މޫސާ ރިލްވާން. --ފޮޓޯ: ފޭސްބުކް
13 މެއި 2025 - 12:47
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަނުން ހުސްވި ގޮނޑިއަށް ކުރިމަތިލެއްވި 10 ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.
އެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު، އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅަކަށެވެ.
މާކްސް ދިނުމުގައި 75 ޕަސެންޓު ނުލިބޭ ފަސް ބޭފުޅުންނަކީ ވ. މަށިވެލި، އިބްރާހިމް އަޝްރަފު އާއި ޅ. ހިންނަވަރު، ބާރަނާ، އަލީ ޔޫސުފާއި ހ. ޕްރިޓީވިލާ، މުހައްމަދު ޝަމީމާއި ހ. ސަންދަލީގެ، އަހުމަދު ޒާހިރު އަދި ށ. ފީވަކު އޯކިޑުމާގޭ ފާތިމަތު ޒައީމާ އެވެ.
އެންމެ ގިނައިން މާކްސް ލިބިވަޑައިގަތީ ޒީނާ ޒާހިރަށް ކަމުން، ކޮމިޓީން ފާސްކޮށްފައިވަނީ އެ ކޮމިޝަނަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށެވެ.
މާކްސް ލިބުނު ތަރުތީބު:
1. ޒީނާ ޒާހިރު - 85.13 ޕަސެންޓު
2. އައިޝަތު ޝިޔާނާ - 83 ޕަސެންޓް
3. ޝިމްލާ އަހުމަދު - 82 ޕަސެންޓް
4. މޫސާ ރިލްވާން - 81 ޕަސެންޓް
5. ޒަމްއަތު އަހުމަދު ވަހީދު - 77.50 ޕަސެންޓް
ނަމަވެސް، ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ފަސް މެމްބަރުންގެ ނަންތަކަށް މަޖިލިހުގެ ތަޅުމުގައި ވަކިވަކިން ވޯޓަށް އެހުމުން، ގިނަ މެމްބަރުން ވަނީ ޒީނާ އާއި ޝިޔާނާ އަދި ޝިމްލާ އައްޔަނުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.
ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޕްރޮޑިޔުސަރު އަދި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަދި ހައުސިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މޫސާ ރިލްވާން ބްޜޯޑްކޮމް އަށް އައްޔަނުކުރަން ފާސްވީ 70 މެމްބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން، އެ ލިސްޓުގައި ދެން އިން ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.
ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ހުސްވާތީ މަޖިލީހަށް އިއްޔެ ވަނީ އެ މަގާމަށް އައްޔަން ކުރުމަށް ވެސް ނަންތަކެއް ފޮނުވައިފަ އެވެ. ރައީސް މުއިއްޒު ފޮނުއްވާފައިވާ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ޒީނާގެ އިތުރުން 75 ޕަސެންޓަށް ވުރެ މަތިން ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ އިތުރުން އަލީ ޔޫސުފްގެ ނަމެވެ.
ރައީސްގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މީޑިއާގައި ގިނަ ދުވަސްތަކެއް މަސައްކަތް ކޮށްފައިވާ ޒަމްއަތުގެ ނަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްލި
13 May 2025
ރައީސް ވަކިމީހެއްގެ ނަން ކުރިއަށް ލާފަ، ކޮމިޓީން އިންޓަވިއުކޮށްގެން މާކްސްދީފަ، މަޖިލީހުން އެންމެ ދަށުން މާކްސް ލިބުންމީހާވެސް އައްޔަންކުރަންޏާ މީކޮންކަހަލަ ޑްރާމާއެއް ކުޅޭކަށް. ޕީއެންސީން އިއްތިފާގުން ފާސްކުރީމަ މީ ރޭވިގެން ހިނގާކަމެއް ނޫންގޮތަކަށް ބަޔަކަށް ނުފެންނާނެ. އަދި މީ ހަމަ އެއްވެސް ނުފޫޒެއް ރޭވުމެއްނެތި ހިނގި ކަމެއްކަމަށް ބެލިނަމަވެސް އިންޓަވިއުގެ ބޭނުމަކީ ކޮބާ އިންޓަވިއުއިން އެއްވަނައަށް ދިޔަ މީހާ އައްޔަންނުކުރަންޏާ؟ ޖޯކެއްނޫން ކޯޗެއް؟
އިއްލިގެ ބަފާގެ ބޭބެގެ ވައިފް
13 May 2025
ކޮމިޓީން ނިންމާ ގޮތަށް ތަޅުމުން ނިންމުން ލާޒިމެއް ނޫން.ކޮމިޓީއެއީ 5 ވަރަކަށް މީހުންގެ ނިންމުން.
ތޮރާ އަލީ
13 May 2025
މީޑިއަރނެޓް ގެ މޮނޮޕޮލީ ނިމުމަކަށް އަންނަން ޖެހޭ. އެއްވެސް ސަރުކާރަކަށް ހައްލު ކުރެވުނެ ކަމެއް ނޫން މީކީ. ޕެކޭޖް ތައް އެހާ އަގުބޮޑު. މުޅި ރާއްޖެ މި މީހުން އަތްދަށުގަ. މި މީހުން ނޫން އެހެން ބަޔަކަށް މިކަން ވިޔަކަ ވެސް ނުދިން. ދިރާގުން މިކަންކުރަން އުޅުނީމަ ދިރާގު އިނދަޖައްސާލީ. މިހާރު އެސްއެސް ޓީވީ މީހުން ނަކަށް މިކަމެއް ރަނގަޅަށް ކުރެވެނީ ކީ އެއް ނޫން. ލޯކަލް ޗެނަލްސް ތައް މީ އަހަރުމެން ނަށް ހިލޭ ލިބެން ޖެހޭ އެއްޗެއް. ރިލްވާން މަރުހަބާ.
ރަދީފްއޮފިޝަލް / ކްރިކްފައި ޓީވީ ޕްލޭ ލިސްޓް
13 May 2025
ވަރަށް ބޮޑު ތެދެއް.ރައްޔަތުންގެ ފައިސާއިން ދައުލަތުގެ ކުންފުންޏަކުން އުފައްދާފައި އޮންއެއާކުރާ ކޮންޓެންޓް އެރައްޔަތުންނަށް ވިއްކާގޮތަށް އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ.ޓީވީއެމް ޗެނަލް ވިއްކައިގެން ބަޔަކު މަހުޖަނުންނަށް ވެ ނިމިއްޖެ.އަހަރުމެން މިހާރު ބަލަނީ ހިލޭޓީވީ އަދި ކްރިކްފައި ޓީވީ.އެންމެ ބައިރުފިޔާ ވެސް ނުދޭ އަތުން.
ޛސހސހހެހ
13 May 2025
ހިލޭޓީވީ އަދި ކްރިކްފައި ޓީވީ ބަލަނެ ގޮތް ކިޔާދެއްވަފާނަންތޯ
ހަތަރުވަނަ
13 May 2025
މި ހެޑްލައިން ޖެހި ނޫސްވެރިޔާ ޖޭވެފަ ހުރިހެން ހީވަނީ. މިއީ ހަމަ މިކަމަށް ކުޅަދާނަ ބޭފުޅެއް
ރަދީފްއޮފިޝަލް / ޓީވީއެމް ހިލޭ ފެންނަން ވަކާލާތު
13 May 2025
ރާއްޖޭގެ ބްރޮޑްކޮމް މެމްބަރުންގެ ޒިންމާއަކީ ކޮބާ؟؟ ޗެނަލްތަކުން ފޮނުވާ ކޮންޓެންޓް މޮނިޓާކުރުންތޯ؟؟ ދައުލަތުގެ ޓީވީ ޗެނަލްތައް ކަމުގައިވާ ޓީވީއެމް އަދި ޕީއެސްއެމް އެއީ ރައްޔަތުންނަށް ހިލޭ ލިބެންޖެހޭ ޗެނަލްތަކެއް.ނަމަވެސް ދައުލަތުގެ އުފެއްދުމެއް ބެލުމަށް ރައްޔަތުން މަހަކު 164ރ މީޑިޔާ މާފިޔާއަށް ދައްކަން ޖެހޭ އެއްވެސް ސަބަބެއް ނުފެނޭ.މިފަދަ ކަންކަން ހައްލުކުރެވޭނެ ޓެކްނިކަލް ވިސްނުންހުރި މީހުން ކުރިމަތިލައިގެން ސަގާފަތް ނައްތާލަން ޖެހޭ.ވ.ވެދުން
ކުޑު
13 May 2025
ޓީވީއެމް ފެނޭ ހިލޭ ވެބްސައިޓުން. ދެން ޓީވީން ހިލޭ ބަލަންޏާ އަހަރުމެން ކުޑައިރު ދަގަނޑުކޮޅެއް އެންޓަނާ ޕްލަގަށް ކޮއްޕާލީމަ ލިބޭގޮތަށް މިހާރު ލިބޭކަމެއް ނޭންގޭ. ފަހުގެ ޓީވީތަކުގެ އެންޓަނާ ގުޅާނެ ތަނެއް ނުވެސް އިނދޭތޯއްޗެއް.
ރަދީފްއޮފިޝަލް / ހިލޭ ޓީވީ
13 May 2025
މަޖްލިހުގެ ނިންމުން ވަރަށް ބަރާބަރު.މަރުހަބާ މޫސާ ރިލްވާން.އަބަދުވެސް އާމޫނުތަކަށް މިފަދަ ޕްލެޓްފޯމްތަކުން ޖާގަ ލިބެން އަހަރެން ތާއީދުކުރަން.ބްރޮޑްކޮމް އެއީ ހަމައެކަނި ނޫސްވެރިން ތިބެންޖެހޭ ތަނެއްގެ ގޮތުގަ އޮތް އޮތުން ދެން އަންނަ ދައުރެއްގަ ބަދަލުކޮށް ޓެކްނިކަލް މީހުން ކުރިމަތިލައި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ ޒަމާނީކުރަން ފުރުސަތު ހޯދަން ޖެހޭ.ހިލޭ ޓީވީއެމް ، ޕީއެސްއެމް ރައްޔަތުންނަށް ހިލޭޓީވީ ގޮތަށް ހަމަޖައްސަން ޖެހޭ.ވ.ވެދުން
މިއައު
13 May 2025
މަރްހަބާ ރިލޭ
ޚެކެލެ
13 May 2025
ހީހީ ހަލާކު. ކޮން ޑްރާމާއެއްތަ ތި ކުޅެނީ.