ވަޒީރުންނަށް ސުވާލުކުރުމަށް ފުރުސަތު ދިނުމަށް މީގެ ކުރިން ބޭއްވި "އަހާ" ފޯރަމްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
08 ޖޫން 2025 - 20:13
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެތައް ގަރުނެއް ވަންދެން، ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރާ މަސްވެރިކަމެއް ދަމަހައްޓައި ޒަމާނާ އެއްގޮތަށް ތަރައްގީކުރެވިފައި އޮތުމުން އެކަމަށް ދިވެހިން ހާއްސަ ސަމާލުކަމެއް ދީފައިވާކަން ރަމްޒުކޮށްދޭ ކަމަށެވެ.
އެހެންވެ، ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި އަދި އެ ވެށީގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާ އެކު އަންނަން އޮތް ޖީލުތަކަށް އޭގެ ދުޅަހެޔޮކަންމަތީ ފޯރުކޮށްދިނުމަކީ މިއަދު އެންމެންގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްވެރިން ތަރައްގީކުރަން މީގެ ކުރިން ދުވަހަކު ނުކުރާ ވަރަށް މަސައްކަތްކުރިއަސް، މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަނޑުގެ ވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކެވެ.
"މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަހައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރެ އެވެ. ނަތީޖާއަކީ އަޅުގަނޑުމެން ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން މިކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ މޫސުން ދިގުލައި އޭގެ ނޭދެވޭ އަސަރު ސިނާއަތަށް ކުރަމުންދިއުމެވެ." މެސެޖުގައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ މޫސުމީ ގޮތުން ދިމާވާ ގޮންޖެހުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކޮށްގެން ނޫނީ ހައްލުނުކުރެވޭނެ ކަންތައްތަކެއް ކަމަށެވެ.
ބަވަނަ ވަމުންދާ ދުނިޔޭގައި އެކަމަށް އަވަސް ހައްލެއް ގެންނަން ހުރި ގޮންޖެހުންތައް ގިނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެހެންވެ، މޫސުމީ ބަދަލުތަކަށް ހޭނި، އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ގައުމީ ފެންވަރުގައި ވެސް ފިޔަވަޅުތައް އަޅައި ދުރާލައި ތައްޔާރުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފަރުދީ ޒިންމާ އަދާކުރުމާއެކު ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ނޫއިގުތިސޯދަކީ ނާރެހެއްކަމުގައި ބަލައި ކަނޑުން ލިބޭ ނަފާ އިތުރުކުރަން ގުޅިފައިވާ ސިނާއަތްތައް ސިންދަފާތުކުރަންޖެހޭކަން މިނިސްޓްރީން ފާހަގަކުރެ އެވެ.
އދ. ގެ ޑެކޭޑް އިފް އޯޝަން ސައިންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓުގެ ގޮތުގައި މި ގުނާ އަހަރު ފާހަގަކޮށްފައިވަނީ ކަނޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ފުރިހަމަ ސައިންޓިފިކް މައުލޫމާތު ހޯދަން މުޅި ދުނިޔެއިން މަސައްކަތްކުރާ އަހަރުތަކެއްގެ ގޮތުގަ އެވެ. އޭގެ ދަށުން ރާއްޖެއިން ވެސް ދަނީ ކަނޑުފަޅާއި ފަރު އަދި މި މާހައުުލުތަކުގައި ދިރުންތަކާ ގުޅޭ ދިރާސާތައް ހަދައި އެކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި އާ ޓެކްނޮލޮޖީ އީޖާދުކޮށް ތައާރަފްކުރަން މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނުއަނގަ
10 June 2025
ޝިޔާމު ދެނެވަޑައިގެންބހުންނެވިންތޯ ވާދަވެރި ކަންޑުމަހުގެ ވިޔަފާރީ އަމިއްލަ ވިޔިފާރި ކުންފުނިތަކުން 17.00ރ މަސްކިލޯއެެއ ގަންނަކަން. މިފަކޯއަކަށް ވާދަވެރިއެއް ނުކުރެވޭނު. ވާދަކުރެވޭނަމަ 17.01ރ އަށް ގަންނާނެ. މިފްކާއަށް މަސް ގަންނަ އަގަށްވުރެ ބޮޑުއަގަކަށް މަސް ނުގަނެވޭ ފެންވަރުގައި މިފްކޯއަށް ވިޔަފާރި ކުރެވެންވާނެ. އެހެންނޫނީ ހަމަހަމަ އަގެއްގައި ކުރެވެންވާނެ.
ޑަބަލުނެޓުހެދުން
10 June 2025
މަސްވެރިކަމަށް އޮތްނގޮންޖެހަކީ ތިމާމެން ބޭނުން ކަމެއް ކޮށްފައި މަސްވެރިންނަށް ދިރިއުޅުމަށް ދަތިކުރުން. ފަރުމަހުގެ މަސްވެރިކަމަށް ބަޑިޖެހުމާ ލޭނުއެޅުން ހުއްދަކަމަށް ހަދައި ޤާނީނު ފުލުން ދުއްވާލުން. މުއްސަނދި ޤައުމުތަކުން މިޔަރު ބާނާ އިރު ހުސްނުވޭ. ދިވެހިންނަށް ކަނޑު ބަންދުކުރުން. ހީކުރަނީތަ މަސްވެރި ދިވެހިން ނިދާފަ ބުރާންތި ވެފައިތިބޭކަމަށް. ދިވެހި މަސްވެރިކަމަށް ހުރި ގޮންޖެހުމަކީ ދިވެހި ދައުލަތުގެ މަސްވެރިކަމުގެ ވަޒީރުންގެ ފިނޑި ކަމާ އުނދަގޫ.
ޖިދާ
10 June 2025
މަސްވެރިކަމަށް އޮތް އެއްމެ ބޮޑު ގޮންޖެހުމަކީ ތިކަހަލަ ސިޔާސީ ...
އަސް
09 June 2025
ﷲގެ ރިޒްގު ބޭނޭ އިރާ ނުބޭނޭ އިރު ދާނެ. އަޅުން މަސައްކަތް ކުރަންވީ، ކުރިން ވެސް އާދޭ މަސް ނުބޭނި ދިގުލާ ދުވަސް ތަށް. އަލަށް ވާކަމެއް ނޫން ނުބޭނޭ ދުވަސް އައުން.
ރާވެރިބެ
09 June 2025
މޫސުމަށް އަބަދުވެސް ބަދަލު އާދޭ އަދި އަންނާނެ. މަސްވެރިން މަސްވެރިކަން ފެށީ އިއްޔެއަކު ނޫން. އެ އިރެއްގަ އޮތް މޫސުމަކަށް ބަލައިގެން މަހަށްދަނީ. މަސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހިމަކީ ސަރުކާރު. ކޮންމެ ދައުރެއް ބަދަލުވާ އިރަށް ސިޔާސީ ވެރިން ބަދަލު ދެން އެމީހުންގެ ޙިޔާލު ބަދަލުވީމަ ކިހިނެތް މަސްވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިޔަށް ގެންދެވޭނީ؟
ބިލަބް
09 June 2025
އިޚުލާސްތެރި ހިންގުންތެރިން ނެތުން އެންމެ ބޮޑު ގޮންޖެހުމަކީ. މިނިސްޓުރީގެ ޕުރޮޖެކްތައްދަނީ ފަންފުލުން .ހިސާބު ކިތާބު ދިމާނުވޭ. 》》މިނިސްޓުރީތެރެއިން ލިބުނު މައުލޫމާތެއް《《 ނުރަސްމީ.
ދޮންމޮހޮނާއިމިޔަރު
09 June 2025
ވާނުވާ އެނގިގެން ވާހަކަ ދައްކަބަލަ. މަސްވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދައުލަތުގައި އެކަމަށް އެކަށީގެންވާ ސިޔާސަތެއް ނެތުން. ސިޔާސީ ބޭނުމަށް ޒުވާން މަސްވެރިން ގެންގޮސް ފެނަކަ ކިޔާ ތަނަކުން ކުޑަ މުސާރައެއް ދީ ހިސޯރުކުން. މަސްވެރިން ބާނާ މަސް ކިރޭގޮތެއް ނުވުން. މަސްވެރިންނަށް އައިސް ދެވޭނެ ގޮތެއް ނެތުން. ބާނާ މަހަށް ފައިސާ ނުދެވި ގިނަ ދުވަސްވެ ހާލުގައި ޖެހުމުން މަސްވެރިން އެކަން ދޫކޮށް ލާރިލިބޭ ކޮންމެވެސް އެހެން ކަމަށް ދިޔުން. މިޔަރު ގިނަވުން
މައިހޯ
09 June 2025
މަސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރުން މަހުގެ ހަމަ އަގު ނުދިނުން ، ދެން މަސްވެރިންނަށް އިހުމާލުވުން ، މަސްނުކިރުމާއި ، ފައިސާ ލިބެންޖެހޭ މުއްދަތުގައި ނުލިބުމާއި ، އައިސް ނުލިބުން ފަދަ ގޮންޖެހުން ،
ނޯވޭޒް
09 June 2025
ސަރުކާރުން ކޮންމެހެންނެއް ނުޖެހޭ މަސްވެރިން އަތުން މަސްގަންނާކަށް! ރާއްޖޭގައި އެކަން ކުރިއަސް އެހެން ގައުމުތަކުން މަސްވެރިން ބާނާ މަސް ގަންނަނީ އެތަންތަނުގެ ސަރުކާރުއަކުން ނޫން.
އަލީ އަބްދު
09 June 2025
މަސްވެރިންނަށް އޮތް އެންމެ ބޮޑުގޮންޖެހުމަކީ މިޔަރު ހިމާޔަތްކުރުން.
އަބުދު
09 June 2025
ތި މިނިސްޓަރަށް ނޭނގޭ ކަނޑުގެ ފިނިހޫނުމިންވެސް.