ރާއްޖެ-އިންޑިއާ ހައި-ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން. --ފޮޓޯ: ފޮރިން މިނިސްޓްރީ
26 މެއި 2025 - 20:21
ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތް ތަނުގައި ބައްޓަންކުރާނެ ގޮތުގެ އާ ތަސައްވަރު ތަންފީޒުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ކުރިއަށް ގެންދަން ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ ދެވަނަ ބައްދަލުވުމުގައި ނިންމައިފި އެވެ.
ރާއްޖެ އާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއުދިއްލީގައި ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.
މި ބައްދަލުވުންތަކަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމު ދެމެދު އެކުލަވާލެވުނު ތަސައްވަރު، 'އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަޝިޕް'ގެ ތެރެއިން އުފެދިފައިވާ އަދި މި ތަސައްވަރުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެކެވެ.
މި ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ގައި މާލޭގަ އެވެ.
ރާއްޖެ-އިންޑިއާ ހައި-ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން. --ފޮޓޯ: ފޮރިން މިނިސްޓްރީ
ފުރަތަމަ ބައްދަލުވުމުގައި ކަނޑައެޅުނު ލަޑުދަނޑިތަކުގެ މައްޗައް ބަލައި، އެ ކަންކަން ވަޒަންކޮށް ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިގްތިސާދީ، ސިއްހީ، އަދި ދިފާއީ އަދި މެރިޓައިމް ދާއިރާ ހިމެނޭހެން މުހިންމު އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވެސް ނިންމުނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ރައީސް އޮފީހާއި އެ މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ އިސްވެރިން ވެސް ރާއްޖޭގެ ވަފްދުގައި ހިމެނޭ ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަސްކޮޅު ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް، ދެ ސަރުކާރުން ވެސް މަތީ ފަންތީގެ ބައްދަލުވުންތަކާއި ދަތުރުތައް މެދުވެރިކޮށް ކުރެވުނު މަސައްކަތްތަކުން އެ ގުޅުން މިހާރު ވަނީ އަލުން އިޔާދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަފްހާން ރަޝީދު
27 May 2025
ރައީސް މުއިއްޒް ގަދަ. ދުވަސް ވީ މި ގުޅުން އަނެއްކާވެސް މިދަނީ ކުރިއަރުވަމުން.
އައްބާސް އަލީ
27 May 2025
ސަރުކާރުން އިސްނަގައިގެން ރާއްޖެ-އިންޑިޔާ ގުޅުން ރަނގަޅު ކުރުމަށް މިކުރަނީ ނަމޫނާ މަސައްކަތެއް.
ލިހާޒް މުހުސިން
27 May 2025
އިންޑިޔާ ރާއްޖެ ގުޅުން ރަނގަޅު ވަމުން ދިޔުމަކީ މިގައުމަށް ލިބޭ ބޮޑު ނަފާއެއް. ފައިދާ ކުރާނެ.
ގައުމީ
27 May 2025
މިހާރު އެއުޅެނީ ތުރުކިޔޭއިން މިލިޓަރީއަށް އެހީވާތީ އެކަން ހުއްޓުވަން
123ހަހަ
27 May 2025
ކީއްވެތަ އިންޑިއާ ފޫބުޑުން ނާރައިގެން މިއުޅެނީ؟ އެއީ ވައިރަހެއް ކަހަލަ ބަޔެއް!
ޝޮކްތެރަޕީ
27 May 2025
އެމްޑީޕީ ހެދި ގޯސްތައް ފިލުވަން ވަރައް އުދަގޫވާނެ.
1818
26 May 2025
ތި "އިންޑިއާ" އާއި ގުޅިގެން އެއްވެސް ބަޔަކު ކުރި ނާރާނެ! އޭގެ މިސާލަކީ ރާއްޖެ، ސްރީލަންކާ، ބަނގްލަދޭސް، ނޭޕާލް ބޫޓާން ތަރައްޤީ ނުވެގެން މި އުޅެނީ އިންޑިޔާ އާއި ހެދި! އަވައްޓެރި އެއްވެސް ޤައުމެއް ކުރިއަރައިގެން ދިއުމަކީ އިންޑިޔާއަށް ކެތްވާނެ ވަރުގެ "ތަދެއް" ނޫން"!