އުރީދޫގެ ލޯގޯ: އުރީދޫގެ ސުޕަނެޓް ހިދުމަތް އަޕްގްރޭޑްކޮށް، އަންލިމިޓެޑް ހިދުމަތް ލިބޭނެ ޕެކޭޖްތަކެއް ވަނީ ތައާރަފް ކޮށްފައި --- ފޮޓޯ/މިހާރު
04 ޖޫން 2025 - 18:45
ބޮޑު އީދަށް އުރީދޫއިން ބޮޑެތި އޮފާތަކެއް ތައާރަފްކޮށްފި އެވެ.
އުރީދޫން ތައާރަފްކުރި އޮފާތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އާއި ޑެއިލީ ޕްލޭންތަކާއި ގޭމިން ބޫސްޓާތައް ހިމެނެ އެވެ. އެގޮތުން އުރީދޫއިން ވަނީ ހިލޭ ޓިކްޓޮކް ބެލޭ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެއީ އުރީދޫ އެޕް މެދުވެރިކޮށް ޓިކްޓޮކް ބެލުމަށް ހާއްސަ ކޮށްފައިވާ ދެ ޖީބީ ހިލޭ ޑޭޓާ އެކްޓިވޭޓުކުރުމުން ޓިކްޓޮކް ބެލުމަށް ހިލޭ ދެ ޖީބީ ޑޭޓާ ލިބޭ ޕްލޭނެކެވެ.
އުރީދޫން ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކޮށް ގޭމިން ބޫސްޓާއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ 50ރ. އަށް 100 އެމްބީޕީއެސް ސްޕީޑުގައި 3 ގަޑިއިރަށް ލިބޭ ބޫސްޓާއެކެވެ. އުރީދޫން ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އެއް ދުވަހަށް 125ޖީބީ ޑޭޓާ ލިބޭ ޑެއިލީ ޕެކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެ ޕެކޭޖަކީ 75ރ. އަށް އެކްޓިވޭޓު ކުރެވޭ ޕެކޭޖެކެވެ.
އުރީދޫން މިފަހަރުގެ ބޮޑު އީދަށް ވެސް ވެލިއު ޝެއާ ޕެކު ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ އެހެން މީހުންނަށް ޑޭޓާ ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕެކެކެވެ. މި ޕެކޭޖުން އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި އިތުރު ދެ މީހަކަށް ޖުމްލަ 60 ޖީބީގެ ޑޭޓާ ދެވޭ ޕެކެކެވެ. އެ ޕެކޭޖުގެ ދަށުން ޕްރިޕެއިޑް ނަމްބަރަކަށް މީހަކަށް ފޮނުވޭނީ 30 ޖީބީ އެވެ.
މީގެ އިތުރުން ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް "މަގޭ ޕްލޭން"ތަކަށް 25 އިންސައްތައިގެ ހިލޭ ޑޭޓާ ދޭގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ބޯނަސް ޑޭޓާ ލިބޭ މަގޭ ޕްލޭންތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750 ޕްލޭން އެވެ. އުރީދޫން އިތުރު އޮފާއެއްގެ ގޮތުގައި އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބޭނެ އޮފާއެއް ވެސް ތައާރަފްކޮށްފަ އެވެ.
އުރީދޫން ބުނީ އީދުގައި އުރީދޫގެ ކަސްޓަމަރުންނަށް ފޯނުގެ ޒަރީއާއިން ގުޅިފައި ތިބުމަށާއި ހަލުވި ސްޕީޑުގައި އިންޓަނެޓް ތަޖުރިބާކުރުމުގެ ފުރުސަތު އީދާ ދިމާކޮށްފަހިކޮށްދިނުމަކީ އެކުންފުންޏަށް ލިބޭ އުފަލެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ. އުރީދޫން އީދާ އެކި މުނާސަބަތުތަކާ ދިމާކޮށް މިފަދަ އެކި އޮފާތައް ތައާރަފްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy