ރައީސް މުއިއްޒު: ޑަބްލިއުއެޗްއޯގެ ހާއްސަ އެވޯޑް އެމަނިކުފާނަށް ވަނީ އަރުވާފައި --
19 މެއި 2025 - 18:30
ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ރައީސަށް މި އެވޯޑް އެރުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށާއި އެ ސިޔާސަތުތަކުގެ ސަބަބުން މީހުން ދުންފަތުން ސަލާމަތްކުރެވި، ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރެވޭނެތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ރައީސް ވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. އެގޮތުން، ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން އެއްކޮށް ވަނީ މަނާކޮށްފަ އެވެ. އަދި، ސިނގިރޭޓްގެ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފަ އެވެ.
މީގެއިތުރުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަށް ދުންފަތުގެ ގާނޫނު ވެސް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މި ގެނައި އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެ ފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން އެ ވިއްކާ މީހުން ކަށަވަރުކުރަން ޖެހޭނެ އެވެ.
ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ އެ މީހެއްގެ އައިޑީކާޑު ނުވަތު އެ މީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް، އިސްލާހުގައި ވެ އެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން އޮތީ 18 އަހަރުން ދަށެވެ. އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ.
ރައީސް ވަނީ އެ ވިޔަފާރީގައި އުޅޭ ފަރާތްތައް ވެސް އެކަން ހުއްޓާލާފައި ކޮންމެވެސް އެހެން ކަމެއް ކުރުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
"އަޅުގަނޑު އެދެން ސިނގިރޭޓު އެތެރެކޮށް ސިނގިރޭޓު ވިއްކާ މީހުން އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކާ އުޅެން. މިއީކީ ކުރާވަރު ކަމެއް ނޫނޭ. ދެން މިއީކީ ކުޑަކުޑަ ގައުމެއް. މިލިއަނުން މިލިއަނުން މީހުން އުޅޭ ތަނެއް ނޫން. ކީއްކުރަން މިތާނގައި އެކަން ކުރަންވީ،" މީގެކުރިން ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާސިފްް
20 May 2025
މަރުހަބާ ރައީސް. މިއީ ހަމަ ރައީސަށް ހައްޤު އެވޯޑެއް. ބަޔަކު މޭކަރާނެ އެކަމަކު އަޅާލާނެ ކަމެއްނޫން.
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
20 May 2025
ބޭރު ޤައުމު ތަކުން ދޭ ލާރި ކޮޅު ކާލުން ނޫން ކަމެއް ޑަބްލިޔު.އެޗް.އޯ އަކުން ނުކުރޭ!
ކޮސް
20 May 2025
މިއެނގެނީ ޑަބުލިޔޫ.އެޗު.އޯ ވެސް ކަންކަން ކުރާއިރު ނުބަލާކަން. މުއިއްޒުގެ ސިނގިރޭޓު ހުއްޓުވުން , އޭގެ ޒާތުގައި ރަނގަޅަސް , ނަތީޖާއެއް ނެރވުނީމަދޯ އެވޯޑުދޭންވާނީ. މިހާރުވެސް ސިނގިރޭޓު ބޯމީހުން އެކަން ހުއްޓާލީކީ ނޫން. ވަގަށް އެތެރެކޮށްގެން , ޞިއްހީގޮތުން މާދަށްފެންވަރުގެ ސިނގިރެޓު ބޮނީ. ނަތީޖާއަކީ ރައްޔިތުންގެ ސިއްހަތަށް ގެއްލުންވާލެއް ބޮޑުވަނީ. ޑަބުލިޔޫ.އެޗް.އޯ .....!!!
އާދަނު33
20 May 2025
ސިގިރޭޓް ބުޔުން މަނާބޯޑް ޖަހާފަހުންނަ ރެސްޓޯރަންޓް ކެފޭ، ހޮޓާ ތަކުގައި ސިގިރޭޓްބޯއިރު ނުހުއްޓުވޭ. ކާން ތިބެވޭ ވަރެެއްނޫން. އާޅާލާނެ މުވައްސަސާއެއްނެތް... އެކަމަށްވެސް އެވޯޑެއްދޭންވީ...
ތެލި
19 May 2025
މިއީ ތަންފީޒު ނުކުރެވޭ ހަމައެކަނި ސުރިހާ އަޅާލާ ޕީއާރު ސްޓަންޓެއްކަން ޑަބްލިޔޫއެޗްއޯއަށް ނޭންގެނީބާ؟ ދުންފަތާ ދެކޮޅަށްކަމަށްބުނެ އެޅިފިޔަވަޅުތަކުން ނުކުތް ނަތީޖާ އަކީ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވުން އެކަންޏެވެ.
އެވޯޑު ސިކޭ
19 May 2025
އެވޯޑު ހޯދިޔަސް ރައްޔިތުންނަށް ވާ ކަމެއް ހަރާން. ކޮންމެސް އެވޯޑެއް ފަހާ ތާއަބަދު ލޮލް
އަދީލްް
20 May 2025
ބަލަ ރައްޔިތުންނަށް ކިހާ ބޮޑު ކަމެއްތަ މި ކޮށްދިނީ. ރައްޔިތުން ބޮޑު ވަބާއަކުން މި ސަލާމަތްކޮށްދެނީ.
ށސަލީމް
19 May 2025
ޖުޑީޝަރީ އިސްލާހު ކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތައްވެސް އެވޯޑު ހައްޤު
ހަޖަމު ކުރޭ
19 May 2025
ރައީސް މުޢިއްޒު ވަނީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރަމުން ބައިނަލަގުވާމީ ގޮތުން ރަން ވަނަ ތަކެއް ހާސިލްކޮއްފަ މިކަމަށް ލޯ ކަނު މީހަކު ބީރު މީހަކު ނޫނީ އެއްބަސްނުވެ ނުހުރެވޭނެ ކިތަންމެ ނުރުހުން ވިއަސް ރަނގަޅަށް ކުރާ ކަންކަން ވެސް ހުންނާނެ މި ކަންކަން ބަލައިގަންނަންޖެހޭ
ޖަސީ
19 May 2025
މި މުނާސަބަތާ މޫސުމާ ގުޅިގެން 3 ދުވަސް ބަންދުކޮށްދެއްވުމަ އެދިލައްވަން.
ބެލެނިވެރިއެއް
19 May 2025
ރައީސް ގެ މިކަމަށް އަޅުގަނޑު 100 އިން 100 ދޭނަން. ސުކުރިއްޔާ