24 މެއި 2025 - 12:23
ދުނިޔޭގެ ބޮޑު އިންވެސްޓްމަންޓު ކުންފުންޏެއް ކަމަށްވާ، ކޭއެސްއެލް ކެޕިޓަލް ޕާޓްނާސްއިން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސޮނެވާ ގުރޫޕުގެ މެޖޯރިޓީ ހިއްސާ ގަނެފި އެވެ.
އެކި ގައުމުތަކުގައި ލަގްޒަރީ ޓޫރިޒަމްގައި އިންވެސްޓު ކޮށްފައިވާ ކޭއެސްއެލްއިން ސޮނެވާގެ ހިއްސާ އެންމެ ފުރަތަމަ ގަނެފައިވަނީ 2019 ވަނަ އަހަރު އެވެ.
ކޭއެސްއެލް އަކީ ޓޫރިޒަމްގެ އިތުރުން ޓްރެވަލް އާއި ރިއަލް އެސްޓޭޓްގައި ވެސް އިންވެސްޓުމަންޓުތައް ކޮށްފައިވާ ކުންފުންޏެކެވެ.
މައިގަނޑު ގޮތެއްގައި އެމެރިކާ އާއި އިނގިރޭސި ވިލާތުގައި ކޭއެސްއެލްގެ އޮފީސްތައް ގާއިމުކޮށް، މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓޫރިޒަމް ދާއިރާގައި ގިނަ އިންވެސްޓުމަންޓުތަކެއް ކޮށްފަ އެވެ.
އެ ކުންފުނިން މިހާރު ވަނީ، ސޮނެވާ ގުރޫޕުގެ މެޖޯރިޓީ ހިއްސާ ގަނެ، އެ ގުރޫޕަށް އާ ސީއީއޯއެއް ވެސް އައްޔަނުކޮށްފަ އެވެ.
ސީއީއޯއަކަށް އައްޔަނުކުރި ނީލް ގެލެގާ އަކީ، 20 އަހަރަށް ވުރެ ގިނަ ދުވަހު، ހޮސްޕިޓާލިޓީ ދާއިރާގައި ޔޫރަޕު، މެދުއިރުމަތި، އެމެރިކާ އަދި ކެރީބިއަންގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.
ބ. އަތޮޅު ކުންފުނަދޫގައި ރިސޯޓެއް ހިންގައި، އެ ރިސޯޓް ހުއްޓިފައި އެތައް އަހަރެއް ވީ ފަހުން، އެ ރަށުގައި އާ ރިސޯޓެއް އެޅުމުގެ ހިޔާލު ގެންނަވައި، އިނގިރޭސިވިލާތުގެ ވިޔަފާރިވެރިޔާ ސޯނޫ ޝިވްދަސާނީ އާއި އޭނާގެ އަނބިކަނބަލުން އީވާ 1995 ވަނަ އަހަރު ހުޅުވި ސޮނެވާ ފުށި ރިސޯޓަކީ، މިހާރު ރާއްޖެ މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ މަތީ ފަންތީގެ ޓޫރިޒަމް މަންޒިލްގެ ފެށުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތިމާވެއްޓާ ރަށްޓެހި ގޮތްތަކަށް ރިސޯޓުތައް ޑިޒައިންކޮށް ހިންގުމުގައި އިންގިލާބީ ބަދަލުތަކެއް ސޮނެވާ ފުށިން ގެނައުމަށްފަހު، ސޮނެވާ ގުރޫޕުން ވަނީ ސޮނެވާ ޖާނީ އާއި ސޮނެވާ ސީކްރެޓްގެ ނަމުގައި އެންމެ މަތީ ފަންތީގެ އިތުރު ދެ ރިސޯޓު ރާއްޖޭގައި ހުޅުވައިފަ އެވެ.
މި ތިން ރިސޯޓުގެ އިތުރުން، އެ ކުންފުނިން ސޮނެވާ އިން އަކުއާގެ ނަމުގައި މަތީފަންތީގެ ޔޮޓެއް ވެސް ރާއްޖޭގައި އޮޕަރޭޓުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
25 May 2025
100% ދިވެހި ކުންފުނިތަކަށް ނޫނީ 99 އަހަރަށް ރަށްތަށް ދޫކުރުން ރަގަނޅުބާއެވެ؟ ރާއްޖެއަށްވުރެ ފުޅާ އިޤްތިސާދަކުން ރާއްޖެއަށް ކުރާނީ ކިހާވަރެއްގެ މަންފާޢެއް ބާއެވެ؟ އެހެނީ މިޤައުމު އަބަދުވެސް އުޅެނީ ދަރަނީގައެވެ!
އަހާލީ އޯކޭ
24 May 2025
ސޯނޫ އިނދަޖެހުނީތަ އަނެއްކާ ކަލޯ؟
ދަގަތްފާނު
24 May 2025
ރާއްޖޭ އަތޮޅުތަކުގައި ތިހެން ހުންނަ ރަށްރަށުން ކުރީގަ ލިބެނީ ކާށި. އަތޮޅުމީހުންގެ ކަމަކީ ކާށިކޮޅު ހޮވައިގެން ކ.މާލެއަށް ގެންގޮސް އެރަށު ޓްރައިބް ޗީފާ ހަވާލުކުރުން. މިހާރު ދިހަބާރަތަރީގެ ރިސޯޓު ހިންގާތީ ރިސޯޓު ވައްގަނޑާ ސީދާ ކ.މާލެއާ އޮންލައިންކޮށް ގުޅާފަ ހުންނަނީ. ފައިސާ އެކޮޅަށް ޖަމާވާއިރަށް ކުންފުނިތަކުގެ ނަމުގަ އެރަށު އެކި ގޭގެއަށް ބަދަލޭކިޔާފަ ބަހާފަ ހުންނަނީ.
ދަސާނީ
24 May 2025
ދައުލަތައް މި ޓްރާންސެކްށަންގެ ސަބަބުން ލިބުނީ ކޯޗެއްބާ.މިބުނީ ޓެކްސްގެ ގޮތުގައި.!؟؟
އަނދިރިފަޅި
24 May 2025
މިކަހަލަ ވިޔަފާރިއަކީ ޓެކްސް ދައްކަން ޖެހޭ ވިޔަފާރިއެއްހެނެއް ހިޔެއްނުވޭ. މީ ބޭރުގެ އިންވެސްޓަރުންވީމާ ޓުއަރިޒަމަށް ނިކަމެތިކަމެއް އަތުބެދާނެ. ޓެކްސް ނަގަންވާނީ މިކަލަ ބޮޑެތި ވިޔަފާރިއަކިން ނޫންހެން ހަމަ ހީވަނީ.
އައްޔަ
24 May 2025
ހައްގުބަސް ބުނާކޮންމެ މީހަކީ ފިތުނަ އުފައްދާ މީހެއްގެ ގޮތުގަ ނުދެކިބަލަ,
ފީރޯޒު
24 May 2025
މަރުހަބާ ސޮނެވާ އަދި ސޯނޫ އަށް، އަބަދަށް ބާއްޖަވެރިކަމާ، ކުރިއެރުން އެދެން..
އޮނަރަބްލް އަފީފު ދީދީ
24 May 2025
އިޤިރޭސި ރަށްވެހިކަން އޮތް އިންޑިޔާ ދަރިކޮޅު Sonu Shivdasani އާއި އޭނާގެ އަންހެނުން ފުރަތަމަ ވިޔަފާރިއެއްގެ ގޮތުގައި މީގެ 30 އަހަރު ކުރިން ބ.އަތޮޅުގައި ހުޅުވި ރިސޯޓްގެ ސަބަބުން އެމީހުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ފަދަ މަހުޖަނުން ކަމުގައި ވެގެން ހިގައްޖެ. ތަފާތު ތަކެއް ހުރި ނަމަވެސް މިފަދަ 200 ވަރަކަށް ރިސޯޓް މިޤައުމުގައި އޮތް ކަމަށް ވިޔަސް 5 ލައްކަ މީހުންގެ އާބާދީއެއް އޮތް ރާއްޖޭގެ ރައްޔިތުންނަކީ ދުނިޔޭގެ ނިސްބަތުން ފަޤީރު ބައެއް.
ފިތުނޭ.
24 May 2025
މ،ި އަފީފު އަކީ ވަރަށް ފިތުނަ އުފައްދާ މީހެއް. ރިސޯޓު ތަކުން ދިވެހި ރައްޔިތުންނަށް ލިބޭ ފައިދާ ކުޑައެއްނޫން. ރިސޯޓު އޯނަރުން ދައްކާ ފައިސާ ވެސް މަދެއްނޫން. ކޮންހާ ބޭކާރު ވާހަކަ ތަކެއް.
ބަކަރިބޯ
24 May 2025
ދުނިޔޭގެ ނިސްބަތުން އެންމެ މަގްބޫލު އަގުބޮޑު ފަތުރުވެރިންގެ މަންޒިލް ވަނީ ޑޮލަރަށްޖެހިފައި. އަރަތެއްދެއްތޯ؟ މިއަދު ސަރުކާރުން ހުއްދަނަގައިގެން މަނީއެކްސްޗޭންޖް ބޯޑުޖަހައިގެން ތިބޭ ތަންތަނުން މިއަދު 24މޭ2025ގައި ޑޮލަރެއްގަންނަން ލިބެނީ 19.30 ދިވެހިރުފިޔާއަށް. މިވެސް އަރަތެއް ދެއްތޯ؟
ޢެޑްމުންޑޯ
24 May 2025
ފިތުނޭ ، ބުނަން ކަލޭމެންނަށް މަހަކު 10 ޑޮލަރ ލިބުނަސް އެއީ ވަރަށް ބޮޑުއެއްޗެއްކަމަށް ތިދެކެނީ ، އެއީ ދިވެހިންނަށް ލިބެންވާ ހައްގު މިންވަރެއްނޫން ، ރާއްްޖޭގައި ރިސޯޓް ހުޅުވާގެން މުޅިދުނިޔެއަށް މަޝްހޫރުވެ ބިލި އަނަރުންނަށް ، އެރިސޯޓް އޯނަރުން ވަމުންދާއިރު ، އެރަތްތަކުގެ ހަގީގީ ވެރިފަރާތް ( ދައުލަތު) ދަރާވިކެނީ ، ރައްޔިތުންވެސް ޑޮލަރަށް ސަލާންޖަހަނީ ، ވަރަށް ތާހިރެއްނު ދޯ
ބޭބެއަލީ
24 May 2025
ފިތުނޭމެނަށް ހީވަނީ ލައްކަ އެއްޗެއް އިގޭހެން. ކުޑާކޮށް ބޯ ސޭމްޕޫކޮށްބަލަ! އަރަބި ތެޔޮވަޅުތަކުގެ ފައިދާއާއި އެ މިލްކުވާ ޕޮޕިއުލޭސަނާއި ރާއްޖޭގެ ޓުއަރިސްޓް ރޫމްއިންވެންޓްރީގެ ފައިދާއާއި މީހުނާއި އަޅާބަލާއިރު މިއީ އެވްރެޖު މުއްސަދި ގައުމުތަކަށްވުރެން މަތީގައި ވާންޖެހޭ ގައުމެއް. މިތާތިބޭވެރިންގެ ނުކެރުމާއި ގައުމުގެ މުއްސަދިކަން މެނޭޖުކުރަން ނޭގުމުގެ ސަބަބުން އަދިވެސް މިތިބީ ހައިހޫނުކަމުން ސަލާމަތްވެ އެކަން ދެމެހެއްޓޭތޯ ބަލާ ގައުމެއްގެ ގޮތުގައި.
އޮނަރަބްލް އަފީފު ދީދީ
24 May 2025
ސޯނޫ ޤުރޫޕްގެ އިތުރުން Anantara، ޝެރަޓަން، ފޯސީޒަން، އަދާރަން ފަދަ ބޭރުގެ މަހުޖަނުންގެ އިންވެސްޓްމަންޓް ތަކާއި އަދި ދިވެހި ސައުދާޤަރުންގެ ރިސޯޓް ތަކުން ރާއްޖެ ފުރިގެން ދާއިރުވެސް ރެއަކަށް 25 ހާސް ޑޮލަރަށް ކޮޓަރި ވިއްކާ ރިސޯޓް އޮންނަ ފަޅުތެރޭގައި އޮތް މީހުން ދިރިއުޅޭ ރަށުގައި ތިބޭ ދިވެހިން އަދިވެސް ތިބެން ޖެހިފައިވަނީ ނަޖިސްފެނުން ފެންވަރައި ގުއިވަޅުން ފެން ބައިގެން ޒަރޫރީ ކަންކަމަށް މީހުނަށް އާދޭސްކޮށް ސަލާން ޖަހައި ކަންކަން ކޮށްގެން.
އޮނަރަބްލް އަފީފު ދީދީ
24 May 2025
އެމީހަކަށް ނެގުނު ގޮތަކަށް ހަލާލެއް ހަރާމެއް ނުބަލާ ރަށް ނެގުމަށް ފަހު ދައުލަތަށް ދައްކަން ޖެހޭ ކަނަ މަދެއް ވަރުގެ ފައިސާކޮޅު ވެސް ނުދައްކާ އަދި އެންމެ ކުޑަމިނުން ރިސޯޓަށް އަންނަ ގެސްޓްމީހާ އަތުން ނަގާ ޓެކްސް ދައުލަތާއި ޙަވާލު ނުކޮށް އެފައިސާ ވެސް ވިޔަފާރީގެ ތެރޭގައި ހިމަނައިގެން ވިޔަފާރި ކުރާ ރިސޯޓް އޯނަރުންވެސް ރާއްޖޭގައި މަދެއްނޫން. އަދި ސައުދާޤަރުންގެ ނުފޫޒު ގަދަ ކަމުން މިކަންކަމަށް ފިޔަވަޅު އެޅޭނެ ސަރުކާރެއްވެސް ނެތް.
އޮނަރޭ
25 May 2025
އަފީފު ދީދީ އަކީ ސައުދާގަރެއް ނަމަ ކަންތައްކުރާނީ ނުވަތަ ކުރެވޭތޯ ބަލާނީ ހަމަ ތިޔަބުނާ ބީދައިން ކަން އަމިއްލައަށްވެސް އެނގޭނެ. ނޫންތަ އަޅެފަހެ؟
އޮނަރަބްލް އަފީފު ދީދީ
24 May 2025
ރިސޯޓް ހަދަން ފައިސާ ކޮޅެއް ދީފައި ނަގާ ރަށަށް 60 ހަކަށް މިލިޔަން ޑޮލަރު އިންވެސްޓް ކޮށްފައި އެރަށް ދުއިސައްތަ މިލިޔަން ޑޮލަރަށް ވިއްކާލާއިރު މާލޭސަރުކާރަށް ވެސް އެކަން އިގެނީ ބޭރު ޤައުމެއްގެ ނޫސްތަކުގައި އެވާހަކަ ޖެހުމުން. އަނެއްކާ ރާއްޖޭގައި ހުރި މުދަލެއް ވިއްކާ އިރު ދައުލަތުގެ ޓެކްސް އިދާރާއަށް ލޯލާރިއެއްވެސް ނުލިބޭ. ރިސޯޓް ތަކުގެ ޙަޤީގީ އާމްދަނީ ވެސް އިގޭނެ އެއްވެސް ގޮތެއް ޤާއިމް ކޮށްފައިނެތް. ޓެކްސް ވެސް ދައްކަނީ އެމީހުނަށް ފެނުނު ވަރަކަށް.