ޕޯސްޓް އޮފީސް.-- ފޮޓޯ މިހާރު
29 މެއި 2025 - 11:06
ކަސްޓަމަރުންގެ ޕެކޭޖުތައް ޑެލިވަރީ ކުރުމަށް އެޑްރެސް ހޯދަން ކަމަށް ބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ އެވެ.
ޕޯސްޓުގެ ނަމުގައި ސްކޭމެއް ހިންގަން ފެށި މިދަނޑިވަޅަކީ ގިނަ ބަޔަކު ބޮޑު އީދާ ދިމާކޮށް، ޓީމޫ ކަހަލަ އެކި ޕްލެޓްފޯމްތަކުން ގަނެފައިވާ ސާމާނު ރާއްޖެ އަށް ލިބުން ލަސްވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދުވަސްވަރެކެވެ.
ޕޯސްޓް އޮފީހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ޕޯސްޓުން އެއްވެސް ކަސްޓަމަރަކަށް މެސެޖު ނުކުރާނެ ކަމަށެވެ. ޒާތީ އަދި މާލީ މައުލޫމާތު ރައްކާތެރިކުރުމަށް، ލިންކުތަކަށް ނުފިތުމަށް ވެސް ޕޯސްޓުން އިލްތިމާސްކުރި އެވެ.
ޕޯސްޓުގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި ވަނީ އޯޑަރު ކުރި މީހާގެ ޕެކޭޖު ޑެލިވަރީ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަކު ނުބައި އެޑްރެހެއް ދީފައި އޮތުމުން، ޑެލިވަރީ ނުކުރެވުނު ކަމަށެވެ. އަދި މެސެޖު ލިބޭތާ ހަ ގަޑިއިރުގެ ތެރޭގައި ޑެލިވަރީ އެޑްރެސް ރަނގަޅު ކުރުމަށް އަންގައި ފޮނުވާ އެ މެސެޖުގައި ވަނީ ލިންކެއް ވެސް ހިމަނައިފަ އެވެ.
ދީފައިވާ ވަގުތުގެ ތެރޭގައި ޑެލިވަރީ އެޑްރެސް އަޕްޑޭޓް ނުކޮށްފި ނަމަ ފީއެއް ވެސް ނަގާނެ ކަމަށް އެ މެސެޖުގައިވެ އެވެ.
އެއީ ފޭކް މެސެޖެއް ކަމަށް ވާތީ، ހުރިހާ ކަސްޓަމަރުން ވެސް އެކަމަށް ސަމާލުވާން ޕޯސްޓުން އެދެ އެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ އެކި ކުންފުނިތަކުގެ ނަމުގައި މިފަދަ ލިންކްތައް ފޮނުވައިފަ އެވެ. އެކަމަކު ފުލުހުން ވެސް ދަނީ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމާލު
29 May 2025
މުޅިދުނިޔޭގައި ވެރިކަންކުރަނީ މަކަރާއި ޙީލަތާއި އެކިއެކި މާފިޔާ. ދުނިޔޭގެ އެހެންތަންތަނަށްޖެހޭވައި ރާއްޖެއަށްވެސްމިހާރުވަނީ ޖެހެންފަށާފަ. ނުޖެހިއެއްނުދާނެ.
ރަނގަޅުކޮށްލާ
29 May 2025
ޓީމޫއޭ ނޫން އިނގެތޯ " ޓޭމޫ " ރަނގަޅުކޮށްލާ
އަދިވެސް ރަނގަޅުކޮށްލާ
29 May 2025
ޓޭމޫ އެއް ނޫން. ތައިމޫރު
މަލަޑިވްސް
29 May 2025
ކިތަންމެވަރަކަށް ތިވާހަކަ ލިއުނަސް މިތިބަ ... ތި ލިންކްތަކަށްފިތާނެ! މިސްކިތައްއަރާއިރު ފޯން ނިވާށޭ ބުންޏަސް ނުނިއްވާ އެކިވައްތަރުގެ ރިންގްޓޯނު ނަމާސައްހުންނައިރުވެސް މުޅި މިސްކިތުގަ އެއް އަޑަކަށްހުންނަނީ.
ބަޑިތަކުރު
29 May 2025
ރަނގަޅުވާހަކައެއް. މިދިޔަ ރޯދަމަހުގެ ތަރާވީހު ނަމާދުކުރިއިރު މިސްކިތެއްގެ އަންހެނުން ނަމާދުކުރާ ބައިން ދެ ރަކްޢަތް ނިމެންދެން މެދުނުކެނޑި ރިންގއަޑު އިވެމުން ދިޔަ. އަޅެ ފޯނު ރިންގު ކަނޑާނުލެވޭނަމަ ގެއިން ހަމައެކަނި ނަމާދަށް ދާއިރު ގޭގައި ފޯނު ބާއްވާފައި ދާނަމަ އެހެންމީހުންނަށް ކިހާފަސޭހަވާނެ.
ޖސޖއުިއ
29 May 2025
މަލަޑިވްސް ދިވެހި ކުލާހަކަށް ދާން ފެނޭ
އަސްލުއިނގޭތަ
29 May 2025
ނަމާދަށް އަރާއިރު ހަނދާން ނެތިގެން ފޯނު ނިއްވާނުލައި ނުވަތަ ރިންގު އަޑު ކަނޑާނުލައި ނަމާދަށް ހުއްޓާ ފޯނެއް އައިސި ނަމަ، ފޯނު ނިއްވާލުމަކުން ނަމާދެއް ނުގެއްލޭނެ. މިއީ ދިވެހިންނަށް އިގެން ޖެހޭ ކަމެއް. އެކަމަކު މިހެން މިކަން ކުރެވޭ އެހެންވީމަ ފޯނެއް އައިސިއްޔާ ނިއްވާލާނިއްޔޭ ހިތާ ގަސްތުގައި ފޯނުނިއްވާނުލައި ނުވަތަ އަޑުކަނޑާނުލައި ނަމާދަށް އަރާފިނަމަ ޙުކުމް ތަފާތު ވާޏެކަމަށް ގަބޫލުކުރެވޭ. ވަﷲ އަޢުލަމް