ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ރަނގަޅުކުރަން އެ ގައުމުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޖީ ބަލަސުބްރަމަނިއަމް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މަޝްވަރާ ކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
20 ޖެނުއަރީ 2025 - 13:10
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް އިންޑިއާގެ އާ ސަފީރު ޖީ ބަލަސުބްރަމަނިއަމް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުންތައް ދަމަހައްޓައި، އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ދެ ގައުމު ދެމެދުގައި އޮތް ގާތް ރަހްމަތްތެރިކަން ފާހަގަ ކުރައްވައި، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ އެހީތެރިކަމަށްޓަކައި ހަލީލް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
އިންޑިއާގެ ސަފީރު ވަނީ ދެ ގައުމަށް ފައިދާހުރި ކަންތައްތައް ހާސިލްކުރުމަށްޓަކައި ސަރުކާރާއެކު ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ރަނގަޅުކުރަން އެ ގައުމުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޖީ ބަލަސުބްރަމަނިއަމް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މަޝްވަރާ ކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާގެ ސަފީރުގެ ގޮތުގައި އެންމެ ފަހުން ރާއްޖޭގައި ހުންނެވީ މުނޫ މަހާވަރެވެ. އަދި އާ ސަފީރަކަށް ބަލަސުބްރަމަނިއަމަށް އައްޔަން ކުރެއްވީ ސަފީރުކަމުގައި ކުރިން ހުންނެވި މުނޫ މަހާވަރުގެ ދައުރު މިދިޔަ މަހު ހަމަވުމުންނެވެ. ބަލަސުބްރަމަނިއަމް ސަފީރުކަމުގެ ފަތްކޮޅު އެރުވީ މި މަހު ހަ ވަނަ ދުވަހު އެވެ.
ބަލަސުބްރަމަނިއަމް އަކީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ރާއްޖޭގެ ސަފީރުކަމާ ހަވާލުވުމާ ހަމައަށް އޭނާ ހުންނެވީ އިންޑިއާ އިން ނައިޖީރިއާއަށް ކަނޑައެޅި ސަފީރުގެ މަގާމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
21 January 2025
ތިޔަ ހުރިހާ އެއްޗެއްވެސް ގިނަ ފާމަސީތަކުންލިބޭނެ.
މީދާކޭއުނބު
20 January 2025
މިދިޔަ ފަސްއަހަރު އިންޑިއާ އައުޓް ގޮވާފަ މި ފަސްއަހަރު ތިހާލެއްގަ އުޅެލާ ދެން. ބޮޮލެއް ނެތޭ ކަލޯމެން.
އަޅި އަލީ
20 January 2025
ގުޅުން ރަނގަޅު ކުރަންވީއެއްނޫން! ތިޔަ ހެލިކޮޕްޓަރު ގަނޑު އެންޑް 2 މަތިންދާބޯޓް ގެންދަވަންވީ!
ފިނިފެންމާ ސައީދު
20 January 2025
ދެން އިތުރަށް ގުޅުންބަދަހިވެއްޖިއްޔާ މިގައުމު ވެއްޓޭނީ އެބައިމީހުންގެ އުނގަށް.
ގުޅުން
20 January 2025
ގުޅުން ރަނގަޅު ކުރެވޭނީ ރަގަޅު ސަފީރުން އެމްބަސީތަކަށް ފޮނުވައިގެން. އިންޑިއާގައި މިހާރު ހުންނެވި ސަފީރަކީ އެ ކެލިބަރ ހުރި ބޭފުޅެއްނޫން.
ވޮޗްމޭން
20 January 2025
ގުޅުން ރަނގަޅު ކުރަން އެންމެ ރަނގަޅު ވާނީ ވެދުމަކަށް ރާއްޖެއިން ކޮންމެވެސް ހަދިޔާއެއް އަރުވައިގެން. ރާއްޖެއަކީ މާކަށް ގިނަ ރިސޯސްތަކެއް އޮތް ތަނެއް ނޫން އެކަމުން ސިޔާސީ މަގާމުގައި ތިބި ވަރަށް ރަނގަޅު ދެ ކަބަލުން ވެދުމަކަށް ބޮޑުވަޒީރަށް ފޮނުވަންފެނޭ. ބޮޑުވަޒީރަށް ފެންނަނީ އެމީހުންނާ މެދު ކަންތައް ކުރަންވީ ގޮތް.