އިމިގްރޭޝަން އޮފިސަރުންތަކެއް--
13 މެއި 2025 - 14:29
މޯލްޑިވްސް އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން އިއުލާނުކޮށްފި އެވެ.
އިމިގްރޭޝަނުން އޮފިސަރުންގެ ޓްރެއިނީން ހޮވުމަށް މިފަހަރު ބާއްވަނީ އެއް ދުވަހުގެ ވޯކް-އިން އިންޓަވިއުތަކެކެވެ.
އިމިގްރޭޝަނުން ބުނީ އިންޓަވިއުކުރާނެ ދުވަހާއި ތަނާއި ގަޑި ފަހުން އިއުލާން ކުރާނެ ކަމަށެވެ.
- އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނެއްގައި ދަށްވެގެން ދެ މާއްދާއިން "ޑީ" ލިބިފައި ވުމާ އެކު، އޯލެވެލް ނުވަތަ އޭލެވެލްގައި ދިވެހިން ދަށްވެގެން "ސީ" ލިބިފައިވުން
- ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން
- އިއުލާނުގެ މުއްދަތު ހަމަވާ ދުވަހަށް އުމުރުން 40 އަހަރަށް ވުރެ ދޮށީ މީހަކަށް ނުވުން
އިމިގްރޭޝަނުން އޮފިސަރުން ހޯދަން އިއުލާންކޮށްފައި މި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމާ ދިމާކޮށެވެ. ސަރުކާރުން އަންނަނީ އާ ޓާމިނަލް އަންނަ އޮކްޓޯބަރު މަހަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެއްލުނީ
13 May 2025
އެ މީހުން ގެއްލުނީތަ؟
ރަދީފްއޮފިޝަލް / ޖީބު ތަނަވަސް
13 May 2025
ޖީބަށް ރަނގަޅު އެއްޗެއް ވަންނާނެ ބާ؟؟ ފުރަތަމަ މިކަން ސާފްވާންޖެހޭ.