ގެދޮރުވެރިޔާގެ މަޝްރުއާ ގުޅޭގޮތުން މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް އަދި ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުރި އާރިފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
04 ޖޫން 2025 - 00:36
ގެދޮރުވެރިޔާގެ މަޝްރޫއުން ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިން ކަމަށް ބުނެ، އެއްވެސް ހެއްކެއް ނުދައްކައި ދައުވާ ކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފި އެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހިންގި ހައުސިން މަޝްރޫއުގައި ވަކި ބަޔަކަށް މަންފާ ހޯދައިދިން ކަމަށް ތުހުމަތުކޮށް، އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ އެކު އިތުރު ތިން ބޭފުޅެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ވަނީ މިއަދު ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
އެ ކޮމިޝަނުން ބުނެފައި ވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާގެ ސްކީމްގެ ފުރަތަމަ ބުރުގެ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ވަކި ބަޔަކު ހިމަނައި ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިންކަން މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަމަށެވެ.
އަކްރަމްގެ އިތުރުން ދައުވާކުރަން ފޮނުވީ އޭރުގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފާއި ސީނިއާ އެގްޒެކެޓިވް ޝިރުއާމް ވަހީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލަކަށް އޭރު އަދި މިހާރު ވެސް ހުންނެވި އަހުމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
އެ މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ މި ފަހަރު ވެސް އޭސީސީ މެދުވެރިކޮށް ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް އަސްލެއް ނެތް ހިޔާލީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ އުފުލަމުން ދަނީ ފްލެޓުތައް ހަވާލުކުރުން ލަސްކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެމްޑީޕީން ބުނިގޮތުގައި އެ ދައުވާތަކަކީ ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް އިންތިހާބަށް ނުފޫޒު ފޯރުވަން ފްލެޓުތައް ބޭނުންކުރުމުގެ ނުބައި ނިޔަތުގައި ސަރުކާރުގެ ނުފޫޒުން އުފުލާ ދައުވާތަކެއް ކަމަށެވެ.
އެ ޕާޓީން ތުހުމަތުކުރި ގޮތުގައި ސިޔާސީ ނުފޫޒުގައި އެ ކޮމިޝަނުން އަމަލުކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށެވެ. އެ މައްސަލައިގައި އޭސީސީން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވައިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ކަނޑައެޅިގެން ހިލާފަށް ވެސް ނޫސް ބަޔާނުގައި ބުންޏެވެ.
"އެމްޑީޕީން ދެކެނީ މި ތަހުގީގަކީ ފެށުނީއްސުރެ ވަކި އަތަކަށް ޖެހިފައިވާ ސިޔާސީ ތަހުގީގެއް ކަމަށް." ބަޔާނުގައި ބުންޏެވެ.
ކުރީގެ ސަރުކާރުގެ ދައުރު ނިމެން ދެތިން ދުވަހަށް ވެފައި ވަނިކޮށް ފްލެޓު ލިބޭ ފައިނަލް ލިސްޓު ވަނީ ނެރެފަ އެވެ. ގިނަ ބައެއްގެ ޝަކުވާތަކާ ގުޅިގެން އޭސީސީން ތަހުގީގުކޮށް، އެ ލިސްޓުން ގިނަ ބަޔަކު ޝަރުތު ހަމަނުވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު ފްލެޓް ދޫކުރުން ލަސްވާކަމަށް ބުނެ ކަންބޮޑުވުންފާޅުކުރަމުންދާތީ، މި ސަރުކާރުގެ ނިންމުމަކަށް ވީ ކުރީގެ ލިސްޓާ އެއްގޮތަށް ކުރިއަށް ދިއުމަށެވެ.
އިދިކޮޅު ޕާޓީން ވެސް ބުނީ ވަކި ބަޔަކަށް މަންފާ ހޯދައިދިން ކަމަށް ބުނެ ދައުވާ އުފުލަން ނިންމުމަށްފަހު މި ސަރުކާރުން ވެސް ފްލެޓު ދޭން ނިންމާފައިވަނީ އޭރު ޝާއިއުކުރި ލިސްޓަށް ކަމަށެވެ. އެކަމުން ވެސް ދައުލަތުގެ އެކި އިދާރާތައް މެދުވެރިކޮށް އެތައް ރައްޔިތުންގެ ހައްގު ބޯހިޔާވަހިކަން ސަރުކާރުން ދޮޅު އަހަރުވަންދެން ހިފަހައްޓައިގެން ތިބިކަން ސާފުވާ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައިގައި އަކްރަމްގެ ޕާސްޕޯޓު އާ އަމުރެއްގެ ދަށުން އަނެއްކާ ވަނީ ހިފަހައްޓައިފަ އެވެ.
އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ޒިންމާ މަތިކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ވަކިކުރުމަކީ އެކަމުގައި އެއްވެސް މީހަކަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭނެކަން އަންގައިދޭ ކަމެއް ކަމަށް ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަފާ
05 June 2025
ފުލެޓާއި ގޯތިހަމައެއް ލަބައެއް ނެތި ދިނުމުގެ ސަބަބުން އެމްޑީޕީ ފުޓުނީ މިހާރު ނުވާނެ މަގުމައްޗައް ނިކުމެލާނެ ބަޔަކުވެސް ދެންތިބެ ރާކަނިމަސް ކައިގެން ދެން ލަލަލާ
ބަންދުބޭ
04 June 2025
އަދި ކިޔާއެބައެއްނު ސިޔާސީ މަގުސަދެއްގައޭ! ލަދެއްހަޔާތެއް ބިރެއް ސަރަމެެއް ނުގަނޭދޯ ވޯޓްހޯދަން ފަޔަށް ހިނިއަރައިގެން ހައްގުނޫން މީހުންނަށް ފްލެޓްތަކާއި ބިންތައް ފަހުވަގުތު ބަހާލިއިރު. އޭރު ހިތަކަށް ނާރަދޯ މިދުވަސްއަންނާނެ ކަމަކަށް! ދެން ޖެހޭނި ދައުވާއަށް ކުރިމަތިލާން، އެނޫން އިތުރުގޮތެއް ނެތް ކަލޭމެންނަކަށް! ރައްޔިތުންގެ ހައްގުތަކަށް އަރައިގެން މީހުންނަށް އެކަމުގެ އަދަބުލިބެންވާނެ! އޭރުން މިތިބަ މީހުންނަށްވެސް ފިލާވަޅަކަށް ވާނި!
މިޔަރެން
04 June 2025
އެމްޑީޕީން ހިންގި ބައެއް ޖަރީމާތައް ފުރަތަމަ 130 ބިލިއަނުން ރާއްޖެ ދަރުވާލުން. އިންޑިޔާގެ އިތުރު ސިފައިން ގެނައުން. ސަފާރީ ރޭޕް ކޭސް އޮއްބާލުން. އަލީ ވަހީދު ސަލާމަތް ކުރުން. ވެންޓިލޭޓަރުން ވައްކަން ކުރުން. ވަކިބަޔަކައް ފައިދާވާހެން ކޮވިޑް ޓެސްޓްތައް ހެދުވުން. އަދީބު ފުރުވާލުން. ފްލެޓުންނާއި ގޯތިން ވައްކަން ކުރުން. ދައުލަތުގެ ހަޒާނާއިން އެންމެން ގުޅިގެން ވައްކަންކޮއް ލޫޓްވާލުން.
ހަސަދު
04 June 2025
އެއްވެސް ކޮރަޕްޝަން އެއް ނެތް ސާފު ބޭފުޅުން ތަކެއް ބާ!!!.
ދޫލަ
04 June 2025
ކޮރަޕްޝަން އެކަމަކު، ހަމަ އެލިސްޓަށް ފުލެޓާޢި ގޯތި ދެނީ، އެހެންވީއިރު އެއީވެސް ކޮރަޕްޝަނެއްނު.
ތޯރިހް
04 June 2025
ކުޑަކުދިން ކައިރީ ތިކަހަލަ ވާހަކަ ދައްކަބަލަ. އެމްޑީޕީ މީހުން ކުރި ހިންގި ޖަރީމާތައް އަތުނުވާ ހިސާބްގައި އޮތީ. ރަނގަޅަށް ބަލައިފިނަމަ ސަލާމަތްވާ އެކަކުވެސް ނުހުންނާނެ.
ސޮބާހް އަހްމަދު
04 June 2025
ބަލަގަ އަހަރުން ރަށުންވެސް ރަށުގަ އުޅުނު އެތައް ބަޔަކަށް އެބަހުރި ފްލެޓް ދީފަ. ދެން ކީކޭ އަކްރަމް ތިކިޔަނީ.
ނޫހް އިބްރާހިމް
04 June 2025
މޮޅު ވާހަކަ ނުދައްކާ ފްލެޓްއިން ބޮޑުތަނުން ވ ކޮށްފަ
ސައިދާ
04 June 2025
ގޯތި ކަންތަށް ނިމިދިޔަ ސަރުކާރުން ކޮށްފައިވަނީ އަދުލުވެރިކަމުން ބޭރުން، އަތޮޅުތެރޭމީހުނަށް ހައްގުވާ މިންވަރު ހިފައިގެން ނޫންގޮތަކަށް ވޯޓު ހޯދަން އެމްޑީޕީން ނާންނާތި، އެކަމުގެ އަސަރު މިހާރުވެސް ތި ބާއްވާ އެއްވުންތަކުން އެ ހާމަވަމުންދަނީ،
އެކޮއި
04 June 2025
ފުލެޓުގެ ވާހަކަ އެކަނި ދައްކަނީ ކީއްވެގެންތަ؟ މާލޭ ސަރަޙައްދުން ހިލޭސާބަހަށް ބަހާ ބިންތަކުގެ ވާހަކަ ނުދައްކަނީ ކީއްވެގެންތަ؟ ޖައްވުގެ ތެރޭގައި ހުރި ހަތަރެސްކަން ގޮޅިއަކަށްވުރެ ވިހި ތިރީސް ބުރިއަށް ހިއްލާލެވޭ ބިމުގެ އަގު އެތައްމިލިޔަނަކުން ބޮޑުއިރު ބިންތައް ބަހާ ހުސްކުރަނީ ކޮންހަމައަކުން ކަމެއްނޭނގެ. ފުލެޓް އެޅުން ހުއްޓާލާފައި އެންމެނަށް ބިން ދޫކުރަންވީނުން. އޭރުން ފުލެޓްތަކުން ފައިސާ ނުލިބޭވާހަކަ ދައްކާކަށްނުޖެހޭނެ.