ރޭ ބޭއްވި އެސްޓީއޯގެ އޭޖީއެމްގައި އެ ކުންފުނީގެ އެމްޑީ ޝިމާދު ވާހަކަ ދައްކަވަނީ.
18 މެއި 2025 - 04:28
ހުޅުމާލޭގައި މިހާރަށް ވުރެ ރަނގަޅަށް ބޭސް ފޯރުކޮށްދިނުމަށްޓަކާއި އެސްޓީއޯ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސްމާޓް ސްޓޯ ފާމަސީއަށް ބަދަލުކޮށް އަލުން ހުޅުވާނެ ކަމަށެވެ.
"ހުޅުމާލެ ހޮސްޕިޓަލަށްދާ ބަލި މީހުންނަށް ރަނގަޅު ފެންވަރެއްގެ ފާމަސީއެއްގެ ހިދުމަތް ދެވެން ނެތީމަ، އެކަމާ ގުޅިގެން އަންނަ ޝަކުވާތަކާ ގުޅިގެން ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި،" އޭނާ ވިދާޅުވި އެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯގެ "ސްމާޓް ސްޓޯ" ހުޅުވީ ޖުލައި 2023 ގަ އެވެ. އެކަމަކު، ހުޅުމާލޭ 1 ގައި ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގައި ހުޅުވި ސްމާޓް ސްޓޯ އަށް ވިޔަފާރި ކުރުމަށް އެހާ ގިނަ ބަޔަކު ވަންނަ ތަނެއް އާންމުކޮށް ނުފެނެ އެވެ.
ޝިމާދު ރޭ ވަނީ، ހުޅުމާލެ 1 ގެ އިތުރުން ހުޅުމާލެ 2 ގައި ވެސް އެސްޓީއޯގެ ފާމަސީއެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަކީ، އެ ކުންފުނިން އާމްދަނީ ހޯދަން ކުރާ ވިޔަފާރިއެއްގެ ބަދަލުގައި އާންމުންނަށް ލުއި ފަސޭހަކޮށްދިނުމަށް ދޭ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ބޭސް ލިބުމުގައި މިހާރު ދިމާވާ މައްސަލަ ހައްލުކޮށް، ބޭސް ފަސޭހައިން ލިބޭނެ ގޮތްތައް ފަހި ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ރޭގެ ޖަލްސާގައި ހިއްސާދާރަކާ ވާހަކަ ދައްކަަވަނީ.--- ފޮޓޯ: އެސްޓީއޯ
"އަޅުގަނޑުމެންގެ އަމާޒަކީ އެސްޓީއޯއަކީ ބޭސް ހޯދަން އަންނަ މީހުންނަށް ކޮލިޓީ ބޭސް ހުސްނުވެ ލިބެން ހުންނަ ތަނަކަށް ހެދުން،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވިގޮތުގައި، ބޭސް ގެނައުމުގައި ދަތިތައް ހުރުމުން، ކަމާ ގުޅޭ ފަރާތްތަކާ އެކު ކުރި މަސައްކަތުން އެކަށީގެންވާ ހައްލެއް މިހާރު ވަނީ ހޯދައިފަ އެވެ. ރާއްޖެއަށް ބޭނުންވާ ބައެއް ބޭސްތައް ހޯދުމަށް ދާދި ފަހުން އެސްޓީއޯއިން ވަނީ އިންޑިއާގެ ހެލްތު އެންޑް ފެމިލީ ވެލްފެއާގެ އެކު ހާއްސަ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. ބޭސް ލިބުމުގައި މިހާރު ދިމާވާ ދަތިތައް އޭގެ ސަބަބުން ހައްލު ވާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
19 May 2025
މިއީ ދިރާސާކުރަންވާވަރަށް ދިރާސާނުކޮށް ކަންކަންކުރީމަ ނިކުންނަ ނަތީޖާ. ސްމާޓް ސްޓޯރ ހަދަން ކުރި ޚަރަދުގެ އަބްދާޒާއެއް އެގެންޖެހޭ އެބަ. އެސްޓީއޯގެ އަހަރީ އާއްމުޖަލްސާގަ އެއްވެސް މީހަކު މިސުވާލު އުފެއްދިބާ!. އެސްޓީއޯ ބޯޑުގެ ޒިންމާ ކޮބައިތޯ!.
ބަބްސް
18 May 2025
ތަޖްރިބާ ކޮއްލިން. އެޕް ވަރަށް އުނދަގޫ ހާއްސަކޮށް ފައިސާ ދެއްކުމުގެ ބައި.
ނާޑުވާ
18 May 2025
ތިޔަ ޕްރޮޖެކްޓް ތެމޫ އާ ހަވާލުކުރޭ.
ކޮވެލި
18 May 2025
ރަނގަޅުތާ. ކުރިން ތިިކަން ކުރި ބަޔަކު ވާވަރަށް ލާރި ލިބިފައިތާ ހުންނާނީ.
ސަންޖޭ
18 May 2025
ބަންކަރީން ލިބުނު ކަމަށް އެބުނަނީ 124މިލިޔަން, ކޮބާ ހަރަދު ކެޑީމަ ސިގެރެޓް ކާޓޫނެއްވެސް ނުގަނެވޭނެ, ބުރޯ
ވަނީފާ
18 May 2025
އެސްޓީއޯއިން އެކަނި ތިކަންކުރަން އުޅެގެން ދުވަހަކުވެސް ރައްޔިތުންނަށްވާނެ ފަސޭހަތަކެއް ނޯންނާނެ، އެސްޓީއޯއިން ގެންނަ ގިނަ ބޭސް ހޯލްސޭލްކޮށް އާއްމު ވިޔަފާރިތަކަށް ދުލެއްނުކުރޭ،
އައިމިނާ
18 May 2025
ގަރުދިޔައާ ބަތްކައިގެން ސްމާޓްސްޓޯރުން ވިޔަފާރިކޮށްގެން ޓެސްލާކާރުން ޓެކްސީ ކޮށްގެން ޖީބުގަ އައިފޯނެއް.
މަހާރާ
18 May 2025
އަސްލުވެސް ވަރަށް ދެރަ ކަމެއް. މީހުންނުވަންނާތީ، އެތަން ބަންދުކުރަންވީކީއެއް ނޫން. އެތަނުގެ ވިޔަފާރީ ރަނގަޅުކުރަން މާރކެޓިންގެ ހަރަކާތްތައް ކުރިއަށް ގެންދަންވީ. ސްމާރޓް ޓެކްނޯލޮޖީއަކީ ދިވެހިންނަށް ވަރަށް އާ އެއްޗެއް. އެހެންވީމަ، އަހުލުވެރިވާންވެސް ވަގުތުނަގާނެ. މިކަމަށްވެސް ހޭލުންތެރިކުރަންވީ. އެހެންނޫނީ، އަނެއްކާވެސް މި ސްމާރޓް ފާރމަސީވެސް ބަންދުކުރަންޖެހޭ ދުވަސް އަންނާނީ.
އޮަޓޯ
18 May 2025
ބުނެވެން އޮތީ ދޫފުރޮޅިއެއްގައި އެކިޔާގޮތަށް ލޮނޑު ނަނަކު ގަތް ލޮނޑު ރޮނޑެއް ލޮނޑުވެ ޅަރޮނޑު ރޮނީއެވެ. ތި ތަނެއް ހުޅުވައިގެން ތި ތަނުން ފައިދާއެއްވެގެން ހިއްސާދާރަކަށް ލިބުނު ފައިދާއެއް ނޯންނާނެ. ދުނިޔޭގެ ތަނެއްގައި ކަމެއް ކުރާތީ ކުރިން ހުރި ކަލޭގެ މާމޮޅު ކަމެކޭ ކިޔައިގެން ކޮށްފައި އޮތް ކަމެއް. އޭރުވެސް ތިއީ ކާމިޔާބު ނުވާނެ ތަނެއްކަން އެނގޭ. އެކަމަކު އަކަޔަންބޯ ހެދިފައި އުޅޭ ވެރިންނަކަށް މިބާވަތުގެ ކަމެއް ނުވިސްނޭނެތާއެވެ.
ޗޫޤީ
18 May 2025
ސުޓޯރު ވަރަށް ސްމާޓްވީމަ ފާމަސީއަކަށް ބަދަލުކުރެވޭނީ.