އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ޝިމާދު ވާހަކަދައްކަވަނީ -- ފޮޓޯ: އެސްޓީއޯ
18 މެއި 2025 - 05:58
ހުޅުމާލޭގައި އެސްޓީއޯ އިން ހަދަން ފަށައި، އެކަމަކު މަސައްކަތް އެއްކޮށް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ޥެފައިވާ ހޮޓަލުގެ ބަދަލުގައި 40،000 އަކަފޫޓުގެ ބިމެއް ދީ، ކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވީ، ހޮޓަލުގެ މައްސަލައިގައި ދާއިމީ ހައްލެއް ހޯދާފައިވާ އިރު އެޗްޑީސީން މިހާރު އެސްޓީއޯއާ ބިން ހަވާލުކޮށްފައިވާ ކަމަށެވެ.
"މި އިމާރާތް [ހޮޓާ އިމާރާތް] ދޫކޮށްލާފައި އެ އިމާރާތް އެޗްޑީސީއާ އެކު އެއްބަސްވުމެއްގެ ތެރެއިން އަގުކޮށްފައި ހުޅުމާލެއިން އަޅުގަނޑުމެން މިވަނީ ބިމެއް ހޯދާފައި. އެ ބިން ދިން ކަމުގެ ސިޓީ ވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯއިން ހުޅުމާލޭގައި ހަދަން ފެށި ސިޓީ ހޮޓާ. އެތަން ދޫކޮށްލާ، އޭގެ ބަދަލުގައި 40،000 އަކަފޫޓުގެ ބިމެއް ވަނީ ހޯދާފައި -- ފޮޓޯ: މިހާރު
އެޗްޑީސީން ވަނީ މި އަހަރުގެ ކުރީކޮޅު ސިޓީ ހޮޓާ އިމާރާތުގެ މަސައްކަތް ނިންމައި، އެތަނުގެ ހިންގުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ އޮފީސް ބައެއް ހިމެނޭ ގޮތަށް ހަދާ އެ ހޮޓަލުގެ މަސައްކަތް ހަވާލުކުރީ އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެކެވެ.
ހުޅުމާލޭގައި އެސްޓީއޯއިން ހޮޓަލެއް ހެދުމުގެ މަސައްކަތް ފެށީ އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު އެވެ. އެ ހޮޓަލުގެ އަމަލީ މަސައްކަތް ފެށީ 2012 ވަނަ އަހަރު އެވެ. ހޮޓާ އެޅުމަށް ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް އެ މަސައްކަތް ފަހުން ވަނީ ހުއްޓިފަ އެވެ.
ކޮންޓްރެކްޓަރާ މައްސަލަޖެހި ހޮޓަލުގެ މަސައްކަތް ހުއްޓުނު ހުރި އިރު، އެސްޓީއޯއިން ވަނީ އެ ހޮޓާ ހިންގާނެ ބަޔަކު ހޯދަން މިދިޔަ 10 އަހަރު ތެރޭ އެކި ފަހަރު މަތިން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެކަން ކާމިޔާބު ނުވުމުން އެސްޓީއޯއިން އެ އިމާރާތް ދޫކޮށްލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރޭ
18 May 2025
ބޭފުޅުންނޭ އެ ސަރުކާރޭ ކުރީ ސަރުކާރޭ ގޮވަމުން ހުޅުމާލޭގަ ހުރީޔާ ހުރި ހުސް ބިންތައް ވިއްކައި ނޫނީ ބަހައި ނިންމައިފި. ފެންޓަސީ، އެސް.ޖޭ މިހެން ގޮސް ކިޔާކަށް ނުވެސް އެނގޭ
ޝެލަރީ
18 May 2025
ދިވެހި ދައުލަތުގެ ބިންތައް އެސްޓީއޯ އައް ދިފަވަނީ ހިލޭކަމުގަވާނަމަ ދިވެހި ކޮންމެ ރަށްޔިތަކައް ހިއްސާގަތުމުގެ ފުރުސަތު އޮންނަންވާނެ އެމްޓީ ސީސީ ވެސްމީގެތެރޭ ހިމެނެންޖެހޭނެ ދައުލަތުގެ ބިންތަކުން ވަކިބަޔަކައް ފައިދާވެގެންނުވާނެ ފުރުސަތު ދެއްވާންޖެހޭ
ޚަޔަރު
19 May 2025
ވަރަށް ރަނގަޅު ވާހަކައެއް
ރާއްޖެ
18 May 2025
ތި "ހޮޓަލު" އިމާރާތުން ކުރާނެ ކަމެއް ނޭނގޭ ނަމަ މީހުންގެ އަމިއްލަ ގޭގޭގަ ކުލި ދައްކައިގެން ހިންގާ ދައުލަތުގެ ނޫނީ ސަރުކާރު އޮފީސްތައް ތިތަނަށް ބަދަލު ކޮއްލަބަލަ. ފައިސާ ކޮޅެއް ސޭވް ކުރެވިދާނެ ބަޖެޓުން.
އެހެންދީ
18 May 2025
ދިރިއުޅެން ދޭނެ ޖާގައެއް ނޯވެ….1000 އަކަފޫޓުގެ 40 ގޯތީގެ ޖާގަ އެސްޓީއޯ އަށް
އެމްސް
18 May 2025
އެސްޓީއޯ އިން ކުރާ ވިޔަފާރިތައްވެސް ކުރާ ވިޔަފާރިވެރިން ކުންފުނީގެ އިސްސަފަށް ލައިގެން ކުރާ ހުރިހާ ކަމެއްްވެސް ގޮވަނީ އަތަަށެވެ! ބޭހާއި ތެެލުން ލިބޭ ފައިދާއެއް ނޫން މާބޮޑުކަމެއް އެއް އިރެއްގަވެސް އެސްޓީއޯއަކަށް ނުވެއެެވެ!
ދޮން
18 May 2025
ޝިމާދު ބުރަދާ ވަރެއްނެތް ، ކިޔަވައިގެން ތިބި މީހުން ނާއި ނުކިޔަވާ މީހުން ތަފާތު މިފެންނަނީ އެއްކަލަ 3 ވެރިކަމުގައިވެސް ގޮތެއް ނުހޯދި ބޭކާރަށް ދޫކޮށްލާފަ ހުރި ހޮޓާ ބޮޑު އެސެޓަކަށް ހަދާ ބިމެއްވެސް ހޯދީ
ގެއްލުމެއް
18 May 2025
މިއީ މޭންޑޭޓުގައި ނުހިމެނޭ ކަންކަން ކުރަންއުޅުމުން ލިބޭ ގެއްލުން. އެކަމެއް ކުރާނެ ވަސީލަތްނެތި ކަމެއް ކުރަންއުޅުމުން މިކަހަލަ ކަންތައް ދިމާވާނެ. މިސާލަކަށް ތިޔަކުންފުނީގައި އިމާރާތްކުރުމާއި ހޮޓާ ހިންގުމުގެ ވަސީލަތްތަކެއް ނެތި އެކަން ފެށުމަކީ ގޯހެއް.
ކޮރަލް
18 May 2025
ބަޔަކު ފައިދާ އަށް ކުރި ކަމެކެވެ. ސިޔާސީ ވަގުން އެހެން ސިޔާސީ ވަގުންގެ މައްސަލަ ނުބަލާނެ ކަން އެނގެ އެވެ.
އަސަރަފ
18 May 2025
ވާނުވާ ނޭނގޭ ޖިންނި އަވާލާފަ އޮތް އިމާރާތެއް ތޯއްޗެއް
އަހުމަދުއާ
18 May 2025
ބަދަލުގެ ގޮތުގައި 10 މިލިއަން ޑޮލަރުގެ އަގުހުރި ބިމެއް އެސްޓީއޯއަށް.މިހާރު ދީފައިވާ ބިމުގެ އޭރިއާޔާ އެއްވަރުތޯ
ޚަޓީ
19 May 2025
އެސްޓީއޯ އަށް ބަދަލު ދޭންޖެހޭ ސަބަބެއް ނެތް. އެސްޓީއޯ އަށް ހޮޓާ ނުހިންގުމަކީ އެ ހޮޓާ ދައުލަތައް ނަގައި އޭގެ ބަދަލުގައި ބޮޑު ބިމެއް ހިލޭ ދޭންޖެހޭ ސަބަބެއް ނޫން. އެސްޓީއޯ އަކީ %100 ސަރުކާރު ކުންފުންޏެއް ނޫން. މިގޮތަށް ބިން ދިނުމުން އެސްޓީއޯގެ ހިއްސާދާރުންނަށް ނަހަމަ ގޮތުގައި ދައުލަތުގެ ބިމެއް ލިބުނީ.