ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް: އެ ކްލަބުން އަނެއްކާވެސް ވަނީ އެންމެ މުއްސަނދި ފުޓްބޯޅަ ކްލަބްގެ މަގާމު ދަމަހައްޓާފަ
01 ޖޫން 2025 - 12:53
ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ކްލަބްގެ މަގާމު ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ރެއާލް މެޑްރިޑުން ދަމަހައްޓައިފި އެވެ.
ވިޔަފާރި ދާއިރާ އަށް ހާއްސަ މިޑިއާ އައުޓްލެޓް "ފޯބްސް" މަޖައްލާއިން ހުކުރު ދުވަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ރެއާލްގެ މިދިޔަ އަހަރުގެ އާމްދަނީ 6.75 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ހުކުރު ދުވަހު ފޯބްސްއިން އިއުލާން ކުރީ 2024-2025 ސީޒަނުގެ އާްމްދަނީ އެވެ.
ރެއާލުން ވަނީ ބިލިއަން ޑޮލަރަށް އާމްދަނީއެއް ހޯދި ފުރަތަމަ ކްލަބްގެ ޝަރަފު މިދިޔަ އަހަރު އިއުލާން ކުރި ފޯބްސްގެ ލިސްޓުން ހޯދައިފަ އެވެ. އެ ސީޒަނުގައި (2023-2024 ގެ) އެ ކްލަބްގެ އާމްދަނީއަކީ 1.13 ބިލިއަން ޑޮލަރެވެ.
ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ޓީމު ރެއާލަކީ ބިލިއަނުން ޑޮލަރުގެ އާމްދަނީއެއް ހޯދި ދެވަނަ ކުޅިވަރު ކްލަބެވެ. އެމެރިކާގެ މަޝްހޫރު އެންއެފްއެލް (އެމެރިކަން ފުޓްބޯލް ލީގު) ގައި ވާދަޖުރާ ޑަލަސް ކައުބޯއިސްއިން 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް 2023 ގައި ހޯދިކަމަށް ޑޮލޮއިޓް މަނީ ލީގުން މިދިޔަ އަހަރު ބުނެފައި ވެއެވެ.
އެންމެ މުއްސަނދި ފުޓްބޯޅަ ކްލަބްގެ ލިސްޓްގެ ދެވަނަ މަގާމުގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. އެ ކްލަބްގެ މިދިޔަ އަހަރުގެ އާމްދަނީއަކީ 6.6 ބިލިއަން ޑޮލަރެވެ.
މިދިޔަ އަހަރު ވެސް ދެވަނަ މަގާމުގައި އޮވެ 834 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ޔުނައިޓެޑުން ވަނީ މިދިޔަ އެއް އަހަރުތެރޭ އެ ޓީމުގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. ގިނަ މުވައްޒަފުންތަކެއް ވަކިކޮށް ވަޒީފާތައް މަދުކުރި އެވެ.
ލިސްޓްގެ ތިންވަނައަކީ ބާސެލޯނާ އެވެ. ބާސާގެ ތާރީހްގައި އެ ކްލަބުން ވެސް ވަނީ ފުރަތަމަ ފަހަރަށް އެއް ސީޒަނުގައި ބިލިއަން ޑޮލަރުން އާމްދަނީއެއް ހޯދާފަ އެވެ. މިދިޔަ އަހަރު ބާސާއިން 5.65 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެވެ.
ލިސްޓްގެ ތިންވަނަ އާއި ހަތަރުވަނަ އަކީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލާއި މެންޗެސްޓާ ސިޓީ އެވެ.
ލިސްޓްގެ ގަދަ ދިހައެއްގައި ޕްރިމިއާ ލީގުގެ ހަ ކްލަބެއް ހިމެނެ އެވެ. އެ ލީގުން އެ ލިސްޓްގައި ދެން ހިމެނެނީ ޓޮޓްނަމް ހޮޓްސްޕާސް، އާސެނަލް އަދި ޗެލްސީ އެވެ. ރޭ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީގެ އިތުރުން ބެޔާން މިޔުނިކް ވެސް ގަދަ ދިހައެއްގައި ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy