ގޭންގު ކުށްތަކުގެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު އެ ބިލް މީޑިއާ އަށް ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
25 މެއި 2025 - 11:43
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައީސް، ބިލް ތަސްދީގުކުރައްވާފައިވަނީ އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިއަދު ތަސްދީގުކުރި ބިލްގައިވާ ގޮތުން، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގްތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އެ ތަހުގީގުގެ ތެރެއިން ވަކި ގުރޫޕަކީ ކުށްކުރާ ބައެއްކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ.
މިހާރު އަމަލުކުރާ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮންނަ ގޮތުން ގޭންގް ލީޑަރުންނާއި މެމްބަރުން ކަނޑައެޅެން އޮންނަނީ ދައުލަތުން ދައުވާކުރުމުން ކޯޓުތަކަށެވެ. މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް މީހަކީ ގޭންގް ލީޑަރެއް ކަމަށް އަދި މެމްބަރެއް ކަމަށް ކަނޑައަޅައިފައެއް ނެތެވެ. އަދި އެ ގާނޫނުގެ ދަށުން މީހަކަށް އަދަބެއް ދީފައެއް ނުވެ އެވެ. އެއީ އެ މީހަކު ނިސްބަތްވާ ގްރޫޕުން އާންމުކޮށް ކުރާ ކަމަކީ ގޭންގް ހަރަކާތްތައް ކަން ސާބިތުކޮށް ދިނުގައި ގާނޫނީ ހުރަސްތައް ހުންނާތީ އެވެ.
ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ އެއީ ގޭންގެއް ކަމާއި ގޭންގެއްގެ ލީޑަރެއްކަން ނުވަތަ ގޭންގު މެމްބަރެއްކަން ކަނޑައެޅުމަށް ފަހު، އެފަދަ ފަރާތްތަކާ ވަކި ގުޅުންތަކެއް ބާއްވައި މުއާމަލާތު ކުރުމާއި ކްލަބް ޖަމިއްޔާ ރަޖިސްޓަރީކޮށް ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. ގޭންގް މީހުންނަކީ ކޮން ބައެއްކަން އާންމުންނާއި ރާއްޖެއިން ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ.
އެ ބިލްގައިވާ ގޮތުން ގޭންގްތަކުގެ މީހުންގެ ލިސްޓް ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހިއްސާކޮށް އަދި ކޮންމެ ހަ މަހަކުން އެއް ފަހަރު އެ ލިސްޓު މުރާޖައާ ކުރަންޖެހެ އެވެ.
ގޭންގްތައް ކުށްތައް ހުއްޓުވުމުގެ ބިލް ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ބިލުގެ ފުރަތަމަ ޑްރާފްޓްގައި ގޭންގުތަކާއި ގޭންގު ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެމްބަރުން ކަނޑައެޅުމުގެ ބާރު ހޯމް މިނިސްޓަރާއި ފުލުހުންނާއި ސިފައިން ހިމެނޭ ކޮމިޓީއަކަށް ލިބޭ ގޮތަށް އޮތް ނަމަވެސް މަޖިލީހަށް ހުށަހެޅިއިރު އެ މާއްދާ ވަނީ އުނިކޮށްފަ އެވެ.
ގޭންގެއް ކަމަށް ކަނޑައެޅޭ އެއްވެސް ގޭންގެއްގެ ނަމެއް ނުވަތަ އެ ނަމުގެ ބައެއް ހިމެނޭހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަޚުސެއް ރަޖިސްޓަރީ ކޮށްދީގެން ނުވާނެ ކަމަށް ބިލްގައި ހިމަނާފައި ވާއިރު އެކަން ހާސިލު ކުރުމުގެ ގޮތުން، ގޭންގްތަކުގެ ނަންތައް ކޮންމެ ދެ މަހަކުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރައްވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.
ގޭންގެއްގެ މެމްބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރި ނަމަ އެ މީހަކު ވަޒީފާއިން ވަކި ކުރަންޖެހޭ ކަމަށް ބިލްގައިވެ އެވެ. އެފަދަ ފަރާތަކަށް ދައުލަތުން ވަޒީފާ ދީގެން ނުވާނެ ކަމަށާއި އިންތިހާބީ މަގާމުތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބިލްގައި ބަޔާންކުރެ އެވެ.
ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ބިލްގައި ބުނެފައި ވަނީ ވަކި ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އޭނާއަކީ ގޭންގް މެންބަރެއް ކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށްކުރާ ގޭންގްތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމަކީ ވެސް ކުށެއް ކަމަށް ބިލުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޖުރަ
25 May 2025
ބޮޑެތި ކުށްތަކަށް ބޮޑެތި އަދަބަކީ ކުޑަކުދިންނަށް ނިކަމެތިންނަށް އަދަބު ލިބޭނެ ކަންކަން. ފައިސާ ތަކަކާއެކު ކުށްކުރީމާ ފުލުހުންނަށް ސާބިތިވާވަރަށް ހެކި ނުހޯދޭނެ. މައްސަލަތައް ހިނގާނީ ފިނިހަކަ ދުވެލީގަ. ހުކުމަކީ އަމުރު ކުރާ މީހެއްގެ ދުލުކުރީގަ އިންނަ ލަފުޒެއް. ދެން ޖެހޭނީ އިސްތިއުނާފަކަށް. ދެންދާނީ ވެރިކަން ބަދަލުވުމަކަށް. ކުއްލިއަކަށް ޤާނޫނު އިސްލާޙު ވެދާނެ. މީ ފެންނަ މިކަލަހަ މަންޒަރުތައް.
ދޮން ހުސައިން
25 May 2025
މި އަދުގެ ތާރީޚާއި މި ކޮމެންޓް ނޯޓުކޮށްލާފަ ބާއްވާ! ހަގީގަތަށް ވީމަ އާދޭ މަގޭ އޮޓޮގްރާފް ހޯދަން. މިހާރި މިތިބަ ފުލުހުންނާ ކަމެއް މަތިކޮށްގެން ވާނެ އެކައްޗެއްވެސް ނޯންނާނެ. ތިޔާގާނޫނުވެސް ހަމަ އޮތްތާ އޮންނާނީ. އަމަލުކުރަން ފަށާނީ ބޮޑު ޖަރީމާއެއް ހިނގީމަ. އެކަންވެސް ތިންހަތްދުވަހުން ނިމި ހަނދާންނެތޭނެ. ފުލުހުންނަށް އޮތް އިތުބާރާއި ޔަގީންކަން މިހާރު އޮތީ އަހަރުތަކެއް ފަހަތުގައި. ސިޔާސީ ކަމެއްވިއްޔާ ހޭބޯނާރާ ދުވާނެ! ވަރަށް ސަލާން
ކެރެދި ބެއްޔާ
25 May 2025
ކޮންމެ ސަރުކާރެއް ގައި ވެސް ރައްޔިތުން ގުނބޯ ހައްދަން ގޭންގޭ "ވަތުވޮޑިއޭ" ކިޔާ ތިޔަ ޑްރާމާ ކުޅުއްވާ. ފުރަތަމަ ގަވާއިދާއި ހިލާފު ބިދޭސި ޑްރަގު ގޭންގާއި މަސާޖް ޕާލާ ތައް ހިންގާ ގޭންގާއި ވައްކަން ކުރާ ގޭންގާއި ގަވާއިދާއި ހަިލާ ފަށް މިގައުމުގައި މަސައްކަތް ކުރާ ގޭންގު ތައް "ދަށުން ދަމާ ނުކުޅެ" ގައުމުން ބޭރުކޮށް ބަލަ!
ކުށް ކުމާރު ކަލަމިންޖާ
25 May 2025
ގޭންގަކުން މަންފާއެއް ނުލިބޭ ސިޔާސީ މީހަކު މި ރާއްޖެއަކު ނޫޅޭ. އެހެންވީމާ ހުރިހާ ސިޔާސީ މީހުން މިހާރުވެސް އެތިބީ ކުށްވެރިވެފައި.
މިވަރެއްނެތް
25 May 2025
ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނެއް 2010 ވަނަ އަހަރު ފާސްކުރި. މިއަދާއި ހަމައަށް އެއްވެސް މީހެއްގެ މައްޗަށް އެ ގާނޫނުގެ ދަށުން ދައުވާއެއް ނުކޮށް މިއަދު އެ ގާނޫނު އުވާލާފަ އާ ގާނޫނެއް ހެދުމުން ޖޯކަކަށް ވަނީ ދިވެހި ފުލުހުންނާއި ސަރުކާރު. ކިތަންމެ ވަރަކަށް ގާނޫނު ހެދިއަސް ފެންވަރު ނެތް މީހުންނަށް މަގާމުތައް ދީ ވެރިން ކަންކަން ކުރުވަން ގޭންގު މެންބަރުން ބޭނުންކުރާހާ ހިނދަކު ތިކަމެއް ނުހުއްޓުވޭނެ، ބޮޑު ޖޯކަރުންތަކެއް މި ފުލުހުންނަކީ
މުލޭ
25 May 2025
ގޭންގް ކުށް ތަ ހަރުކަށިކުރީ ނުވަތަ ގޭންގް ކުށްތަކުގެ އަދަބުތަ ހަރުކަަށި ކުރީ.
ބައިބަލާ
25 May 2025
ޢެހެންވީމަ ދެން ގޭންގުތަކުގެ ނަމުގަ ބައިބަލާގަވެސް ބައިވެރިއެތް ނުވެވޭނެތާ މިހާރުވެސް މި ސަރުކާރުގަ ގޭންގުތަކަށް ނިސްބަތްވާ މީހުން ސަރުކާރު ކުންފުނި ތަކުގަ އެބަތިބި މީ ދޮގިތޯ ބަލާލަން އެޗްޑީސީ ހުޅުމާލެ އޮޕްޜޭސަން ސައިޓު އޮފީސް ބޮޑުންނައް ތިބީ ކޮންބައެތްތޯ ނޫސްވެރިން ބައްލަވާލައްވާ
ހޯގުޅަ
25 May 2025
ހުޅުމާލެ ޕޮލިސްގައި ތިތަނުން ފެންނަން ހުރި ބޭފުޅެއްގެ ގޭންގަކަށް ނިސްބަތްވާ ދަރިޔަކު ނުރައްކައުތެރިކޮށް ސައިކަލް ދުއްވައިގެން ސައިކަލް ހިފެހެއްޓީމާ ސައިލް ހިފެހެއްޓި ޕޮލިސް އޮފިސަރަށާއި އެތަނުގެ ތިބި ވެރިންނަށް ހެއްދެވި ނެހެއްދެވިއަށް ގޮވާ އެ ރެކޯޓް ޑިލީޓްކުރަން މަސައްކަތްކުރިކަން ހުޅުމާލެ ޕޮލިހަށް އެނގޭ. ކިހިނެއްދެން ތި ގާނޫނު ތަންފީޒްކުރާނީ.
ޖިމީ ކާޓަރ
25 May 2025
ބިލްތައް ކިތަންމެހައިވެސް ހަރުކަށިކުރެވިދާނެ އެކަމް ކުށްވެރިންތަށް ތިބޭނީ މަގުމަތީގައި ދޫވެފާ
ސިފަތުﷲ ހަސީބް
25 May 2025
ގޭންގަތައް ސައިޒަށް. ހަބޭސް
އެހެންތޭ
25 May 2025
ނާ ހަމަ ތެދެއްތަ؟ ނެކްސްޓް ޖޯކް ޕްލީޒް