ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި މީގެ ކުރިން ބޭއްވި ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން (ކ-ވ) ސުއޫދު، މަހާޒް އަދި އަޒްމިރަލްދާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
26 ފެބުރުއަރީ 2025 - 22:26
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވެސް ބަލަން ފަށައިފި އެވެ.
ތިން ފަނޑިޔާރުންގެ މައްސަލަތައް ބަލާ ކަން އަންގައި ޖޭއެސްސީން ވަނީ ފަނޑިޔާރުންނަށް ނޯޓިސް ފޮނުވައިފަ އެވެ.
އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބަލަމުން އަންނަނީ އޮކްޓޫބަރު، 2022 ގައި ހައިކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރު ބަހުން ވާހަކަ ދައްކަވާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒު އާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ގެންދަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެނގިފައިވެ އެވެ.
ޖޭއެސްސީން މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑުކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
އެ ބިލް ފާސްކުރީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް މިއަދު ހެނދުނު ތާވަލް ކޮށްފައި ވަނިކޮށް، އެ އަޑުއެހުން ފެށުމުގެ އިރުކޮޅެއް ކުރިން ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ އެވެ. އަދި ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ސާބިތުވެ، މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން މެނުވީ ފަނޑިޔާރަކު ވަކި ނުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޫރާޤު
27 February 2025
ފުރަތަމަ މެޑަމް ދިމަދިމާލުން ބައްކުރާ ލާރިގަނޑުތައް ހުއްޓުވަން އޭސީސީ މަސައްކަތް ކުރަންވީނު. ދައުލަތަކީ އެންމެ މީހެއްގެ މުށުތެރޭގައި އޮންނަ އެއްޗެއްތަ. ތިޔަ ގޮތް ދެއްކިއަސް ރައްޔަތުން ގުބޯ ނުހެއްދޭނެ
އާމީ
27 February 2025
މަޖިލިހުގަތިބި މެމްބަރުން ޒިންމާދާރުކުރުވަން ރައްޔިތުން އެބަޖެހޭ ނިކުންނަން. މިނިވަން ކޮމިޝަންތައް ހާމަކަން ބޮޑުކޮށް މަސައްކަތް ކުރުވަން ރައްޔިތުން އެބަޖެހޭ ނިކުންނަން. އެއްވެސް ސިޔާސީ ޕާރޓީ އަކާ ނުލާ އާއްމު ޕްރޮފެޝަނަލް މީހުން އެބަޖެހޭ ގައުމަށްޓަކައި ތެދުވާން. ސިޔާސީ ޕާޓީ ތަކަށް އިތުބާރެއް ނެތް.
ކަތްދައްތަ
27 February 2025
މިހެން ދަންޏާ އެއްވެސް މީހަކަށް ސަލާމަތެއް ނެތެއްނު. މިއީ ސީދާ ފުރޭމް ކޮށްގެން މީހުންގެ ޒިންދަގީ ދުއްވާލަން ކުރާ ކަންކަން. މިތާ މިތުހުމަތު ކުރާ ފަނޑިޔާރުންނަކީ އަމިއްލައަށް ފަނޑިޔާރުކަން ނެތް އިރުވެސް ފުދިގެން އުޅުއްވި ބޭފުޅުން. ފަނޑިޔާރުކަން ގަބޫލުކުރައްވައިގެން އެތިބީ މަގާމުން ލިބޭ މުސާރަ އަކަށް ނޫންކަން ޔަގީން. ތިޔައިން ފަނޑިޔާރަކު ބޭރަށް ނިކުމެ ނަގާ އެންމެ މައްސަލައަކުން އަހަރު ދުވަހުގެ މުސާރަ ލިބޭނެ. ކޮންމެފަނޑިޔާރަކަށްވެސް އޮތީ މިދަތުރު.
ސަފްވަތު މޫސާ
27 February 2025
އަަޙްލާގީ ފެންވަރު ދަށް ބަޔަކަށް ފަޑިޔާރުކަމެއް ކުރެވިގެންވާނެ ކަމަކަށް މަ ގަބޫލެއް ނުކުރަން
އިސްމާލި
27 February 2025
ބެންޗުގައި ތިބެން ޖެހޭނީ ސާފު މީހުން، މައްސަލައަކީ ޓައިމިން ދެއްތޯ؟ މިއޮއްހާ ދުވަހު އޯކޭ. ކުއްލިއަކަށް ވަރަށް ބައިވަރު މައްސަލަ ވެސް ފެނިއްޖެ. އޭ.ސީ.ސީ އިން ވެސް ގައު ފުރޮޅަމުން ތިންވަނަ ގިޔަރުގައި ތަހުގީގު ކުރަނީ. މިއީ ސަރކަސް އެއް ތަ؟ އަހަރެމެންނަކީ ޓިކެޓު ގަނެގެން ބަލަން ތިބި މީހުން.
ބްލީޗްފުޅި
27 February 2025
ސާފު މީހުން ބަލާނީ ކިހިނެތް؟ ސާފު މީހުން ބަލަން އެމްޢާރުއައި ކަހަލަ ސްކޭނަރެއް ހުރޭތަ؟
ނާހިލް ނައީމް
27 February 2025
ތި ފަޑިޔާރުންނަކީ އެމްޑީޕީ ބޭނުންވާ ގޮތަށް އެމީހުން ބޭނުންވާ ހުކުމްތައް ސީދާ އިއްވަންވެގެން ކުރީ ސަރުކާރުން އައްޔަން ކޮށްގެން އުޅޭ ބައެއް.
މައުސޫމް
27 February 2025
އެމްޑީޕީ އާ އިދިކޮޅުގަ ތިބި މަދު ބަޔަކު މިކަން ސިޔާސީ ކުރިޔަސް މީ ނުބަލާ ދޫކޮށްލެވޭނެ ވަރުގެ ކަމެއްނޫން. ކޯޓުތައް އަޑީގަ އޮވެގެން ވެރިކަމާ ތޮޅެން ހެދުމަކީ ގޯހެއް
ނަދާއެއްނޫން
27 February 2025
ޙުސައިން މުޙައްމަދު ހަނީފަކީ ހައިކޯޓުގެ މިހާރުގެވެސް އެސިސްޓެންޓު ރެޖިސްޓްރާ.. އަވަސް އަރުވާލައިގެން މައްސަލައެއް ހޯދައިގެން ފަނޑިޔާރުން ބޭރުކުރަން އުޅޭއިރު ކިޔޭ ނުކިޔޭވެސް ނޭނގޭދޯ؟
ވިފާގް
27 February 2025
ފަޑިޔާރުގެ އަކީ ރައްޔިތުންގެ އިތުބާރު ލިބިފަ އޮތް ތަނަކަށް ހެދުމަށް ރައީސް މުއިއްޒު ކުރަށްވާ މަސައްކަތައް ސެލިއުޓް ހައްގު
އަފާގް ސައީދު
27 February 2025
އެކަކީ ބަތްޕާރު ސަލެއްގަ މައްސަލަ ކުރިންވެސް ބެލި މީހެއް. އަނެކަކީ އެމްޑީޕީގެ މުޒާހަރާގަވެސް އުޅުނު މީހެއް. ދެން ހުރީ ފިރިމީހާ ސްޕާއަކުން ނެރުނު ކަނބަލެއް. މިވަރުން ދެން ސާފްތާ
ބޮޓެ
27 February 2025
ބަތް ޕާރުސަލުގެ ވާހަކަ ދެއްކީ އެމްޑީޕީން. އޭރު ދިފާއުގަ ނިކުތީ ތިބޭފުޅުން. މިއަދު އަނެއްކާ އެވާހަކަ ކިޔަން ލަދުކޮބާ؟ ސިޔާސީން ބޭނުންވީމް ފަނޑިޔާރުން ރަނގަޅު ބޭނުންނުވީމަ ގޯސް. ސިޔާސީންގެ ބެރަށް ނުނެށުން ހަގީގީ މައްސަލައަކީ.