06 ޖޫން 2025 - 11:46
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރު އަތުން 3-1 ން ރާއްޖެ ބަލިވިނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ދިވެހި ޓީމުން ދެއްކި ކުޅުނު ދެ ކޯޗުން ވެސް ފާހަގަ ކޮށްފި އެވެ.
މެޗުގެ ވަރަށް ކުރީކޮޅު ސިންގަޕޫރުން ލީޑް ނެގި އެވެ. ސިންގަޕޫރުގެ ބިޝާން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ އަމީރުލް އާދިލް އާއި އިކްޝާން ފަންދީ އެވެ. މެދުކެނޑުމަކަށް ފަހު ގައުމީ ޓީމަށް ކުޅެން ފެށި އިކްޝާން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މެޗަށް ފަހު ސިންގަޕޫރުގެ ސުޓޯމޫ އޮގުރާ ބުނީ މެޗުގެ ފުރަތަމަ ހާފު އޭނާގެ ޓީމުން ކޮންޓްރޯލް ކުރި ކަމަށެވެ. އެކަމަކު ދެވަނަ ހާފުފެ ފުރަތަމަ 15 މިނެޓަށް ފަހު ދެން ރާއްޖޭން ކޮންޓްރޯލް ނެގިކަން އޭނާ ވެސް ފާހަގަ ކުރި އެވެ.
"މެޗުގެ 60 ވަނަ މިނެޓާ ހަމައަށް އަހަރެމެންނަށް ކޮންޓްރޯލް އޮތް،" ޖަޕާނަށް ނިސްބަތްވާ ކޯޗު ބުންޏެވެ.
އޭނާ ބުނީ އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު އެކަން ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ.
ސިންގަޕުރޫން ފުރަތަމަ ހާފު ކޮންޓްރޯލް ކުރިޔަސް ރާއްޖޭގެ ނުރައްކަލެއް ނެތި އެ ހާފެއް ނުނިމުނެވެ. އެ ހާފު ނިމުމުގެ ކުރިން އަލީ ފާސިރު (ސެންޓޭ) ވަނީ ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފަ އެވެ. އެކަމަކު އޭނާގެ ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ރާއްޖޭގެ ލަނޑު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އަހްމަދު ރިޒްވާނެވެ. ރިޒްވާން ޕެނަލްޓީ ފޮނުވާލީ ސިންގަޕޫރުގެ ކީޕަރު އިޒްވާން މަހްބޫދަށް މިސްރާބު އޮޅުވާލުމަށް ފަހު އެވެ.
ރާއްޖޭގެ ކޯޗު އަލީ ސުޒޭން ވެސް ބުނީ ދެވަނަ ހާފުގައި ދިވެހި ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ.
"ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި އަދި ދެވަނަ ހާފުގައި އަހަރެމެން ވަރަށް ރަނގަޅު ގޭމެއް ކުޅުނިން... ފަހި ފުރުސަތުތަކެއް ވެސް ތަނަވަސް ކުރިން،" ސުޒޭން ބުންޏެވެ.
ސިންގަޕޫރާއި ރާއްޖޭން އިއްޔެގެ މެޗު ކުޅުނީ އޭޝިއަން ކަޕް ކޮލިފައިންގައި ދެ ގައުމަށް ވެސް ކުރިއަށް އޮތް މެޗަށް ތައްޔާރު ވުމަށެވެ. އަންނަ އަންގާރަ ދުވަހު ރާއްޖޭން ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.
ފީފާގެ މިންގަނޑަށް ފެތޭ ސްޓޭޑިއަމެއް ނެތް ޓިމޯ ލެސްޓޭގެ ހޯމް މެޗު ކުޅޭނީ އޮސްޓްރޭލިއާގަ އެވެ. ސިންގަޕޫރުން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ ޑާކާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
08 June 2025
ތިހެން ކިޔަކިޔާ ދެން ތިބެދާނެ.
ކުރިކީލަ
08 June 2025
ނަމަނަމަ ބަލިވި ވާހަކަ ނޫހެއްގައި ނުޖަހާތި. ޚާއްސަކޮށް ސުރުޚީގައި. ފުޓުބޯޅައިގަ ރާއްޖެ ދުވަހަކުވެސް ބައްޔެއްނުވާނެ. ބަލިވިއަސް ވާނީ އަވީގަ ކުޅެންޖެހުމުން. ނުވަތަ ވިއްސާރައިގަ ކުޅެންޖެހުމުން. ބައެއްފަހަރު ރެފްރީގޯސްވާއިރު ގޯލު ދަނޑިއާއި ދަނޑުގެ މެދުރޮނގު ގޯސްވާފަހަރުވެސް މަދެއްނޫން. މެޗު ފެށުމުގެ ކުރިން ފޮނިއަނގަތަޅާފަ ނިމުނީމަ ބައިކޮޅަށް ލަނޑުގޯނި ހިފައިގެން އައިސް މިދައްކަނީ ކޮންމެވެސް މޮޅުވާހަކައެއް. މުޅި ގައުމުގެ ހުރިހާކަމެއް އަނގައިން
މުލޭ
07 June 2025
މެޗުގެ ކުރިން އަހަރެމެންގެ ކޯޗު ބުނީ ކީކޭތަ!. ތާރީޚް ބަދަލުކޮށްލަން ނިކުތީ. ނިމުނުއިރު އޮތީ ކުރީގެ ވެސް ތާރީޚް. ވަށާ ޖެހޭ ނިޒާމެއް ނެތި އެއްކަމެއް ވެސް ރަނގަޅެއް ނުވާނެ. މިއީ ކޯޗުގެ މައްސަލައެއް ނޫން. މިއީ ފުޓުބޯޅަ އިދާރާގެ މައްސަލައެއް. 10 އަހަރު ބަގުޑި ބައްދައިގެން ތިބެގެން ވެސް ކުރީ ވައްކަން. އެ ވައްކަން ފޮރުވަން އަނެއް ފަސްއަހަރު ވެސް ހޯދަން ނުކުރާ މަސައްކަތެއްނެތް. ދެން ކިހިނެއް ކުރިއެރުމެއް ލިބޭނީ. ކުރިއެރުން ލިބެނީ އެމީހުންގެ ޖީބުތަކަށް.
ސުރުހީ އެޅުން
07 June 2025
މިހާރުއްސުރެ ކުރިއައްއޮތް މެޗައް ސުޒޭނު ސުރުހީ އަޅަންފަށަފި. "އެއީ މިކިޔާގޮތައް ނެޗުރަލައިސްޑް ކުޅުންތެރިން ވަރައްގިނަ ޓީމެއް" . މެޗައްފަހު "އެގައުމުގަ ކުޅޭނެ ދަނޑެއްނެތަސް އެޓީމުގަ ތިބި ބޭރުގައުމުތަކައް ނިސްބަތްވާ ކުޅުންތެރިން މެޗުގަ ތަފާތަކައްދެއްކީ ވަރައްގިނަ އެއްޗެހިތަކެއްދަސްވި".
ޑެބީ
06 June 2025
ނަމަނަމަ ބަލިވި ވާހަކަ ހެޑްލައިންގަ ނުޖަހާތި
ޗަޕަޑަ
06 June 2025
ޓިމޯރ ލެސްޓޭ އާއި ކުޅެގެންވެސް މިމީހުންވާނީ ބަލި. އެއީ ދަނޑެއްވެސް ނެތް އިހަށް ދުވަހު ގައުމަކަށްވި ބައެއް. 1979 އިން ފެށިގެން މިދިވެހިރާއްޖެ ވަރަށް ރަނގަޅުކުރިއޭ ނޫން އެއްޗެއް އަޑެއް ނާހަން. ރައްޔަތުންގެ ފައިސާ ތަޅާ ބުރުވަންް ކީއްކުރަން ކުރާ ކަމެއް ތިއީ.