18 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ހެލްތް މިނިސްޓްރީ
29 މެއި 2025 - 11:28
ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މި އަހަރު 90 ރަށެއްގައި ހިންގަން ހަމަޖައްސާފައިވާ މަޝްރޫއުގެ ތެރެއިން އިތުރު 18 ރަށެއްގައި، ހޮސްޕިޓަލުގެ އާ އިމާރާތާއި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އިތުރުން ބައެއް ތަންތަނުގެ ޖާގަ އިތުރުކުރަން ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މީގެ ކުރިން ވަނީ، 10 ރަށެއްގައި ހޮސްޕިޓަލް އަދި 10 ރަށެއްގައި ހެލްތު ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތް ވެސް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އެހެންވެ، ޖުމްލަ 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަންތަނުގެ ޖާގަ އިތުރުކުރަން 21 މަޝްރޫއެއް މިދިޔަ އެޕްރީލް މަހާ ހަމައަށް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތްކުރަން ހަވާލުކުރީ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަންގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެވެ.
1. ހއ. ފިއްލަދޫގެ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
2. ރ. މީދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް
3. މ. މުލަކު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
4. ގއ. ދާންދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް
މި އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އެވެ. އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ ނަސީރެވެ.
ރ. މީދޫ ހޮސްޕިޓަލުގެ އާ އިމާރާތް އެޅޫމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އަދި އާރުޑީސީގެ ފަރާތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ ނަސީރު ސޮއި ކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
1. ހއ. އުލިގަމު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
2. ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
3. ރ. އިންނަމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
4. އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
5. ދ. ހުޅުދެލި ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
މި އެއްބަސްވުންތަކުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ގާސިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ސޮއި ކުރެއްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
1. ހއ. މުރައިދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
2. ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
3. ހއ. މޮޅަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
4. ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
5. ރ. ކިނޮޅަސް ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
6. ރ. ފައިނު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
7. ރ. ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
8. ރ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
9. ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު ސެންޓަރެއްގެ މަަސައްކަތް ހަވާލުކުރަނީ. -- ފޮޓޯ: ހެލްތު މިނިސްޓްރީ
މި ނުވަ ރަށުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. ފެނަކައިން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިލް
29 May 2025
ރަގަޅަށް ވިއްޔާ ކޮރަޕްޝަން އޮންނާނެ
ޟަހި
29 May 2025
ކުޑަހުވަދޫގަވެސް ބިންގާއަޅާފަ ދިޔައީ އަދި ހަމަ ހުރި ގޮތައް ހުރީ
ޢީޅީ
29 May 2025
މިހާވަރުން ދަންޔާ އަދި ޕުރޮޖެކްޓު ހަވާލު ކުރާނެ އިތިއޯޕިޔާ އާވެސް
ހެހހެ
29 May 2025
ހެޑްލައިން އިންގޮތުން މަހީކުރީ ތަންތަން ހަވާލުކޮއްގެންކަމައް މިއުޅެނީ، ށައްކުވިލެއް ބޮޑުކަމުން އިތުރައްބަލާލީ، ކޮންމެ ކަމެއްގަވެސް އޮޅުވާލުން
ޙަބީބު.
29 May 2025
ބޭކާރު ހަރަދު ނުކޮއް އެއްފަސްކުރޭ ދައުލަތުގެ ފައިސާޔައް ހިޔާނާތްތެރިނުވޭ
ކަނބިލި
29 May 2025
ބިންގާ އެޅުން، އެމްއޯޔޫގައި ސޮއިކުރުން، އެގްރީމަންޓްގައި ސޮއިކުރުން މީ ހަައްތާވެސް ވައުދުތައް ތަންފީޒުވެ ނިމުން. ތިޔައިން ތަނެއް ނިންމާ ލޮލުކޮޅަށް ފެންނާނެ ކަމެއް ނުވަތަ ނޫންކަމެއްވެސް ހެއްދެވިފަރާތް ދެނެވޮޑިގަންނަވާނީ
ނަޒަރީ
29 May 2025
ހޮސްޕިޓަލްތަކާއި ސިއްޚީ މަރުކަޒުތަށް އެޅުމަށްޓަކައި އެޗްޑީސީއާއި އެމް އެމް ޕީއާރުސީއާއި އަދި އައިލެޑް އޭވިއޭޝަނާއި ވެސް ހަވާލުކުރިނަމަ ތިބުނާ ކުންފުނިތަކަށް ލުއިއެއް ލިބޭނެ ނޫންތޯ ؟ ދައުލަތުން މިގެންގުޅޭ ނިޒާމަކީ ރައްޔިތުން ފެލާ ނިޒާމެކެވެ. ކުދި ފިހާރަތަކުން ކުރިޑިޓަށް މުދާ 30 ދުވަހަށް ނަގާފައި 1 އަހަރު ދުވަސް ވެގެން ދާއިރު އެފައިސާ ކޮޅު ނުލިބެއެވެ. ދެން ޖީއެސްޓީ ބަޔާން ހުށައަޅާއިރު އެފައިސާ ކޮޅު ދައްކަން ޖެހެނީ އެ ފިހާރަ ވެރިމިހާގެ ޖީބުންނެވެ.
ރައިނު
29 May 2025
މިވެސް އަޖާއިބެކެވެ. ކުދި އަދި މެދު ފަންތީގެ އަމިއްލަ އެއްވެސް ކުންފުންޏަކަށް މިހާރު ސަރުކާރުގެ ޕްރޮޖެކްޓެއް ނުދެއެވެ. ޕްރައިވެޓް ސެކްޓާދަނީ ބަނގުރޫޓުވަމުން. ނުވިތާކަށް ހަވާލު ކުރާއިރުވެސް އެއް ކުންފުންޏަށް އެއް އަތޮޅު ނުވަތަ ދެ އަތޮޅު ހަވާލުކުރިނަމަ ގައިމު ލޮޖިސްޓިކްސްއާއި އެހެނިހެން ހަރަދު ސަލާމަތްވާން. އެކަމު އެއް އަތޮޅެއްގަ 3 ކުންފުނި މި މަސައްކަތް ކުރަންޖެހޭ. އެއީ ރިސޯސް ޑުޕްލިކޭޓްވެފަ ހަރަދު ބޮޑުވާނެ ގޮތެއް.
ނަނާ ހުވަފެން
29 May 2025
މެމްބަރ ގެ ރުހުންލިބޭ އަދި މެމްބަރ ބުނާއަދަދަށް މެނޭޖަރުންނާއި ސްޕަރވައިޒަރުން ނަގައިދޭ މިންވަރަށް ބަލައިގެން ހަވާލުކުރަނީ ވަރަށްސަލާމް މިހާރު ބިދޭސީން ބަންގުލަދޭސް މީހުން ތިކުންފިނިތަކަށް ގެނެވުނުއަފަދު އެނގޭބާ ؟ ކޮއްމެ ބޮލަކަށް ހަތަރުހާސް ޑޮލަރު ؟
ނޯބަލް
29 May 2025
މީގެ ކުރިން ތިޔަ ކުންފުނިތަކާ ހަވާލު ކުރި ހުރިހާ ޕްރޮޖެކްޓެއް ނިމުނީތޯ
ޙާޒިމް
29 May 2025
ފެނަކަ އަކީ ފެނާ ނަރުދަމާ ހިދުމަތް ދޭ ކުންފުނި. އެތަނުން އިމާތާތް ކުރަން ފެށީ އެތަނުގެ ކޭޝް ފްލޯ ރަގަޅު ކުރަން ފައިސާ ދޭންތޯ!