ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އާއި ބިލިއަނަރު އީލޮން މަސްކް އަދި އޭނާގެ ދަރިފުޅު: ޓްރަމްޕާއި މަސްކުގެ ގުޅުން ވަނީ ކުއްލިއަކަށް ވަރަށް ގޯސްވެފައި. -- ފޮޓޯ: އޭއެފްޕީ
08 ޖޫން 2025 - 13:25
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވާފައިވާ، ހަރަދުގެ ބިލަށް އޭނާގެ ކުރީގެ އެޑްވައިޒަރު އީލޮން މަސްކް ފާޑުކިޔަމުން ދާތީ އާއި އެ ބިލަށް ވޯޓު ދޭ ރިޕަބްލިކަން ޕާޓީގެ މެންބަރުންނާ ދެކޮޅަށް ޕްރައިމަރީގައި މަސައްކަތްކުރުމަށް ބައެއް މެންބަރުން ގޮވާލަމުން ދާތީ ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.
އެންމެ ނުފޫޒު ގަދަ ރައީސް އާއި އެންމެ މުއްސަނދި މީހާގެ ގާތް ގުޅުން ކުއްލިއަކަށް ވަރަށް ބޮޑަށް ގޯސްވެ ބަހުގެ ހަމަލާ ދެމުން ގެންދާއިރު ޓްރަމްޕް ވިދާޅުވީ ބިލާ ދެކޮޅު މެންބަރުން އެދެމުންދާ ގޮތަށް، ބިލަށް ތާއީދުކުރާ މެންބަރުންނާ ދެކޮޅަށް މަސްކް މަސައްކަތްކުރާ ނަމަ "ސީރިއަސް ނަތީޖާތަކެއް ނުކުމެދާނެ" ކަމަށެވެ.
އެމެރިކާގެ ދަރަނި ވަރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވޭ އެކަމަކު ޓްރަމްޕުގެ ބަހުން ނަމަ، ބިގް، ބިއުޓިފުލް" ބިލަކީ މަސްކު ބުނާ ގޮތުން އޭނާ ސަރުކާރުގައި ހުރެގެން އެޅި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ބޭނުން ކެނޑޭނެ ބިލެކެވެ.
ބިލާ މެދު އޮތް ދެކޮޅުވެރިކަމުގައި މަސްކުގެ ފާޑުކިޔުން ހަރުކަށިވުމުން ޓްރަމްޕު ވެސް ރުޅިވެރިކަމާ އެކު ރައްދު ދެއްވަން ވަނީ ފައްޓަވައިފަ އެވެ.
މި ބިލާ ދެކޮޅު ބައެއް މެމްބަރުން ވަނީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް މާލީ ގޮތުން އެންމެ ގިނަ އެހީވި އެއް ސަޕޯޓަރު ކަމަށްވާ މަސްކްގެ ކިބައިން، އެ ބިލަށް ތާއީދު ކުރި ރިޕަބްލިކަން މެމްބަރުންނާ ދެކޮޅަށް ޕްރައިމަރީގައި ކޮށްދިނުމަށް އެދިފަ އެވެ.
"އެގޮތަށް ކަންތައް ކޮށްފި ނަމަ ވަރަށް ސީރިއަސް ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ،" މަސްކް އަކީ މީހުންނަށް އިހުތިރާމް ނުކުރާ މީހެއް ކަމަށް ސިފަކުރަައްވަމުން ޓްރަމްޕް ހޮނިހިރު ދުވަހު އެންބީސީ ނިއުސްއަށް ވިދާޅުވި އެވެ.
ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯގެ މަގާމުގައި ހުންނެވި މަސްކާ ގުޅުން ރަނގަޅު ކުރަން ބޭނުން ނުވާ ކަމަށާއި އޭނާއާ މުއާމަލާތް ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްރަވާސް
09 June 2025
ކެޔޮގަނޑު ކަނޑާލީމް ގަހުގެ ބޭނުމެއް ނުވާފަދައިން މިހާރު ޓްރްމްޕަކަށް މަސްކްގެ ބޭނުމެއް ނެތް ކެމްޕޭނަށް ޚަރަދުކޮށްދީފިއެއްނު ވެތިކަމަށްވެސް ހޮވިއްޖެއެއްނު. ނިމުނީ
ބައިޑަން މިޔާ
08 June 2025
ޚަރަދު ކުޑަ ކުރަން އެޅި ފިޔަވަޅަށްވުރެ މި 2 މީހުންގެ މައްސަލަ ބޮޑުވެއްޖެ! ގަދަ
އިހްސާސް
08 June 2025
މަސްކް އަނެއްކާ ދެންއޮންނަ ރިޔާސީ ރޭހަށް އަންނަނީބާ؟
ޑްރިލް
08 June 2025
އެމެރިކާ ގެ ރައީސަށް އެނގިނުލައްވަނީ ބާ، ރާއްޖޭގެ އެލަން މަސްކް، 2007 ވަނައަހަރުން ފެށިގެން ދިވެހި ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރެއްގައި ބައިވެރި ވެލައްވާފައި ގިނަފަހަރަށް އެތައް ފައިދާތަކެއް ހޯއްދަވާފައި ސަރުކާރުތަކާ ފެއަށް ޖެހިލައްވާކަން؟
ނޫން
08 June 2025
މިއީ ސަޅި ދެމީހުން. ކެމްޕޭން ވަރަށް ރަނގަޅު. ނަމޫނާއެއް. ނަމަވެސް މިހާރު މި ހިނގާ ކަންކަމުގައި މަސްކް ތަންކޮޅެއް ވިސްނުން އިސްކުރުން މުހިއްމު. ތިޔަ ދެމީހުން ގުޅިގެން ޔޫއެސްއަށް ރަނގަޅު ބަދަލު ގެނެވޭނެ
ޖައުފަރީ
08 June 2025
ރ.ޑޮނާލްޑު ގެ ހިނިތުންފުޅު ހާދަ ސާދާ ފުޅެވެ. މާސްކާ މި އުޅެނީ އަތްފަޔަށް ހިނި އަރައިގެންތަ ރ.ޑޮނާލްޑާ ޖެހިގަނެގެން. ކަލޭ ކުރާނެ ކަމެއް ނެތިގެން އުޅެންޏާ ގޮސް މާސްކާގެ ވަޅެއް ކޮނެގެން އެރި އޮވެބަލަ މާސްކާ.
އައިމިނާ
08 June 2025
ފޮނި ފިރިހެނެއް. ޝަހާދަތް .