ޓެކްސް އިދާރާ. ހަތަރު މަހުން ޓެކްސްގެ އާމްދަނީގެ 45 ޕަސެންޓު ލިބިއްޖެ -- ފޮޓޯ: މިހާރު
07 ޖޫން 2025 - 10:32
ވޭތުވެދިޔަ ހަތަރު މަހު ޓެކްސްއިން ލިބުނު އާމްދަނީ 13 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޓެކުހުން ލިބިފައިވަނީ މިއަހަރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ 45 ޕަސެންޓެވެ. މިއަހަރު ނިމޭއިރު ޓެކްސް އާމްދަނީގެ ގޮތުގައި 29 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ޓެކުހުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ ފަސް ޕަސެންޓް އިތުރުވެފަ އެވެ. އެއީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ޓެކުހުން ލިބުނު އާމްދަނީ އިތުރުވިއިރު، ގްރީން ޓެކްސް އިން ނަގާ އަދަދު ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އިތުރުކޮށްފަ އެވެ. އަދި އަންނަ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީއަށް އިތުރު އެއް ޕަސެންޓް އިތުރުވާނެ އެވެ. އެއާ އެކު ވެސް ޓެކުހުން ލިބޭ އާމްދަނީ އިތުރުވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ގްރީން ޓެކްސް އިން މިހާތަނަށް އައިއިރު 958 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއަހަރު އެ ޓެކްސް އިން ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ. އެއީ ގްރީން ޓެކްސް ބޮޑުކުރުމުން އިތުރުވާ 964 މިލިއަން ރުފިޔާއާ އެކު އެވެ.
ޓީޖީއެސްޓީ ޖުލައި މަހުން ފެށިގެން އެއް ޕަސެންޓަށް ބޮޑުކުރުމުން އާމްދަނީ 202 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އަދި މިއަހަރުގެ މިހާތަނަށް 5.5 ބިލިއަން ރުފިޔާ ޓީޖީއެސްޓީއަށް ލިބިފައިވެ އެވެ. ޓީޖީއެސްޓީ އަކީ އެއް ޓެކްސްއަކުން ދައުލަތަށް އެންމެ ބޮޑު އަދަދެއް ލިބޭ ޓެކްސް އެވެ.
މިހާތަނަށް ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް އިން 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިއަހަރަށް ކަނޑައެޅި އާމްދަނީގެ 50 ޕަސެންޓެވެ. އިމްޕޯޓު ޑިއުޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ޑިޕާޗާ ޓެކްސްގެ ގޮތުގައި ދައުލަތަށް 766 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ހަ ދާއިރާއަކުން ދައުލަތަށް ޓެކްސް ވަދެ އެވެ. އެންމެ ބޮޑު އަދަދެއް ޓެކްސްގެ ގޮތުގައި ވަންނަނީ ޓީޖީއެސްޓީގެ ދާއިރާއިންނެވެ. އޭގެ ދަށުން ޖީޖީއެސްޓީ އާއި ޓީޖީއެސްޓީ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްމަނުބެ
08 June 2025
މިކިޔާ ނުކިޔާ އެއް ނޭންގެ ތިޔަބުނި ގޮތުން ވިއްޔާ ސަރުކާރު ގެ ލަފާކުރާ އާމްދަނީއައް ވުރެ އަހަރު ނިމޭއިރު އިތުރުވާނެތާ ވިޔާފާރިއެއް ކުރާބަޔަކު ވިއްޔާ ބުނަނީ ވިޔަފާރި ވީދަވޭ ، އަދިވެސް ދަށައްށޭ ދަނީ ، އެހެން ވީރު ކިހިއެއްބާ ނުވާ ވިޔަފާރިއަފކުން ސަރުކާރައް މިހާ ބޮޑު އާމްދަނީއެއް މިލިބުނީ ؟ ދެން ސަރުކާރައް ވިމަރައް ފައިސާ ވަން ނައިރުވުސް ، އަމިއްލަބަޔަކައް ޕޭނަމްޓެއް އަދި ޕުރޮޛެކެއްޓެއް ހިންގާނެ ލާރިޔެއްނެއް،
ބަލާށޭ
07 June 2025
ސަރުކާރުން ފެލާ ޓެކްސްފައިސާ އިން ރާއްޖޭން ބޭރަށް އެފައިސާ ޚަރަދު ކޮށްގެން ރައީސްމީހާ އަށްވެސް ދެވޭނީ އޭނާ އެދާ ދަތުރުގެ ބޭނުމާއި އަދި އެކަމަށްދާ ޚަރަދު ތަފްސީލް ކޮށް އިނގޭނެހެން ރާއްޖޭގެ އޮންލައިން ހުރިހާ ނޫސްތަކުގައި ޝާއިއު ކޮށް މާލެ ސަަރަހައްދުގައި ވޯޓްލާ އެންމެންގެ މެދުގައި ވޯޓް ލައިގެން އެ އަދަދަށް ދައުލަތުން ފައިސާ ޚަރަދުކޮށްގެން އޭނާ ބޭރަށް ދާން ޖެހޭނެ ކަން މާލެ ސަރަހައްދުގައި ވޯޓްލާ ރައްޔިތުންގެ %95 ފާސް ވުމުންނޭ އެނޫންނަމަ ނުކުރެވޭނެއޭ
ކަލޯ އަދި
08 June 2025
ކަލޯ މޮޔަ ނުގޮވާ ، މާލެސަރަހައްދުމީހުން އަދި އަމްދުން މާލޭން ސިދާ އޭނަޔައް ވޯޓްދިމް މީހުން މަދުވާނެ ، ހަގީގަތުގައު މީ ރައްރަށު މީހުންގެ ސަރުކާރެއް ، ސަރުކާރު ގެ އިސްމަގާމުތަކުގައި އަދި ކާރީގައި ތިބި މީހުންނައް ބަލާލީމަވެސް އެގޭނެ . ވަރައް ސަލާން
ޝެލަރީ
07 June 2025
ތެދެއް ދޮގެއް ވަކިކުރަން ނޭނގިފަ މިހުންނަނީ ހުވާ
ރަނާވަތު
07 June 2025
ޓެކްސް ބޮޑުކުރި ވަރަކަށް ދައުލަތައް ލިބޭވަރު ބޮޑުވާނެއެވެ. އަންނަ އަހަރުވެސް އަނެއްކާ އިތުރު 8 ޕަސެންޓް ޓެކްސް ބޮޑުކޮއްލާށެވެ. އޭރުން އަންނަ އަހަރުވެސް މި ހަބަރު ޖަހާލެވޭނެއެވެ. ސަރުކާރަށް ޓެކްސްއިން ލިބުނު އާމްދަނީ ބޮޑުވީ ޓެކްސް ބޮޑުކޮށްގެންކަން މިހާރު ގިނަ ރައްޔަތުން ހަނދާނަކު ނުހުންނާނެއެވެ. ސިޔާސީ ވެރިން ބުނާގޮތުންނަމަ "ދިވެހިން ކަމެއްގެ ހަނދާން ހުންނާނީ ގިނަވެގެން 2 ހަފުތާއެވެ."
އުވާލާށޭ
07 June 2025
ޓެކްސް ނެގުން އެއީ ގައުމެއްގެ ހަލާކު އައިސް އެގައުމަކާއި ކުރިމަތިވުމޭ ޓެކްސް ނަގާ ޕޮލިހުންނަށް އެމެންނާއި މަތިކުރާ ޒިންމާ އަދާކުރެވޭތޯ ނޫން އެއް ކަމެއް ވެސް ނުކުރޭ ޑްރަގް ނަގާ ވިއްކާ ބަގަތައް ގިނަވަނީ އެމެން ތެރޭގައި ވެސް ފުލުހުންގެ ވެސް ނެޓްވާރކް އަޅާފައި ވަނީ ޓެކްސް ނުނަގާ މާލެ ސަރަހައްދުން ބިން ވިއްކާ ބިން ވިއްކައިގެންނާއި ދިގު މުއްދަތަށް ކުއްޔަށް ދީގެން ލިބޭ އާމްދަނީ އިތުރުކުރަމުން އިތުރުވާ މިންވަރަށް ޓެކްސް އުވާލާ ކަސްޓަމްސް ޑިއުޓީވެސް
އިފްދެންވަން
07 June 2025
ރާއްޖޭގައި ޓީޖީއެސްޓީ ނުނަގާ އަދި ބީޕީޓީ ނުނަގާ ގްރީން ޓެކްސް ވެސް ނުނަގާ ރިސޯރޓް ތަކުގެ ބިލްޓް އަޕް އޭރިޔާ ރިސޯރޓްގެ %95 އަށް ހުއްދަދީ އަދި މޫދާއި ކަނޑާއި ވިލު ހިއްކައިގެން ރިސޯރޓް ތައް ބޭނުންވަރަށް ހޮޓާ ތަކާއި ގެސްޓް ވިލާ ތަކާއި މޮޓެލްސް ތަކާއި އަދި ގެސްޓް ހައުސް އަޅަން ސަރުކާރުން ހުއްދަ ދީފައިވާނަމަ މިއަދު ރާއްޖެ އަށް ދުވާލަކު 1 މިިލިއަން ގެސްޓުން އެކަނި ޗައިނާ އިން އަންނާނެއޭ ދެން އިންޑިއާ އިން 2 މިލިއަން ގެސްޓުން އަންނާނެއޭ ޓެކްސް ނަގާތީވެ
ވަގުންނޭވަގުންނޭ
07 June 2025
މީރާ އަށް ޓެކްސް ނަގާއިރު މީރާއިން ގާނޫނު ހަދައިގެން ދަނީ ވަރަށް ބޮޑު ވައްކަން ވެސް ކުރަމުންނޭ ސަބަބަކީ ބީޕީޓީ ކިޔާ ނުލިބޭ އާމްދަނީން އެމެން ކޮންމެ އަހަރަކު ކޮންމެ ކުންފުންނަކުން ވެސް ފައިސާ ދަމައިގަނޭ މިިސާލަކަށް މިއަހަރު 1 މިލިއަން ބީޕީޓީ އަށް ދެއްކިނަމަ އަންނަ އަހަރަށް އެވަރަށް ބީޕީޓީ ލިބޭނެ ކަމަށް ބަލާފައި 2 މިލިއަން ފޭރިގަނެއޭ އަމިއްލަ ކުންފުނި ތަކުން މީ ރޯމާ ދުވާލު ވިޔާފާރިވެރިން ލޫޓުވުން ނޫންތޭ މީ މީރާއިން ކުރާ ވައްކަމެކޭ މީ ވައްކަމަކީ
ފެނޭދޯދޯ
07 June 2025
ޓެކްސް އާމްދަނީން ބޮޑު ބައެއް ރާއްޖޭގެ ޚާރިޖީ ވުޒާރާ އަށް ޚަރަދުކުރެއޭ ހުރިހާ ވަޒީރުން ފަތިވަރު ރާއްޖޭން ބޭރަށް ދާން ވެސް ބޭނުންކުރަނީ ޚާރިޖީ ވުޒާރާ ބަޖެޓޭ އަހަރަކު 12 ބިލިއަން ރުފިޔާ އާއި ގާތަށް ތަޅާބުރުއްސައޭ އެވުޒާރާއިން އެމެންނަށް ހިލޭ އެހީގެ ގޮތުގައި ވެސް ނުހޯދޭ 10 މިލިއަން ރުފިޔާ ވެސް މަމެން ބަލައިފީމޭ ރާއްޖޭން ބޭރުގެ އެމްބަސީ ތަކުގެ މުސާރަ އާއި އަދި އެމެން އުޅޭ ލަގްޒަރީ ދިރިއުޅުން މުޅިން ވެސް ޓެކްސް ފައިސާ ތަޅާބުރުއްސަނީއޭ މީވަގުންނަކީ
ދިސްވޭއިން
07 June 2025
ދުނިޔެ އުފައްދަވާފައިވަނީ ގައުމުތަކުގެ ސަރުކާރު ހިންގަން ރައްޔިތުން ފެލައިގެން ޓެކްސް ނަގާ ގޮތަށް ނޫނޭ އިރުއުފައްދަވާ އަދި ސޯލަރ ސިސްޓަމް ގައި ހަނދުލައްވަވާ ދުނިޔޭގެ މޫސުމް ރެގިއުލޭޓް ކުރާ ޕްލެނެޓް އަކީ ހަނދުކަމުގައި ހައްދަވާ މި ދެޕްލެނެޓްގެ ސަބަބުން ދުނިޔެ އަަށް ދިރުން ދެއްވާ ދުނިޔޭގައި އިންސާނުން ކުރިއަށް އޮތް 1 ޒިލިއަން އަހަރު ބޭނުންކުރި ނަމަވެސް ހުސްނުވާނެ ނިއުމަތް ލައްވަވާފައިވާއިރު ޓެކްސް އެއް ދައްކަން ނުޖެހޭދޯ މީ އިކޮނޮމިކް ބޭސްލައިން
ހިމާތް
07 June 2025
ޓެކްސް ނުދައްކާ މީހުން ނުދައްކާ. ކޮންމެ 5 އަހަރަކުން ނުދައްކާ ޓެކްސްތައް މައާފްވާނަމަ، ޓެކްސް ދައްްކާާ މީހުން މަދުވާނެ.