އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި އީލޮން މަސްކް އޯވަލް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރަނީ: މަސްކް ވަނީ އެމެރިކާ ސަރުކާރުން އަދާކުރި ޒިންމާތަކުގެ ދައުރު ހަމަވެއްޖެކަން އިއުލާނުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
29 މެއި 2025 - 06:19
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ޒިންމާއާ ހަވާލުކޮށްފައިވާ ބިލިއަނަރު އީލޮން މަސްކު ދައުރު ހަމަވުމާ އެކު ސަރުކާރުން ވަކިވެއްޖެ އިއުލާނުކޮށްފި އެވެ.
މަސްކް މިކަން އިއުލާނުކޮށްފައި މި ވަނީ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް) ގެ ހިންގުމާ ހަވާލުވެ އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމާއި ގިނަ އިދާރާތަކެއް އުވާލައި އަދި އެ ތަންތަން ކުޑަކުރުމުގެ ގޮތުން އެތައް ފިޔަވަޅެއް އެޅުމަށް ފަހުގަ އެވެ.
"ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ" ގޮތުގައި އޭނާ ގިންތިކޮށްފައިވާއިރު، އަހަރަކު 130 ދުވަހު ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެވޭނެ ގޮތް އޮތީ ހަމަޖައްސައިފަ އެވެ. ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ޓްރަމްޕް ވެރިކަމުގެ ހުވާ ކުރެއްވުމުން ފެށިގެން މެއި މަސް ނިމުމުގެ ކުރިން އެ އަދަދު ހަމަވާނެ އެވެ.
މަސްކް ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޓްރަމްޕް ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ހަރަދު ކުޑަކުރުމުގެ މަސައްކަތްކުރި އެޖެންސީގެ އުސޫލުތަކަކީ ސަރުކާރުގެ އާންމު އުސޫލަށް ވެގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.
"ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކަނޑައެޅިފައިވާ ވަގުތު ހަމަވާއިރު، ބޭކާރު ހަރަދުތައް ކުޑަކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޓްރަމްޕަށް ޝުކުރު ދަންނަވަން،" މަސްކް އެކްސްގައި ލިޔެފައިވެ އެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު ނިއުސް އައުޓްލެޓް ސެމާފޯއަށް ވިދާޅުވީ ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ ހައިސިއްޔަތުން މަސްކް ވަކިވުމުގެ މަރުހަލާ އަންނަ ބުދަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
މަސްކް ސަރުކާރާ ވަކިވުމުގެ ކުރިން އޭނާ ވަނީ ޑޯގް އިން ކުރި މަސައްކަތުގެ ބޭނުން ކެނޑޭ ގޮތަށް ސަރުކާރުގެ ހަރަދާއި ދަރަނި ވެސް ބޮޑުވާ ގޮތަށް ސަރުކާރުން ގާނޫނެއް ފާސްކުރާތީ އެކަމާ ނުރުހުންވެ އާންމުކޮށް ވާހަކަ ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޑު
31 May 2025
ދިވެހިބަހުގެ އިދާރާ (އެކެޑަމީ) އަކައްވީފަހުން ދިވެހި ކުދިންނަށް ދިވެހިބަސްވަނީ އޮޅިފައި، އެހެންވީމަ ޏް، ން، ޑޯގު، ޑޯޖު މިހެން ލިޔެވިދީނެ.
ބައިރޯ
29 May 2025
''ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިކަސީ'' ނޫން ''ޑިޕާޓްމަންޓް އޮފް ގަވަމެންޓް އިފިށަންސީ'' ދޯ
ބުލްބުލްއަލީ
29 May 2025
ޑޯގް އެއްނުޏް ޑޯޖް
ަައަބޫބަރަކާތުލް
29 May 2025
އެއްނުޏް އެއްނޫން ، އެއްނޫން