ބްރޯޑްކާސްޓިން ކޮމިޝަން: މިތަނުގެ މައްސަލަތައް ފާހަގަކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައި.
19 މެއި 2025 - 11:28
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފުން އެ ކޮމިޝަންގައި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އެޅޭތީ އެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އެ ކޮމިޝަންގެ މުވައްޒަފުންގެ ޕެޓިޝަނާ އެކު، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ވެސް ގެންނަވައިފަ އެވެ.
އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ބުނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސް އެޅޭގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް ބައެއް މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމް ކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.
އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ އެހެން ބައެއް މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުން ލައްވާ ގޭގައި މަސައްކަތް ކުރުވުމާއި ކޮމިޝަންގެ ބަޖެޓުން އިތުރު ގަޑީގެ ފައިސާ ދެވެން ނެތްއިރު ވެސް މަސައްކަތް ކުރުވުމެވެ. އަދި އެކަށީގެންވާ ވަގުތު ނުދީ ވަގުތުން ވަގުތަށް މަސައްކަތް ނިންމަން ފިއްތުންތައް ކުރިމަތި ކުރާ ކަމަށް ވެސް، ވިއްސަކަށް މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ވެ އެވެ.
- ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަ ކޮށްގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ފަހުން ފަޒީން އަމިއްލައަށް އިސްތިއުފާ ދިނުމުން ވެސް އަނިޔާ ލިބުނު މުވައްޒަފު އަދާކުރަމުން ދިޔަ ޒިންމާތަކުން އޭނާގެ ނުރުހުމުގައި އެކަހެރިކޮށް، އޭނައާ މެދު ބަދަލު ހިފުމުގެ ރޫހުގައި އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށް މަސައްކަތުން އެކަހެރިކޮށް އޭނާއަށް "ޑަބަލް ވިކްޓަމައިޒް" ކުރުން.
- މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަން ތަފާތު ގިނަ ކަންކަން ކުރޭ. އޭގެ ތެރެއިން މުވައްޒަފުންގެ ވަޒީފާ ބަޔާން ހޯދައި ދީފައިވާ އެކްސެސް ކަނޑާލައި އަދި މުވައްޒަފުންގެ ޒާތީ މައުލޫމާތެއް އެހެން މުވައްޒަފުންގެ ކުރިމަތީ ހާމަކުރުން އާއްމުވުން. މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް އިން ލިބުނު މާކްސްތައް އެއް ފަންތިއެއްގެ މުވައްޒަފުން ކުރިމަތީގައި ހާމަކޮށް އެ މުވައްޒަފު ސުޕަވައިޒު ކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހި ކޮމިޝަންގެ ރައީސް އަދި ބައެއް މެމްބަރުން ސުވާލު އުފެއްދުން.
- ކޮމިޝަންގެ ހިންގާ ގަވައިދާ ހިލާފަށް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައި، ކަނޑައަޅާފައިވާ އިޖުރާއަތްތައް ފުރިހަމަނުކޮށް ވަކި މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން އެޗްއާރު ޕެނަލަށް އެންގުން.
ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ވަނީ ކޮމިޝަންގެ މެމްބަރުންގެ ފަރާތުން ހަތް ކަމެއް އެދިފަ އެވެ. އޭގެ ތެރޭގައި؛
- ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާ ތަރައްގީކުރަން ޕޮލިސީ ލެވެލްގައި ހަރުދަނާ މަސައްކަތްކުރުން.
- މުވައްޒަފުން މެދުވެރިކޮށް މުވައްޒަފުންނާއި އިދާރީ ވެރިންނަށް ފާރަނުލުން.
- ރުޅިވެރިކަމާއި ޒާތީވުމާއި މުވައްޒަފުންނާ ޖައްސާލުމާއި މުވައްޒަފުންނަށް ނަފްސާނީގޮތުން ކުރާ ގޯނާ ހުއްޓާލުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާއްދާ 27
20 May 2025
މީޑިއާގެ ބެލެނިވެރި ފަރާތް މުވައްޒަފުންނާ ދޭތެރޭ މިހެން އަމަލު ކުރާ އިރު ދެން ވިސްނާލާ މީޑިއާ އަށް ހަދާނެ ގޮތް. ޗެނަލް ތަކުން ތެދުވަންޖެހޭ. ތަންދޮރު ނޭގޭ ނާގާބިލު މީހުން ލައިގެން މިކަންނުވާނެ.
މަހާކ
19 May 2025
ތިޔަ ކޮމިޝަނުގައި ތިއްބެވި މެންބަރުންނޭ ބުނާ ބަޔަކީ ވަރަށް ކިބުރުވެރި ބޮޑާ ބައެއް. ޚާއްސަކޮށް އަލަށް އައްޔަންވި ސަރާހަތު. ބައިލައްކަ ރުފިޔާ މުސާރައިގެ ގޮތުގައި ނަގައިގެން ތިބެ ހަރާންފަދަ ކުރާ ކަމެއްނެތް. މުވައްޒަފުންނަކީ ކުޑަ އުޖޫރައަކަށް މަސައްކަތް ކުރަންޖެހިފައި ތިބި އެމީހުންގެ އަޅުން. މުވައްޒަފުންނާއި ބައްދަލުވާ ކޮންމެ ފަހަރަކު މުސާރައޭ ކިޔާ ފޮނިކަނޑާނެ. މުހައްމާ އެންމެ ރަގަޅީ އަސްލު
ޙަސްނާއްތަ
19 May 2025
ޗެނެލްތަކުގައި ޚަބަރުކިޔަން އުޅުނު މީހަކު ނޫން މީހެއް މުހައްމާ ފިޔަވައި ތިތާކު ނެތް. ދުވަހަކު ތަނެއްގެ ހިންގުމުގައި އިސްކޮށް އުޅުނު މީހަކުނެތް. ކިތަންމެ ރަނގަޅު ހިންގުންތެރި މީހެއް ކުރިމަތިލިޔަސް ތިތަނަށް ހޮވަނީ ޕާޓީ ޗެނެލްތަކުގައި ޚަބަރު ކިޔަން އުޅޭ ކުދިން. ޕީއެސްއެމް އަކީވެސް 5 އަހަރުން ނަން ބަދަލުވާ ޕާޓީ ޗެނެލްއެއް. ރައްޔަތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ ތިމައްސަލަތަކުގެ ޒިންމާ ނަގަން ޖެހޭނެ.
ހަސަންކޮއި
19 May 2025
ހަމަ ރަނގަޅަށް ތި ބުނީ. މުހައްމާ އެކަނި ރޯ ފިލާފަ ހުރީ.
އިޒްވީނާ
19 May 2025
ވަރިހަމަ އެއްނު ކޮންމެ މީހަކު ބޮޑު މުސާރަ ނަގައިގެން ތިބޭނީ، އާދައިގެ މުވައްޒަފުންނަށް ކޮންމެދައުރެއްގައި ވެސް ހުރިހާ ދެރައެއް
ރެގިއުލޭޓަރު
19 May 2025
މިވަރުގެ ރެގިއުލޭޓަރަކަށް މީޑިއާ ރެގިއލޭޓުކޮށް ބެލެހެެއްޓޭނެތަ! ފުރަތަމަ ކޮމިޟަންގެ މެމްބަރުނަ މިއުޅެނީ ކޮންވައްތަރަކަށްތޯ ބަލަން އެބަޖެހޭ! އަމިއްލަ ގޭގެ މަސައްކަތް މުއައްޒިފުން ލައްވާ ކުރުވި މީހަކު ޖެހޭނީ ކޮމިޟަނުން ވަކިކުރަން.
ސޮފީބެ
19 May 2025
މުވައްޒަފަކު ހުންނަ ގޮތަކުން ވެސް އޭނާ ކަނޑާލަން އެބަ ބުނޭ. ހީވަނީ މާ ތާހިރު ބައެއް ހެން. މި ގައުުމުގެ މީޑިއާ އަށް ސިމްޕަތީ.
ފާންތަ
19 May 2025
ހުރިހާ އޮފީހެއްގެވެސް ހާލަތު. ސޭޑް ރިއަރލިޓީ
ކުނޑި ބިނޑުނަ
19 May 2025
އަހަރުންގެ އޮފީސް ތަފާތު. އެބުނާ ވަރެއް ނުވޭ.
ސާގު
19 May 2025
މި ފަދަ ނާގާބިލު އަމިއްލަ އަށް މާތްވެގެން ކަޅު ހެދުމުގެ އޮފީހަށް އައިސް މުވައްޒަފުންނޭ ކިޔައިގެން ޗުކުޗުކު ތެޅުވުން ނޫން ކަމެއް ނެތް.
ހޮޅި
19 May 2025
އައްޔަނު ކުރެވިފައިވާ ފަރާތުގެ ތަޢުލީމެއް އަދި ޤާބިލްކަމެއް ނަޒާހަތްތެރިކަމެއްނެތަސް ވަގު ނޫޓު ޖެހުމުގެ ރެކޯޑާއިެކު ތިތަނަށް އައްޔަނުކުރި މަޤުސަދު ޙާސިލުވައްޏާ ރަނގަޅުތާ ދޯ ؟
ޒާތު
19 May 2025
ބްރޯޑްކޮމްގައި ތިޔަ ތިބީ އުމުރު ދުވަހު ޚަބަރު ކިޔަން ނުވަތަ ޕްރެޒެންޓް ކުރަން އުޅުނު މީހުން. މޭނޭޖްމަންޓް ގެ ތަޖުރިބާއެއް، ހިންގުމުގެ ތަޖުރިބާއެއް، ލީޑަރޝިޕެއް އެކައްޗެއްވެސް ނޭނގޭ މީހުން ލީމަ ވާނެ ގޮތް ތިޔަ ފެންނަނީ. އަދި ޚާއްސަކޮށް ހުސް އަންނެހުން އިސް މަޤާމަށް ލީމަ އަންހެނުންނާއި މި މައްސަލަ ޖެހެނީ.