06 ޖޫން 2025 - 10:31
ސްޓުޓްހާޓް (ޖޫން 6) - ލަމީން ޔަމާލްގެ މޮޅު ކުޅުމާ އެކު 5-4 އިން ފްރާންސް ބަލިކޮށް، ސްޕެއިނުން ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ ހާފު ސްޕެއިން ނިންމާލީ ނިކޯ ވިލިއަމްސް އާއި މިކެލް މެރީނޯގެ ގޯލުތަކާ އެކު ދެ ގޯލުގެ ލީޑަކާ އެކު އެވެ. މި ދެ ގޯލު ޖަހަން ވެސް އެހީވީ މިކެލް އޮޔާޒަބާލް އެވެ. ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޔަމާލް ތިންވަނަ ގޯލެއް ޖަހައިދިން އިރު، މިނިޓެއް ތެރޭ ނިކޯގެ އެސިސްޓަކުން ހަތަރުވަނަ ލަނޑު ޖެހީ ޕެޑްރީ އެވެ.
ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ފްރާންސް އަށް ގޯލެއް ކާމިޔާބު ކޮށްދީފައި ވަނިކޮށް، 67 ވަނަ މިނިޓުގައި ޕެޑްރޯ ޕޯރޯގެ އެސިސްޓަކުން ފަސްވަނަ ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ޔަމާލް އެވެ.
ޔަމާލްގެ ގޯލަށް ފަހު ފްރާންސް ވަނީ ފަހު 10 މިނިޓު ތެރޭ ނަތީޖާ އަނބުރާލަން މަސައްކަތް ކޮށްފަ އެވެ. ތިން ގޯލު ޖެހި ނަމަވެސް ނަތީޖާ އެއްވަރު ކުރެވޭ ގޮތެއް ނުވި އެވެ. އެމްބާޕޭގެ އެހީއާ އެކު ރަޔާން ޗާކީ ފްރާންސްގެ ދެވަނަ ލަނޑު ޖަހައިދިން އިރު، 84 ވަނަ މިނިޓުގައި އެޓީމުގެ ތިންވަނަ ލަނޑު ވަނީ ސްޕެއިން ކުޅުންތެރިއެއް އަތުން ބައިކޮޅަށެވެ. އަދި ހަތަރުވަނަ ލަނޑު ރެފްރީ ދެއްކި އިތުރު ވަގުތުގެ ފަސް މިނިޓުގެ ތެރެއިން ތިންވަނަ މިނިޓުގައި ޖަހައިދިނީ ރަންޑާލް ކޯލޯ މުއާނީ އެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި ސްޕެއިން ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. ޕޯޗުގަލް ވަނީ 2019 ވަނަ އަހަރު ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި މިއީ ސްޕެއިން، ނޭޝަންސް ލީގު ފައިނަލް ކުޅޭ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2021 ގައި ފްރާންސް އަތުން ބަލިވި އިރު، 2023 ވަނަ އަހަރު ވަނީ ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ ބަލިކޮށް ތަށި ހޯދައިފަ އެވެ.
"އެއީ ހާއްސަ މެޗެއް. ވަރުގަދަ ޓީމަކާ ދެކޮޅަށް ފައިނަލް ކުޅެން ޖެހުމަކީ އިތުރު ހިތްވަރެއް ލިބޭނެ ކަމެއް. މިކަހަލަ [ވަރުގަދަ] މެޗުތައް ކުޅެން އަހަރެން ބޭނުމީ، އޭރުން އަހަރެންގެ ހުރި ފެންވަރު ވަޒަން ކޮށްލެވޭނީ،" ފައިނަލްގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗާ ގުޅިގެން ޔަމާލް ބުންޏެވެ.
"އަހަރެން ގަޔާވޭ ހުރިހާ ކުޅުންތެރިންނާ ވެސް. ރޮނާލްޑޯ އަށް އަހަރެން ވަރަށް އިހުތިރާމް ކުރަން. މެޗުގައި އަހަރެން ބަލާނީ އަހަރެންގެ މަސައްކަތް ފުރިހަމައަށް އަދާ ކުރެވޭތޯ. އެއީ މެޗު ކާމިޔާބު ކުރުން."
ޔަމާލް ވަނީ މިދިޔަ އަހަރު އޮތް ޔޫރޯ މުބާރާތުގެ ސެމީ ފައިނަލްގައި ވެސް ފްރާންސް ބަލިކުރި މެޗުގައި ގޯލު ޖަހައިފަ އެވެ. އަދި ރޭގެ މެޗުގައި އޭނާ ގޯލެއް ޖެހުމަށް ފަހު ވަނީ ދަނޑުގެ ވަށައިގެން ހުރި ބިލްބޯޑެއް މަތީ އިށީނދެ، ރޮނާލްޑޯ ސްޓައިލްގެ ސެލެބްރޭޝަނަކުން އުފާފާޅު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޔޔޔޔޔޔޔޔޔޔ
06 June 2025
މޮޅު މުސަޅު ޑެމްބެލެ ކޯްންޗެއް މި ހެދީ؟
ޕެނަލްޑޯ ޓެޕްއިން ބޭބޭ
06 June 2025
މިއޮތީ ފެނަލްޑޯގެ ފެންވަރު.ޢިންގްލެންޑް ، ގްރީސް ،ޢިޓަލީ އަދި ޔުކްރެއިން ކަހަލަ ޓިމަކާއި ދެކޮޅަށް ކުޅެގެން މޮޅެއް ނުލިބޭ.މުޅިިން ވެސް ޓެޕްއިން ޖެހިފަ ހުރީ ސެން މެރީނޯ ، ލަގްޒެންބާގް އަދި މޯލްޓާ ކަހަލަ 4 ވަން ފަންތީގެ ޓީމްތަކާއި ދެކޮޅަށް ކުުޅެގެން.މިހެން ގޯލް ޖަހައިގެން 5000 ވެސް ޖެހިދާނެ.
ފީފާ ބިންތު ޕެސީ
07 June 2025
ޕެސީ ލަނޑު ޖަހާފަހުރީ ޕެނަމާ، ބޮސްނިއާ، އިރާން، ހޮންކޮންގް ކޮޅަށް، އެވެސް ފީފާ އިން ތަބަކަށް ލާފައި ދިން ޕެނަލްޓީ އިން
ފުރޭތަ1
06 June 2025
ޔަމާލް ވަރެއް ނެތް އެކަމު ޕެޑްރީ ބޭލީމަ ފެނުނީ ސްޕެއިނަށް ކޮންޓްރޯލް ގެއްލުނުތަން. ޕެޑްރީ ވެސް ހަމަ އެހާ މޮޅު
ޕެސީ
06 June 2025
މޮޅު ކުޅުން ދެއްކީ ޕެނަލްޓީ އަކުން ދޯ. ؟ ރޮނާލްޑޯ ޖަހައިފިއްޔާ ޕެނަލްޓީ އެއީ ކައުންޓްކުރާ އެއްޗެއް ނޫން. ރެފްރީންނަށް ރިސްވަތު ދިންކަމުގެ ކުށް ސާބިތުވެ އަދަބު ލިބިފައިވާ ބާސާ އަށް ކުޅޭ ނުވަތަ ކުޅުންތެރިއެއް ޕެނަލްޓީ އަކުން ގޯލެއް ޖަހައިފިއްޔާ އެއީ ވަރަށް މޮޅު ކުޅުންތެރެރިއެއް އަދި އެ ޕެނަލްޓީ އަކީ މެދުރޮނގުމަތިން ފްރީކިކެއް ޖަހާ ގޯލެއް ވައްދާލުމަށް ވުރެ ވެސް މާ މޮޅު ކަމެއް. މީހަކު އަޅެ ދޮޅު ރޯނާ ނުވާނެތަ؟
ޕެނާލްޑޯ
06 June 2025
ޓެޕްއިން ބޭބެގެ އެއީ ކާކުތަ. ޕެނަލްޑޯ
ލެއްގިކޮމިޝަނަރ
06 June 2025
ކަލޯ ކިތަންމެ ރުޅިއަޔަސް 2016/2017ގެ ޗެމްޕިއަންސްލީގުގަ ބަޔާން ކަޓުވާލީ ރޮނާލްޑޯ އޮފްސައިޑް 2 ގޯލް ޖަހައިގެން. ރެފުރީއަށް ރިސްވަތުދެނީ ކޮންބަޔެއްކަން މިނިމުނު ސީޒަނުގަ ވަރަށްސާފުކޮށް ފެނިއްޖެ. ބެންކުރަޕްޓްވާން ކައިރިވެފައޮތް ބާސެލޯނާ އަތުން 5 މެޗްވެސް ވަނީބަލިވެފަ. ރޮނާލްޑޯއަކީ މިހާރު އޮއްސިފަހުރި ތަރިއެއް. ގަބޫލުކުރިޔަސް ނުކުރިޔަސް އޭގެ ވިދުމެއް މިހާރަކުނެތް. 2014 ވަނައަހަރުގެ ވޯލްޑްކަޕުގެ ނަތީޖާ އަނަނައަހަރު ރޮނާލްޑޯއަށް ރިޕީޓްނުވުން އެދެން
މުލޭ
07 June 2025
ހާދަ ވަރަކަށް ޖޭވަނީތި. ކުޑަކުއްޖެކޭ އެއީ އަދި. ޕެނަލްޓީ އެކަނިދޯ ތި ފެނުނީ.
އޮޔާދާ ކޮމިޝަނަރ
08 June 2025
ކަނބުލޮ ލެއްގި ކިތަންމެ ރުޅި އަޔަސް ތި އަހަރު ބާސާ ޕީއެސްޖީ އަތުން މޮޅުވީ %100 ރެފްރީގެ އެހީތެރިކަމާއެކު. ޢެވަރު ޖަރީމާއެއް ބަޔަކަށް ހިންގޭނެ ތަ؟
ޕަދްރޯ
06 June 2025
ފްރާންސް ތިތިބީ ގުނބު ހިލިފަ މިހާރު. ދެން ނުވާނެ