ ނުވަ ތަނަކަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދިނެވެ. އެއީ ޓެރަރިސްޓުންގެ މަރުކަޒުތަކަށް ދިން ހަމަލާތަކެއް ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޕާކިސްތާނުން ބުނަމުންދަނީ ހަމަލާތަކުގައި މަރުވީ ކުށެއް ނެތް އާންމުން ކަމަށެވެ.

އެހެންވެ އެކަމުގެ ބަދަލު ހިފާނީ އިންޑިއާގެ އަސްކަރީ މަގާމުތަކަށް ހަމަލާދީގެން ކަމަށް ބުނެފައި ވަނިކޮށް ޕާކިސްތާނުގެ ވައިގެ ސިފައިންގެ ތިން މަރުކަޒަކަށް އިންޑިއާއިން ރޭ ވަނީ ހަމަލާދީފަ އެވެ. އޭގެ ތެރެއިން އެއް ހަމަލާ، ވެރިރަށް އިސްލާމްއާބާދީ އެންމެ ދިހަ ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ރާވަލްޕިންޑީގެ މަރުކަޒަކަށް ވެސް ދިނެވެ.

އިންޑިއާގެ ޖަލަންދަރަށް ވެއްޓިފައިވާ ގޮވާއެއްޗެއްގެ ބައިތައް ކައިރީ އިންޑިއާ ފުލުހުން. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުން ރައްދު ދިނީ އޭގެ އިރުކޮޅެއް ފަހުން ޕާކިސްތާނުގެ ދައުލަތުގެ ޓީވީން ރޭ ގެ ވަގުތެއްގައި ދެއްކި ލައިވް ބްރޯޑްކާސްޓެއްގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަހުމަދު ޝަރީފް އިންޑިއާއަށް އިންޒާރު ދެއްވުމަށް ފަހުގަ އެވެ.

އިންޑިއާގެ ވިންގް ކޮމާންޑަރު ވްޔޯމިކާ ސިންގް މިއަދު ޕްރެސް ބްރީފިންއެއްގައި ވިދާޅުވީ ޕާކިސްތާނުން އިންޑިއާގެ ވައިގެ ސިފައިންގެ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ބާރު ސްޕީޑްގައި ދަތުރުކުރާ މިސައިލް ބޭނުންކުރި ކަމަށެވެ. އެކަމަކު ހަމަލާތަކުގައި އިކުއިޕްމަންޓަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

ކަޝްމީރުން ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާއިން ރޭގަނޑު ދިން ހަމަލާތަކުގައި އާންމުންގެ 11 މީހަކު ވަނީ މަރުވެފަ އެވެ.

ހަމަލާތަކަށް ފަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ވިދާޅުވީ "އިންޑިއާއަށް އެކަށީގެންވާ ޖަވާބެއް ދީ، ކުށެއް ނެތް ރައްޔިތުންގެ ލޭގެ ބަދަލު ހިފިއްޖެ" ކަމަށެވެ.

ޕާކިސްތާނުން ރޭ އިންޑިއާއަށް ހަމަލާދިން ވަގުތު ޖައްމޫގެ މަތިން އިންޑިއާގެ ވައިގެ ދިފާއީ ނިޒާމުގެ ރައްދު ހަމަލާތައް ދޭ މަންޒަރު. -- ފޮޓޯ: އޭއެފްޕީ

ހަނގުރާމަމަތީ ޖެޓުތަކާއި މިސައިލާއި ޑްރޯން އަދި އާޓިލަރީ ފަދަ ހަތިޔާރުން ދެމުންދާ ހަމަލާތަކަކީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި މި ދެ ގައުމުގެ މެދުގައި ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ. އެ ހަމަލާތަކުގައި އިންޑިއާ އާއި ޕާކިސްތާނުން އާންމުންގެ 60 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ނިއުކްލިއާ ދެ ބާރުގެ ހަނގުރާމައަކާ ދިމާލަށް ދާއިރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވަނީ ދެ ގައުމުގެ އޮފިޝަލުންނަށް އެތައް ފަހަރަކު ގުޅުއްވައި، ދެ ގައުމުން ސީދާ ވާހަކަ ދައްކައިގެން މި ހަމަލާތަކުގެ ގެއްލުން ކުޑަކުރުމަށް ގޮވާލައްވައިފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވި ގޮތުގައި ރޫބިއޯ ވަނީ ދެ ފަރާތުން ވެސް ނުތަނަވަސްކަން ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށާއި ސީދާ މުއާމަލާތްތައް އަލުން ފަށަންޖެހޭކަން ފާހަގަކުރައްވައިފަ އެވެ.

ހަމަނުޖެހުންތައް ފެށުނު ފަހުން ފުރަތަމަ ފަހަރަށް ރުބިއޯ ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާއާ ވެސް ވާހަކަ ދައްކަވައިފަ އެވެ. އަދި ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމު ބައިވެރިވާ ޖީ7 ސަމިޓު ފެށުމާ ދިމާކޮށް ޗައިނާއިން ވެސް ވަނީ ދެ ގައުމުން މަސްރަހު އިތުރަށް ގޯސްވާނެ ގޮތަކަށް އަމަލު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

4 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައިމް

10 May 2025

މިކަމުގެ ޒިންމާ ފުރިހަމަޔަށް ނަގަންޖެހޭނީ އިންޑިއާއިން. ޓެރަރިސްޓުން ދިން ހަމަލާއާއިގުޅިގެން ޑިޕްލޮމެސީގެ ބޭނުންކުރަން މޯދީގެ ސަރުކާރަށް ނޭގި، ބަދަލުހިފުމުގެ ގޮތުން އާއްމުން މަރާލުމަކީ ދަށުދަރަޖައިގެ އަމަލެއް. ހަގީގަތުގައި މި ހަމަލާތަކުގެ ނަތީޖާއަކީ އިންޑިއާގެ މިލިޓަރީގެ އަގުވެއްޓުން. ފްރާންސްގެ ރަފައެލްގެ އަގުވެއްޓުން.

The name is already taken The name is available. Register?

ތަމީމު

10 May 2025

ޕާކިސްތާނުގައި ގާއިމުކޮށްފައިވާ ދިފާއީ ސިސްޓަމްތަކަކީ އެންމެ ފަހުގެ އެއްޗެހި. އިންޑިއާގެ ގިނަ އަސްކަރީ ހަތިޔާރުތަކަކީ، ފްރާންސް، އިޒްރާއީލް އަދި އެމެރިކާގެ މާކުރީގެ އެއްޗެހިތަކެއް. ޕާކިސްތާނުގެ އަސްކަރީ ހަތިޔާރުތަކަކީ، ޗައިނާ، ރަޝިއާ އީރާނުގެ ވަރަށް ފަހުގެ އެއްޗެހިތަކެއް.

The name is already taken The name is available. Register?

ކިރުސައި

10 May 2025

ވަރަށް މަޖާ ތިކިޔައިދިން ޖޯކް. ޝުކުރިއްޔާ ތަމީމޮ

The name is already taken The name is available. Register?

ތަމީމު

10 May 2025

ޕާކިސްތާނަކީ، އަސްކަރީ ގޮތުން އިންޑިއާއަށް ވަކި ދޫ ދޭނެ ގައުމެއް ނޫން! އިންޑިއާ އަދި ޕާކިސްތާނަކީ ވެސް، ނިއުކްލިއަރ ހަތިޔާރު ހުރި ދެ ގައުމު. އެކަމަކު، ޕާކިސްތާނުގައި ހުރި ނިއުކްލިއަރ އަދަދު ގިނަވާނެ. އެހެނިހެން އަސްކަރީ ސާމާނު، އިންޑިއާއަށް ވުރެ ޕާކިސްތާން ކިބައިގައި އަދަދުގެ ގޮތުން މަދަސް، ޕާކިސްތާނުގައި ހުރި އަސްކަރީ ޓެކްނޮލޮޖީ ވަރަށް އެކިއުރޭޓް ވެފައި، ޒަމާނީ ވާނެ. އިންޑިއާގައި ހުރީ ހަރަދު ބޮޑު، މާ ކުރީގެ އަސްކަރީ ސާމާނުތަކެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454