ކުރީގެ ރައީސް ޔާމީން، ސިޔާމްއާ އެކު: ޔާމީން އަންގަވައިގެން 17 މިލިއަން ނަގުދު ފައިސާ ހިލާލީގެއިން ނެރުނު ކަމަށް ހެކިވެރިޔާ ބުނި --
26 މެއި 2025 - 15:55
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އެ މަނިކުފާނު އޭރު ދިރިއުޅުއްވި ހިލާލީގެއިން ނެރުނު ކަމަށް ހެކިވެރިޔަކު ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި އޮތެވެ. އެ އަޑުއެހުމުގައި އޮތީ ޔާމީންގެ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމެވެ.
އެގޮތުން، މުލިީއާގޭގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ ހެޑް އަބްދުﷲ ރަޝީދު ހެކިބަސް ދީފައިވެ އެވެ. އޭނާ ހެކިބަސް ދެމުން ބުނީ ސަން ކުންފުނީގެ ވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމަށް މުހައްމަދު ދޭން ޖެހޭ ފައިސާތަކެއް ކަމަށް ވިދާޅުވެ، ފައިސާތަކާ ހަވާލުވުމަށް، ރައީސްގެ އޭރުގެ ރަސްމީ ގެކޮޅު ހިލާލީގެ އަށް އައުމަށް އޭނާ އަށް ޔާމީން އެންގެވި ކަމަށެވެ.
އަބްދުﷲ ރަޝީދަކީ ޔާމީންގެ އަމިއްލަ މަސައްކަތްތައް ވެސް ކުރާ މީހެކެވެ. ޔާމީންގެ ގެ ބެލެހެއްޓުމާއި ކާރުތައް ބެލެހެއްޓުން ފަދަ މަސައްކަތްތައް އޭނާ މިހާރު ވެސް ކުރެ އެވެ.
އަބްދުﷲ ބުނިގޮތުގައި ހިލާލީގެ އަށް އެ ރޭ އޭނާ ދިޔައިރު ސިޓިންރޫމްގެ މޭޒެއްގެ މަތީގައި 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ބަހައްޓާފައި ހުއްޓެވެ. އެއީ 17 މިލިއަން ރުފިޔާކަން އެނގުނީ އެގޮތަށް ޔާމީން ވިދާޅުވުމުން ކަމަށް އޭނާ ބުންޏެވެ. އަދި އެއީ ޑޮލަރު މާރުކުރުމަށް ސިޔާމަށް ދޭ ފައިސާ ކަމަށް ޔާމީން ވިދާޅުވި ކަމަށް ވެސް އޭނާ ބުންޏެވެ.
އަބްދުﷲ ބުނިގޮތުގައި، ފައިސާތައް ހުރީ 50،000 ރ. އިން ބަންޑަލް ކޮށްފަ އެވެ. އެއީ 344 ބަންޑަލް އެވެ.
ހެކިބަސް ދެމުން އަބްދުﷲ ރަޝީދު ކިޔައިދިން ގޮތުގައި އެ ފައިސާ އޭނާ އެޅީ ބޮޑު ލަގެޖް ފޮއްޓަކަށެވެ. އެ ފޮއްޓަށް ފައިސާތައް އެޅުމުން ވެސް ފޮށީގައި ކޮންމެ ވެސް ވަރެއްގެ ހުސް ޖާގައެއް އޮތް ކަމަށް ބުންޏެވެ. އެ ފޮއްޓަށް ހަވާލުވުމަށް ސިޔާމްގެ ކާރުގައި އޭނާގެ ޑްރައިވަރު ހިލާލީގެ ކައިރިއަށް ދިޔަ ކަމަށް އޭނާ ބުންޏެވެ.
އެކަން ހިނގި ސީދާ ތާރީހު ނޭނގު ނަމަވެސް، އެއީ 2016 ވަނަ އަހަރުގެ މެދުހެއްހާ ހިސާބު ހިނގި ކަމަށް ކަމަށް އޭނާ ބުންޏެވެ.
އަބްދުﷲ ރަޝީދުގެ އިތުރުން ޔާމީނަށް ރިޝްވަތު ދިން ކަމަށް ދައުލަތުން ތުހުމަތުކުރި ކްރިކް ރިޒާ ވެސް މިއަދު ހެކިބަސް ދީފައިވެ އެވެ. އޭނާ ހެކިބަސް ދެމުން ދިޔައިރު، މައިކަށް ރަނގަޅަށް އަޑު ނާރާތީ، ދެއްކި ވާހަކަ އެހާ ސާފެއް ނުވެ އެވެ.
ހެކިބަސް ދެމުން ކްރިކް ބުނެފައިވަނީ ޔާމީނާ ފައިސާގެ އެއްވެސް މުއާމާލާތެއް ކޮށްފައި ނުވާނެ ކަމަށެވެ. ފުއްގިރި ކުއްޔަށް ނަގަން ބޭނުން ވެގެން ބޭރުގެ ކުންފުންޏަކަށް ކޮންސަލްޓޭޝަން ފޯރުކޮށްދިން ކަމަށާއި އެ ރަށުގެ އިކްއިޒޭޝަން ކޯސްޓާ ގުޅިގެން ހުރި ކަންބޮޑުވުންތަކަކާ ގުޅިގެން އެހީއަކަށް އެދުމުން އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތާ ބައްދަލުކުރި ކަމަށް ވެސް ރިޒާ ބުންޏެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް އިންނެވި ކަމަށް ބުންޏެވެ.
މި މައްސަލައިގައި ހެކިންގެ ހެކިބަސް ނަގައި މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ. އެ އަށް ފަހު އޮންނާނީ ހުކުމް ކުރުމެވެ.
ޔާމީންގެ ފަރާތުން އެންމެ މުހިންމު ހެކީގެ ގޮތުގައި ހުށަހެޅި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުގެ މިހާރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް އާއި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ދޭން އިންކާރު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
28 May 2025
ނަރީޝް މެން ހެކި ބަސް ނުދޭން ނިންމި ސަބަބު ވެސް ހޯދަން އެބަ ޖެހޭނު! އޭގެން ދޭހަ ކޮށްދެނީ އޭނާ ކުރިން ހެދީކީ ތެދު ނޫން ކަން! އަޅެ ދޮގެއްތަ މި ބުނީ! މި ކަންވެސް ކޯޓުން ބަލާ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގަބޫލު ކުރަނީ އިނގޭ! މީ ޔާމީނު މީ ދެން ހާދަ ފާޑެއްގެ ބޭޅެކޭ ދޯ! ކީކޭ އަޅެ ދެން ފަހެ ބުނާނީ ވިއްޔާ!
ުުުުުގގގގގގގގގގގގ7ު7
28 May 2025
މެންބަރުންނަށް ދޭން 50000 ހޯދާ ތަނުން ކަންނޭނގެ ޔާނު ވެސް އެ 17 ހޯދީ
ބެއްޔާގެ ދަރި
27 May 2025
ޔާމީން އަށް ކޮންތާކުން ލިބުނު 17 މިލިއަން ރުފިޔާއެއްތަ؟ އޭނާގެ ނަމުގައި ކުރާ ވިޔަފާރިއެއް ނެތް. 5 އަހަރު ދުވަހުގެ މުސާރައިގެ ޖުމްލައަކީ 6 މިލިއަން ރުފިޔާ. ވެރިކަމުގައި ހުރެ ވިޔަފާރިއެއް ކުރުމަކީ މަނާ ކަމެއް. މީހަކު ހަދިޔާއެއް ދީފި ނަމަ އެ ޖެހޭ ދައުލަތަށް ޑިކްލެއާކުރަން.
ދޮން ހަސަނު
27 May 2025
ޔާމީނަށް ދޭނެ ވޮޓެއްނެތް. ކޭވަރު މާގިނައީ. އަނެއްހެން ރައްޔިތުންނަށް ކޮންދިންކަންތައްތައް ރަގަނޅު.
2025
27 May 2025
މިބޭޅާ 13 ގައި އުޅެނީ ހުދުކާފޫރަށްވެގެން.....ބޮއިހަލަކި
އޭނަ
27 May 2025
17 މިލިއަން ރުފިޔާ އެގެއަށް ވައިން ގޮތެއްވެސް ބަލަންޖެހޭ. ގައިމު އެގޭތެރޭން ނުވިހާނެ. އެފައިސާ އައި ގޮަތަކާއި ލިބުނުގޮތެއް ޔާމީން ކައިރިން އަހަންއެބަޖެހޭދޯ!
ފފފފފ
27 May 2025
ގާސީއަށް ލަފާ ދެއްވަން ކޯޓުގެ ވަޒީފާއާވަންނަން ފެނޭ. ވަރަށް އިލްމުވެރި ބޭފުޅެއް.
ބަޑިތަކުރު
27 May 2025
ހެކިދިން މީހާ އެކަން ކުރި ތާރީޚެއް ޔަގީންކޮށް ބުނަން ނޭނގޭކަމަށް ބުނެފައިވާތީ އަނެއްކާ އޭނާގެ ހެކިއެއީ އެއްވެސް ބުރަދަނެއް ހުރި އެއްޗަކަށް ވެދާނެކަމާމެދު ޝައްކެވެ. މިލިޔަނުން މަތީގެ ވައްކަމާއި ޚިޔާނާތަކީ ރާއްޖޭގައި ސާބިތުވުމަށްވުރެ ނުވުން ގާތްކަމަކަށްވެއްޖެއެވެ. މިއަދު ރިޝްވަތު ދީގެން ސަލާމަތްވެވިދާނެއެވެ. މިއަދުގެ ކުޑަ ހިނދުކޮޅަށްޓަކައި ދެމިގެންވާދުވަހާމެދު ބިރުވެތިނުވާތީ ހައިރާންވެއެވެ.
އަސަރަފަ
27 May 2025
ޔާމިނު މިނިވަން ކުރަން ވައުދުވެގެން އައި މީހަކު މިހާރު މިހުރީ ދޮގު ހެކިބަސް ދީގެން ވިޔަސް ގޮޅިޔަށް ލެވޭތޯ
86589
27 May 2025
ޔާމީން މިހާރު ހުރީ ހުކުމެއް ތަންފީޒު ކުރަން ނޫންކަންވެސް ނޭނގޭ ދަރަޖައިގެ މީހުން ކޮމެންޓު ކުރާތީ ލަދުވެތިވަން.
ޕޮޕީ
26 May 2025
އެދެމީހުން ހެކިބަސް ނުދޭން ނިންމީ ކީއްވެ ރަތްޔިތުންގެ ފައިސާއިން މިވަރުގެ ބޮޑު ޚިޔާނާތެއް ބަޔަކު ހިންގި ކަން އިންގޭނަމަ ހެކިބަސްނުދިނިކީއްވެ ރަތްޔިތުންގެ ފައިސާއަށް އެވަރު ބޮޑުޚިޔާތެއް ވީއިރު އެއީ ރަތްޔިތުންނަށް ތެދުވެރި ބައެއްނަމަ ސީދާއެންގި ހުރިގޮތަކަށް އިންގޭވަރަކަށް ހެކިބަސް ދޭންވާނެކަމަށް އަޅުގަޑަށް ލަފާކުރެވެނީ އެއީވަރަތްގިނަރަތްޔިތުންގެހައްގަކަށްވީމަ
ކުޑަސުވާލު
26 May 2025
އަނެއްކާވެސް ސުވާލެއް. 344 ބަންޑަޅި ރުފިޔާ ދޫކުރީ ކޮން ބޭންކަކުންތޯ. ޢެމްއެމްއޭތޯ. އޭރު ނުއުފަންނަ ފަހުން އުފަންނަ ބޭންކަކުންތޯ.
ގާޑިޔާ ދޮހޮއްކޮ
27 May 2025
ހިލާލީ ބޭންކުން ދޫކުރި ފައިސާ. ސަންސިޔާމު ގެ ލެގަސީ ފަނޑުކުރަން ފަހުގަޑީ ޔާމީން ޖެހި ދަންތުރައެއް
ބަޑިތަކުރު
27 May 2025
ދައުލަތަށް ވަންނަންޖެހޭ އެތައް މިލިޔަން ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓަށް އެޅީ ބާރުގަދަ މީހެއްގެ ސޮއި ޗެކްގެ ނުފުށުގައި ކޮށްގެންކަމަށްވަންޏާ އެފައިސާ އޭނާ ބާރުވެރިކުރުވި ބޮޑުމީހާގެ ގެއަށް ނުގެންދެވެންވީ ކީއްވެބާވައެވެ. ބަޑިގުދަނުގައިހުރި ހަތިޔާރު އެމީހާ ބޭނުންވީމާ ގެންގޮސް ފަޅުރަށެއްގައި ބެހެއްޓޭއިރު ނަގުދުފައިސާ ގެންދިޔަގޮތަކާމެދު ސުވާލު އުފެދެންޖެހޭ ބާވައެވެ.