ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅުމުން ހަމްދާން ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ.
23 މެއި 2025 - 16:04
ހުޅުމާލެ އިން ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅެނިކޮށް ހުއްޓުވުމުން ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ހުތުރު ބަހުން ވާހަކަ ދެެއްކި މީހެއް ކަމަށާއި އޭނާއަށް އަނިޔާކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގައި އޭނާ ފޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ނަސޭހަތް ދިނުމަށް ފަހު ރޭ ދޫކޮށްލާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ތުހުމަތުތަކެއްކޮށް، އަނިޔާކޮށްފައިވާ ކަމަށް ބުންޏަސް މިހާތަނަށް ބެލިބެލުމުން އޭނާ ހުއްޓުވުމުގައި އެފަދަ ކަމެއް ފުލުހުން ކޮށްފައި ނުވާ ކަމަށް އެ މެސެޖުގައިވެ އެވެ.
ހުޅުމާލޭގައި ޑްރޯން އެރުވޭނީ ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. ހުއްދަ ނުނަގައި ޑްރޯން އަރުވާނަމަ ހުއްޓުވުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ.
ޑްރޯން އަރުވަން އުޅެނިކޮށް ހުއްޓުވުމުން ފުލުހުންނަށް ތުހުމަތުތަކެއްކޮށް ކުރީ ވަން އޮންލައިންގައި ނޫސްވެރިއަކަށް އުޅޭ ހަމްދާން އަހްމަދެވެ.
އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ރޭ 8:40 ހާއިރު ހުޅުމާލޭ ފޭސް ދޭއްގެ ނިގަކަސް މަގުގައި މޫދާ ދިމާލުން މަގުގެ އެއްފަޅީގައި ޑްރޯން އަރުވައިގެން ހުއްޓައި ދެ ފުލުހަކު އައިސް ސުވާލު ކުރަން ފެށި ކަމަށެވެ.
ހުއްދަ ދެއްކުމަށާއި ހުއްދަ ނުނަގައި ޑްރޯން ނޭރުވޭނެ ކަމަށް ފުލުހުން ބުނި ކަމަށް އޭނާ ލިއެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި ހުއްދަ ނެތް ކަމަށް ބުނުމުން އޭނައާ ބެހޭ މައުލޫމާތު ދިނުމަށް އެދުމުން އައިޑީކާޑް ދެއްކުމުން އެއީ މައުލޫމާތު ކަމަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހަޑިހުތުރުބަހުން ފުލުހުން ވަނީ ވާހަކަ ދައްކައިފަ އެވެ.
ފުލުހުން އޭނާއާ މުއާމާލާތުކުރަމުން ދިޔަ ވަގުތުކޮޅު އޭނާ ހުރީ ފޭސްބުކް ލައިވް ޖައްސައިގެންނެވެ.
އެ ވީޑީއޯ އިން ފެންނަ ގޮތުގައި، އެ ވަގުތު އެތަނުގައި ތިބި ދެ ފުލުހަކާ އޭނާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ހުތުރުބަހުންނެވެ. ފުލުހުން އޭނާ ހުއްޓުވަނީ މަޑުކުރަން ނުޖެހޭނެ ކަމަށް ބުނެ ދާން ހެދުމުންނެވެ.
ހަމްދާން ލިއެފައިވާ ގޮތުގައި އޭނާ ގެއަށް ދާން ހިނގައިގަތުމުން ކޮއްޕައި ވައްޓާލަ އެވެ. އެކަމަކު މި މަންޒަރު ވީޑިއޯއަކުން ނުފެނެ އެވެ.
އޭނާގެ ތުހުމަތާ ގުޅޭގޮތުން ފުލުހުން ބުނީ ޑްރޯން އެރުވުމުގެ ހުއްދަ އޮތްތޯ ޔަގީންކޮށްދޭން އޭނާ އިންކާރު ކުރި ކަމަށެވެ.
"މައުލޫމާތު ދިނުމަށާއި ހުއްދަ ދެއްކުމަށް އިންކާރުކޮށް ހުއްދަ ދައްކަން ނުޖެހޭ ކަމަށް ބުނެ ހަޑިހުތުރު ބަހުން ފުލުހުންނާއި މުއާމަލާތްކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގައި އޭނާ ހުޅުމާލެެ ފޭސް 2ގެ ޕޮލިސް ސްޓޭޝަކަށް ގެނެސް ސުވާލު ކޮށްފައިވޭ،" ފުލުހުން ބުންޏެވެ.
އަދި ޑްރޯން އެރުމުގެ ހުއްދަ ނެތި ނޭރުވޭނެ ކަމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށާއި އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރާތީ އެ މައްސަލަ ވެސް ބެލި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިހާތަނަށް އަނިޔާ ކުރުން ފަދަ އެއްވެސް ކަމެއް ހިންގިކަން އެނގެން ނެތް ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބޭސް 91
25 May 2025
ހުއްދަ ނުނަގާ ޑްރޯން އަރުވައިގެން އޮންނަ ގޮތަކީ ވަގުތުން ހައްޔަރަށް ނެގުން. ނޫސްވެރިންވީމަ އެހެންގޮތެއް އޮވެގެން ނުވާނެ. ޑްރޯން ހުއްދަ ނުނަގާ ނޭރުވޭނެކަން ނޫސްވެރިންނަށް ނޭގުމަކީ ޕޮލިހުންގެ މައްސަލައެއްނޫން. ނޫސްވެރިންގެ ހާދަ އަގަ ހަޑިއޭ ދޯ.
ފަރަންޖީ
24 May 2025
ނޫސްވެރިކަމުން ލިބޭ ޕްރިވިލެޖްތައް ބޭނުންކޮށް ޤާނޫނާ ޚިލާފް ކަންތައްކޮށް ނުކިޔަމަންތެރިކަން ދެއްކުންތީ ހަމަ ކަޑަކަމެއް.
އުދުހޭ
24 May 2025
ހުއްދަނޫން ތަންތަނުގަ ސިގިރޭޓްބޯ މީހުން މިގޮތަށް ނުހުއްޓުވަނީ ކީއްވެ؟
ދދސސަ
24 May 2025
2 ކަމަކީ އެއްވަރުގެ 2 ކަންތަ؟
މަލްސާ ފޭސްޓު އެމްޕީ
24 May 2025
ފުލުހުންނަކަށް އިތުބާރެއްނެތް .އެސޮރު ވެސް ޑްރޯން އަރުވަން ވާނީ ހުއްދަނަގައިގެން.
ބޮނބިފާލު ބަލާމީހާ
24 May 2025
ތިޔަ މައްސަލައިގައި ކަންހުނގީކިހިނެއް ކަމެއްނޭނގޭ. އެކަމަކު ގިނަފަހަރަށް ފުލުހުން ކުށުގެވެށި ނުވަތަ އެފަދަ ހާލަތެއްގައި ވަރަށްގިނަފަހަރު ހުތުރު އަދި މަލާމާތުގެ ބަސްތައްބޭނުންކުރޭ. މީދެންވަރަށް އާއްމު އަދި ގުނަމީހުންނަށް އެނގޭކަމެއް.
މަ ބުނީ
24 May 2025
މަ ބުނީ ކަލޭނޭ އަހުރެން ހިނަތްގަންނަށް ފާޙާނާއަށް އެބަވަންނަށްޖެހޭ ވަނުމުގެކުރިން ހުންދައަށް މިއެދުނީ ؟
ބުނެބަލަ
24 May 2025
ކޮމެންޓު ކުރާ ކުދިންނަކް ނުވިސްނޭ ދޯ ޑްރޯން އަކީ އޭގެ ޒާތުގައި ކިހާ ނުރައްކާ އެއްޗެއްކަމެއް ހިތު ހުރިހާ ދިމާއަކު އަރުވަން.
މަޖާބެ
24 May 2025
ކަލެއަށް އިނގޭތަ އެއާރޕޯޓެއް ކައިރީ އެ އެރުވުމުން ވެދާނެ ގޮތެއް؟ ބައެއްގެ ފުރާނަ ދާނީ ކަލޭމެން ކަހަލަ މީހުން މަޖާ ވެގެެން އުޅެނިކޮށް. ޢެ މަނާ ކޮށްފަ އޮންނަނީ ސަބަބު ތަކެއް ހުރީމަ. ޙުއްދަ ނަގަން އިންނަނީ އެ ކަމަށް ބޭނުންވާ މީހާއަށް ތަނަކާ ގަޑިއަކާ ދޭން. ޢެހެން ގައުމެއް ނަމަ މިހާރު ތި އެރުވި މީހާ އޮންނާނީ ޖަލުގަ.
މުލޭ
23 May 2025
ތިކަހަލަ މީހުންގެ ނޫސްވެރިކަމުގެ ލައިސަންސް ކެންސަލް ކުރަންޖެހޭ. ނޫސްވެރިންނަކީ ވަރަށް ޑިސިޕްލިން ބައެއް.
މުރާސިލް
23 May 2025
ހީވަނީ، މީޑިޔާ ފާސް އަޅައިލގެން ހުރުމަކީ ރާއްޖޭގެ ހުރިހާ ޤާނޫނަކާއި ޤަވާއިދުތަކެއް އެމީހެއްގެ މައްޗަށް ނުހިންގޭނެ ފަދަ ކަމެއް ކަމަކެވެ. ފުލުހުންނާއި ދިމާލަށް އޭނާ އެތައް ބައިވަރު ހަޑި ހުތުރު ބަހަކުން މުއާމަލާތް ކުރަމުން ދިޔަ އިރު ފުލުހުން އެމީހާއާއި ހަޑި ހުތުރުކޮށް ވާހަކަދައްކާ މުއާމަލާތް ކުރާ މަންޒަރެއް އަދި އަޑެއްވެސް އެ ވީޑިއޯއަކު ނެތެވެ. ފުލުހުންނަށްކީ އަހަރެމެންގެ ނޯކަރުންނެއް ނޫނެވެ. ބޭނުންހާ އެއްޗެއް ފުލުހުންނާއި ދިމާއަކަށް ނުކިޔޭނެއެވެ.
ނޫސްވެރިންވެސް ސައިޒް
23 May 2025
ނޫސްވެރިންވެސް ސައިޒް ވާންޖެހޭނެ! ނޫސްވެރިކަމަކީ ހުރިހާ ކަމަކަށް އޮންނަ ހުއްދައެއް ނޫން!!
ގުދުގުދާބެއްޔާ
23 May 2025
ކީއްވެ ހުއްދަ ނުނަގާ ޑްރޯން އަރުވަންވީ! މަވެސް އެބަޖެހޭ ޑުރޯންގެ ހުއްދައެއް ހޯދަން! އެކަމަކު ރައްކާތެރި ކަމާއެކު އެކަން ކުރަންޖެހޭނީ! ބޯޓްތައް އުދުހޭހާ އުސްމިނައް ޑުރޯން އަރުވައިގެން ނުވާނެ! މަބޭނުން ވަނީ މަސްވެރިކަން ކުރުމަށް ޑުރޯން ބޭނުން ކުރަން! ވަދު ދޫކުރަން ވަރަށް ސަޅިވާނެ ޑްރޯން ބޭނުން ކޮއްގެން!