12 މެއި 2025 - 22:24
ނުފޫޒު ފޯރުވާ ކަމަށް ދެކެވެމުން ދިޔަ ވާހަކަތައް ދޮގު ކުރައްވައި، ޖުޑީޝަރީ އާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ދިޔައީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ތުހުމަތު ކުރައްވައިފި އެވެ.
ޑިސެމްބަރު 8، 2019 އިން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދެވި ސުއޫދު އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑްކޮށް، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް ވިދާޅުވެ އެވެ.
މިރޭ ކުރިއަށް ގެންދިޔަ "އަހާ" ފޯރަމްގައި، ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ސަރުކާރަށް އަމާޒުކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.
އުޝާމް ވަނީ ހުސްނުއްސޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އޭނާ ދައްކަވަނީ ސިޔާސީ ވާހަކަތައް ކަމަށް ވިދާޅުވެ، އެފަދަ ވާހަކަތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް މަގާމުގައި ދެމި ހުންނެވިއިރު ފަނޑިޔާރުންނާއި ޖުޑީޝަރީއަށް ވެސް ނުފޫޒު ފޯރުވާފައިވަނީ ސުއޫދު ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުސްނުއްސުއޫދު އެކި މީހުން މެދުވެރިިވެ ފޮނުވާފައިވާ މެސެޖުތަކާއި ބައްދަލުވެ ދެކެވިފައި ހުރި ވާހަކަތަކުން އެކަން ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެ ބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ އެ މައްސަލަ އެއްވެސް ޒަމާނެއްގައި އެއްވެސް ތަނަކުން ތަހުގީގުކޮށްފި ނަމަ، އެކަމަށް ޖަވާބުދާރީ ވެވޭނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑެއް ނޯންނާނޭ ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ކަމެއް ކޮށްފަކާ. ނުފޫޒު ފޯރުވަން ކަމެއް ކޮށްފައި އޮތިއްޔާ ކޮށްފައި އޮތީ އެ ބޭފުޅާ،" އުޝާމް އިތުރަށް ވިދާޅުވި އެވެ.
ހުސްނުއްސުއޫދު ހިމެނޭހެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޑް ކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށް އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
އެ ބޭފުޅުން ސަސްޕެންޑް ކުރީ އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަަމަށް ބުނެ އެވެ. ސުއޫދު އިސްތިއުފާ ދެއްވިއިރު ޖޭއެސްސީން ވެސް ބަލަމުން ގެންދިޔައީ ހައިކޯޓުގެ ރެޖިސްޓްރާ ހާޒިރުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައެކެވެ. އުޝާމް ވިދާޅުވި ފަދަ ވާހަކައެއްް އަދި ތުހުމަތެއް ސުއޫދަށް އޭރު އަމާޒުކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންނަމީހެއް
13 May 2025
އުސާމްގެ މިވާހަކައިގެ ފަހަތުގައި ހަގީގަތްތަކެއް ހިމެނޭކަން އަހަރެންނަށް އެގޭ. ކޮންމެ ވާހަކައެއްގެ ތަފްސީލަށް ދިއުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް ނުވެދާނެ.
ޢަޗި
13 May 2025
ޢެހެންވިޔަސް ސުއޫދު ކުރިކަމެއް ހާމައެއްކުރާކަށް ނުކެރުނު. ކޮންވާހަކައެއްދެން. ކޮންކަމެއްތި ސިއްރުކުރަނީ. ޙާމަކޮށްލާ ކެރެންޏާ.
ޖައިސާމް
13 May 2025
މިހާތަނަށް ދިވެހިރާއްޖޭގެ އެންމެ މިނިވަން ފަނޑިޔާރުގެ ހަލާކުކޮށްލީ މުއިއްޒު ސަރުކާރުން.
އަސްލު......
13 May 2025
މިބޭފުޅާ އަށް ހީވަނީ ރައްޔަތުންނަށް އެއްވެސްކަމެއް ނޭގޭނެއޭތަ ނޫން އިގޭ، ރައްޓެއްސެއް ފޮނުވައިގެން ނުފޫޒު އިންތިހާ އަށް ފޯރުވާފައި ވާކަން ތިވާހަކަތަކުން ވަރަށް ސާފު.......
ސާފު11
13 May 2025
އެއްވެސް އުރަތްޕެއް އޮއްޓަރެއް ނެތްގޮތަށް، ތިއުޅެނީ. ކުޑަކުދިން އުޅޭގޮތަށް މަށެއް ނޫން އޭނަ މަށެއް ނޫން އޭނަ ކިޔަކިޔާ. ތިބޭފުޅުން ނުފޫޒުފޯރުވި ގޮތް މުޅި ދުނިޔެއަށް އޮތީ ފެނިފާ. ސުއޫދު ނުފޫޒުފޯރުވި ގޮތް ތިބޭފުޅާ ކިޔާދޭންވީނު. މަށެއްނޫން އޭނައޭ އޭނައޭ ނުކިޔާ. ތިޔަ ބޭފުޅުން އިންތިހާއަށް ނުފޫޒުފޯރުވައިފިކަން މުޅި ދުނިޔެއަށް ސާފު.
އަލީރާޖާ
13 May 2025
އެހެންވެގެން ވަކި ކުރަނީ އެހެން ދެ މީހުން؟
ކަބީރު
13 May 2025
ހުސްނު ސޫދު މެން ވެސް ވެއްޖެ ދެއްތޯ ދެން މަޑުމަޑުން މިހުރިހާ ފިތުނަ ދޫކޮށްފަ ހަމަޖެހިގެން ތިބެން. މިގައުމުގަ އަހަރެމެން ހަނދާން ހުންނަން ފެށީއްސުރެ މިބޭފުޅުންނަށް ރަނގަޅު އެއްގޮތެއްވެސް ނޮއޮވޭ، ލައްކަ ދުވަހު ތިފާޑަށް އުޅެވިއްޖެ ނޫންތޯ؟ ބޯހަލާކު
އަޒީޒާ
13 May 2025
އުޝާމު ބުއްޏަސް ތެދެއްވާނީ ތެދަކަށް
ޖައިސާމް
13 May 2025
އުޝާމް ބުންޏަސް ދޮގެއް ވާނީ ދޮގަކަށް
ކުރު ވާހަކަ
13 May 2025
އެމީހަކު ކުރި ކަމެއް އެމީހަކަށް. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް. އަހަރުމެން މިތިބީ ބަލަން.
އޮނަރަބްލް އަފީފު ދީދީ
13 May 2025
އޭޕްރީލް 4 ވަނަ ދުވަހު ރައީސަށާއި، ބަންޑާރަ ނައިބަށް ރައްދުވާގޮތަށް ފާޅުކަން ބޮޑު ގޮތަކަށް އިސްތިއުފާ ދެއްވާ ސަބަބަކީ ކޮބައިކަން ހާމަކުރަމުން ފަނޑިޔާރު ކަމުން އިސްތިޢުފާ ދެއްވަމުން އަދި މިކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އދ އަށާއި، އީޔޫ އަދި ކޮމަންވެލްތަށް ވެސް މައްސަލަ ހުށަހަޅުއްވާ ކުރިކަމެއް ސުޢޫދު ކުރައްވާފައިވަނީ ވަރަށް ފާޅުކަން ބޮޑު ގޮތަކަށް އެންމެނަށް އިގޭ ގޮތަށް. އެއީ ބޭޅާ ތިޔަވިދާޅުވާ ގޮތަށް ސިއްރުން ކޮށްފައިވާ ކަންކަމެއްނޫން.