ހީޓް ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް މައްކާގައި ހަދާފައިވާ ފެސިލިޓީއަކަށް އިއްޔެ މީހަކު ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
02 ޖޫން 2025 - 15:23
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާގެ މައްކާއަށް ހުކުރު ދުވަހުގެ ނިޔަލަށް 1.3 މީހުން ޖަމާވެފައި ވާއިރު ގަދަ ހޫނުގެ ސަބަބުން މިހާތަނަށް 44 މީހަކަށް ހީޓް ސްޓްރޯކް ޖެހިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ހައްޖުގެ އަޅުކަމަށް ފަހުގެ ތައްޔާރީތައް ވެފައި ވާއިރު އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވާނެ މައްސަލަތައް މަދުކުރުމަށެވެ.
އަންނަ ބުރާސްފަތި ދުވަހު އަރަފާތު ބިމަށް ހައްޖާޖީން ޖަމާވެ ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރާ ދުވަސްވަރު ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ދުވަސްވަރު ހޫނުމިން 51.8 ޑިގްރީ ސެލްސިއަސް (125.2 ފެރެންހައިޓް) އަށް އުފުލި، ކުރިމަތިވި ސިއްހީ އެކި މައްސަލަތަކުގައި 1،301 ހައްޖުވެރިން މަރުވެފައި ވާއިރު މިފަހަރު އެކަން ތަކުރާރުވިޔަ ނުދިނުމަށް ވަނީ އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ.
ހީޓް ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް މިފަހަރު މައްކާގައި ހަދާފައިވާ ހާއްސަ ޔުނިޓެއްގެ އެތެރެ. -- ފޮޓޯ: އޭއެފްޕީ
މިދިޔަ އަހަރު ހޫނު ގަދަވުމާ ގުޅިގެން ކުރިމަތިވި ހާދިސާތަކުގެ ތަޖުރިބާއާ އެކު ސަރުކާރުގެ 40 އަށްވުރެ ގިނަ އިދާރާއިން 250،000 އޮފިޝަލުން ވަނީ އިންތިޒާމުކުރުމުގެ މަސައްކަތަށް ނެރެފަ އެވެ.
ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރު ތައުފީގު އަލް ރާބިއާ މިދިޔަ ހަފުތާގައި އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ހިޔާކޮށްފައިވާ ސަރަހައްދުތައް 50،000 އަކަ މީޓަރު (12 އޭކަރު) އަށް އިތުރުކޮށް، އިތުރު އެތައް ހާސް މެޑިކަލް މުވައްޒަފުން މިފަހަރު ތިބޭނެ އެވެ. އަދި ހައްޖާޖީން އުޅޭ ހިސާބުތައް ފިނިކުރުމަށް 400 އަށް ވުރެ ގިނަ ކޫލިން ޔުނިޓް ގާއިމް ކުރާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު ވެސް ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔަ އެވެ.
އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން މިފަހަރު ދަނީ ތޮއްޖެހުން ކޮންޓްރޯލްކުރުމަށް ވެސް އިތުރު މަސައްކަތްތައް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
02 June 2025
1.3 މީހުން.
ކުރިން ބުނީ ކުރިޔަށް އޮތް 16 އަހަރު ފިނިވާނެޔޭ
02 June 2025
އެކަމަކު ދުވަސްކޮޅެއް ކުރިން ނޫސްތަކުގައި އޮތް ކުރިޔަށް އޮތް 16 އަހަރުގެ ޙައްޖު މޫސުމް ގައި ފިނިވާނެ ކަމަށް!
މެޓް އޮފީސް
02 June 2025
ކުރިން ބުނި އެތި ކެންސަލް