ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.-- ފޮޓޯ: އާރުއޭސީއެލް
14 މެއި 2025 - 13:14
އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް އިން ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އެ އެއާޕޯޓް ތަރައްގީ ކުުރުމުގެ މަސައްކަތުގެ 83 ޕަސެންޓް ނިމި، އެ މުހިންމު މަޝްރޫއު ނިންމުމުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން ތަރައްގީކުރަމުން އަންނަ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންރެންސްގައި ވެސް ވަނީ ވިދާޅުވެފަ އެވެ.
ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ.
ކަލްޕަތަރު ޕްރޮޖެކްޓްސް އަށް މިހާރު ނަން ބަދަލުކޮށްފައިވާ އިންޑިއާގެ ކުރީގެ ޖީއެމްސީ ކުންފުންޏާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 2022 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ހަދާފައިވާ އެ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ސެޓްފިކެޓް
14 May 2025
ސަނަދެއް ނޫންކަން ކަންކަން ކުރަން އެނގޭ މީހުން މާމުހިންމު ކަން މި އެނގެނީ، ބާކީ ބައި ޅެމުން ނުނިންމާތި، ޝުކުރިއްޔާ ރައީސް އިބޫ، އެންމެ ހިތްތިރި އޯގާތެރި ރައީސް.
އަންނި ޕްރޯ
14 May 2025
ތިޔަ އެއަރ ޕޯޓް ނިމުނަސް ރާއްޖޭގެ ރިކަރަންޓު އިތުވުން ނޫން ކަމެއް އިޤްތިޞާދަށް ނުކުރާނެ .މިދިޔަ ވެރިކަމުގައި ތިތަން ތަރައްޤީ ކުރަން ނިންމީ ވެސް ކޮންމެހެން ޓޫރިސްޓުން ގެންނާކަށް ނޫން . ހއ ހދ ގައި ރިސޯޓު އިތުރު ނުކޮށް އެއަޕޯޓް ބޮޑު ކުރީ އިންޑިޔާ ގެ މިލިޓަރީ އަށް ފައިދާ ކުރުވަން
އަސް
14 May 2025
ތަންދޮރު ނުދަންނަ ވެރިމީހާގެ ކަމެއްތީ. ތަންދޮރު ދަންނަމީހާ އަށް އެއުޅެނީ އެއްވެސް ކަމެއް ނުވެގެން
ޢެންމެން ހެޕީ
14 May 2025
ތެންކުްޔޫ ފޮދަ އިބޫ.
ބަޑި ތަކުރު
14 May 2025
ސުލިރިއްޔާ އިބޫ
ކިތައްމެ ނަފުރަތު ވިއަސް
14 May 2025
ރައީސް މުޢިއްޒު މި ޕުރޮޖެކްޓުތައް ކުރިއަށް ނުގެންދިއަ ނަމަ ލާހިކުޅާދަނަ އެއް ނޫން ތި އެއާޕޯޓުގެ މަސައްކަތް ނިންމާކަށް ޝުކުރު ޙައްޤީ މުޢިއްޒަށް ސާބަހޭ މުޢިއްޒު
ހެހެހެހެހެ
14 May 2025
ރައީސް އިބޫއަށް ގޯތިތަކުން ކްރެޑިޓް ލިބޭނެކަން އިނގޭތި ހިތަށްވާތަދުން ދެއްތޮ އެތަންތަން ނުދީ ތިހިފަހައްޓަނީ، ލަދު ކޮބާ!
ޒަރީރު
14 May 2025
ސުކުރިއްޔާ ރައީސް ސޯލިހު
ފެކްޓްް
14 May 2025
ޝުކުރިއްޔާ އިބޫ
ސަލީމް ޝަފީގް
14 May 2025
ކުރީ ސަރުކާރު
އެމްޓޭޝަން
14 May 2025
އައްޑޫ ނިޒާރުމެން ކަރުގަހުރިހާ ނާރެއް ފުއްޕާފަ އަޑުގަދަކުރަން ތިއްބާ މިވާގޮތް ދެކެބަލަ. ދެންވެސް ޤާބިލުކަން ނެތްކަން ގަބޫލުކޮށް އެއްފަރާތްވާންވީނުން.