އަހާ ފޯރަމްގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
12 މެއި 2025 - 23:00
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ފުލުހުން އަމަލު ކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
މި މައްސަލާގައި "އަހާ" ފޯރަމްގައި މިނިސްޓަރަށް އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، މި މައްސަލާގައި ސޯޝަލް މީޑިއާގައި ފުރަތަމަ ވެސް ވާހަކަ ދެކެވުނީ ވަރަށް ގޯސްކޮށް ކަމަށެވެ.
ހަގީގަތެއް ނެތް ގޮތަށް ވާހަކަ ދެކެވެމުން ވަރަށް ކަންބޮޑުވި ކަމަށާއި މައްސަލައިގެ ފުނަށް ގޮސް ފުލުހުން ބެލި ބެލުމުންނާއި ފެންނަން ހުރި ފުޓޭޖުތަކުން އަންހެން ކުއްޖާ ރޭޕްކޮށް، ވައްޓާލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވުނީ ދޮގު ވާހަކަތަކެއްކަން ހާމަވި ކަމަށް އިހުސާން ވިދާޅުވި އެވެ.
އެ ހިސާބުން ފެށިގެން އެއްވެސް ތަހުގީގެއްގައި ރައްޔިތުންނަށް މައުލޫމާތު ނުދޭހާ އަވަހަށް މައުލޫމާތު ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ފުލުހުން އަމަލުކުރަނީ ކަނޑައަޅާފައި ހުރި ގަވައިދުތަކުގެ ތެރެއިން ކަމަށާއި ފުުލުހުންގެ މައްސަލަތައް ބެލުމަށް ހުރި އިދާރާތަކުން ވެސް މިހާތަނަށް ފުލުހުންގެ މައްސަލައެއް އުޅޭ ކަމަށް ފާހަގަކޮށްފައިނުވާ ކަމަށެވެ.
"ފުލުހުން މި މައްސަލާގައި އަމަލުކުރި ގޮތުގެ ގޯހެއް އަޅުގަނޑުމެންނާ ހިސާބަކަށް ފާހަގަވެފައެއް ނެތް. އެފަދަ ކަމެއް އަންނަ ދުވަހަކުން އަޅުގަނޑުމެން އެފަދަ ކަމެއް ބަލާނަން،" އިހުސާން ވިދާޅުވި އެވެ.
އިހުސާން މިހެން ވިދާޅުވިއިރު، އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން މިދިޔަ މަހުގެ 28 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަސް މެންބަރުންގެ ކޮމިޝަނެއް އެކުލަވާލީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވެގެންނެވެ.
އާއިލާ އާއި އާންމުން ވެސް ވަނީ ފުލުހުން މި މައްސަލާގައި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ތުހުމަތު އެންމެ ފުރަތަމަ އަމާޒުވީ މައްސަލާގައި ހިމެނޭ އެހެން މީހުންގެ ވަނަވަރު އާންމުނުކޮށް، ޔުމްނުގެ ވަނަވަރު އެކަނި ފުރަތަމަ އާންމުކުރުމުންނެވެ.
އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ވެސް ބުނެފަ އެވެ. އަދި، ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް ވެސް ތުުހުމަތުކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުމުގެ ހާދިސާ އާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ވެސް ހައްޔަރުކުރީ އެ ހާދިސާއަށް ހަފުތާއެއްހާ ދުވަސް ފަހުން މިދިޔަ މަހުގެ 24 ގަ އެވެ. އެކަމާ ގުޅިގެން ފުުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ. ތަހުގީގުގެ ބޭނުމަށް ފުރަތަމަ ކޯޓުން ދިނީ ފަސް ދުވަހުގެ ބަދެކެވެ. އެ މުއްދަތު ހަމަވުމުން 10 ދުވަސް އަދި އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިތުރު ފަސް ދުވަހަށް އުމުރުން 21 އަހަރުގެ ރައުދު ފުލުހުންގެ ބަންދުގައި ބަހައްޓަން ކޯޓުން ހުއްދަ ދީފަ އެވެ.
ފުލުހުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ޔުމްނުގެ މައްސަލާގައި ޒުވާނުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގުބުހުތާނު
13 May 2025
ފުލުހުން އެއްވެސް ގޮތަކަށް ގޯހެއް ނުހަދާނެ އެކަން ވަރަށް ސާފު ވާނެ. ހަގީގަތުގަ ދައުލަތުން ހަރަދުކުރާ ބޭކާރު ތަނެއް.
ކޮރަލް
13 May 2025
ފުރަތަމަ ހެދީ ގޯހެކެވެ. އެހެން ނޫނަމަ މިހާ ބޮޑު ޑްރާމަ އެއް ކުޅޭކަށް ނުޖެހުނީ ހެވެ.
ޕީކޭ
13 May 2025
ރޯމާދުވާލު ހެދުނުހާ ގޯސް ރަގަޅުކުރާތި. ދެންމިތިބީ ހުސްގަމާރުންވިއްޔާ.ސުކުރިއްޔާ.
މައްލަވަ
13 May 2025
އާދެ ލައްބަ.. ގޯސް ހެދީ ރައްޔިތުން ދެއްތޯ؟
އުޅެން ދަސްކޮށްފަ އެބަހުރި. ސަޅި
13 May 2025
ތިބުނީ އެންމެ ހިކްމަތްތެރި ބަސް، އެނޫނީ ހާދަކަމެއް ކުރަންޖެހޭނޭ.
ބުހުތާނު ތަޚުތު
13 May 2025
ތެދު ހާމަކޮއްފިއްޔަ އަޅެފަހެ ހަށިގަނޑުން ބައެއް އުނިވަނީތަ؟
ޑރ ވާންޗޯ
13 May 2025
ތެދު އަޑުއަހަން ބިރުގަންނަނީތަ؟. ތިޔަ ޔުމްނުއެއް އުޅުނުގޮތް ވިޑިއޯތަކުން ނުފެންނަނީތަ؟.
ޑރ ބުރާންޗޯ
13 May 2025
ތަހުގީގައް ވައިޑުބޮޑީ ނުފޫޒު ފޯރުވިކަން އެއޮތީ ފަޅާއަރާފަ، ނުފޫޒެއްގަ ތިބެގެންކުރާ ތަހުގީގެއްގަ ގޯހެއް ނުހަދައެއް ނުދާނެނު.
ހޮޓްކިންގ
13 May 2025
އިހްސާން ކުށްގަބޫލު ކޮށްބަލަ. ކަކުތޯ ހޮޅުދޫ މަރާއި ތިބުނާ ތަހުގީގެއް ބަލައިގަންނަނީ. ކާކަށްތަ ފޮރުވަން ތިއުޅެނީ. ކޮންމެ ކަމެއް އޮތީ އަތަށް ގޮވާފަ.
އެމްސް
13 May 2025
ފުލުހުންގެ ބެލެނިވެރިޔާ ފުލުހުންގެ ދިފާޢަށް އެރުމީ އަމިއްލަދަރި ދޮންފުތުވުމެވެ!
ދެކުޅި
13 May 2025
މި ސަރުކާރު ފެށިގެން އައިއިރު ކިރިޔާވެސް އޮށްޓަރެއް ހުރި މިނިސްޓަރެއް ކަމަށް ގަބޫލު ކުރެވުނީ އިހުސާން. ސަރުކާރު ދިފާއު ކުރުމުގައި ކަމަކަަށްފަހު ކަމެއްގެ ތިޔަ ދަނީ މަޅިއަރަމުން. އިތުބާރު ގެއްލި އެތައް ބައެއްގެ ނަފްރަތާ ކުރިމަތިލަމުން. ތިޔަކަން ދޫކޮށްލާފައި ކުރިންވެސް އުޅުނުގޮތަށް ރައްޔިތުންގެ އިތުބާރާއި އިހުތިރާމާއި ގަދަރު ހޯދުމަށް ރުޖޫއަވެ އަމިއްލަ އާއިލީ ވިޔަވާރިޔާގެން އުޅުއްވާށެވެ.
ފަހުދު.
13 May 2025
އެތަނުންވެސް ބަފާބެ ބޭރުކުރީ
ޓިނު
13 May 2025
ރައީސައް ދަންނަވަންވީނު ކޮމިސަން އުވާލަން .ކީކުރަންކުރާ ބޭކާރު ޚަރަދެއް.