ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި އޭސީޕީ އަހްމަދު ޝަމީމް އާއި ޑީސީޕީ އިސްމާއިލް ނަވީން އަދި ޑީސީޕީ ފަރުހާދު ފިކުރީ.
09 ޖޫން 2025 - 20:15
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން ވެސް އެ މަގާމަށް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމައިފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިދިޔަ މޭ މަހުގެ 27 ގައި ހުޅުވައިލުމުން އެޕްލިކޭޝަން ހުށަހެޅުއްވީ ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީނާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޝަމީމެވެ.
އެ ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް ވަނީ ނިންމާލައިފަ އެވެ. އެހެންވެ، އެ ބޯޑަށް ފެނުނު ކަންތައްތަކާއި މާކްސްތައް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވަނީ ފޮނުވައިފަ އެވެ.
އެ ބޯޑުގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކުރިމަތިލެއްވި ތިން ބޭފުޅުންގެ ވެސް ޝަރުތު ހަމަވާ ކަމަށް ބޯޑުން ވަނީ ކަނޑައަޅައިފަ އެވެ. އެ ތިން ބޭފުޅުން އިންޓަވިއުކޮށް މާކްސް ދިނުމަށް ފަހު، އެ މިނިސްޓަރާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ތިން ބޭފުޅުންނަކީ ވެސް ފުލުހުންގެ ހިދުމަތުގައި ވަރަށް ވަރުގަދަ ތިން ބޭފުޅުން، އެހެންވެ، އެ ބޭފުޅުންގެ ޝަރުތު ހަމަވާނެ. ގާބިލްކަމާއި ތަޖުރިބާ ހުންނާނެ،" ބޯޑުގެ މެންބަރު ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށްފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. އެހެންވެ، އެ ތާރީހުގެ ކުރިން އާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅަކު އައްޔަން ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އެކަމަކު، ޝުޖާއު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ނުވަތަ ރިޓަޔާ ކުރެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ.
ޝުޖާއުގެ އިސްތިއުފާއާ އެކު، އެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދުއާ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓްރީން އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު ނަވީންއާ އެ މަގާމު ވަގުތީ ގޮތުން ހަވާލުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައްލު
10 June 2025
ގާނޫނުގައި ބުނާ މުއްދަތު 45 ދުވަހުގެ މުއްދަތު މިހާރު ވަނީ ހަމަވެފައި ތިކަމަށް. މުއިއްޒޫ ޒިންމާ އަދާކޮއްލަބޭ.
ބަދަލް
10 June 2025
ޕޮލިސް ވަކި ބޮޑު ތަނެއްގް ގޮތުގައި ނުބާއްވާ ހޯމްލޭންޑުގެ ދަށުން ޓުރެފިކު އެންޑް ޕަބްލިކް އޯޑާ ޑިވިސަނެއްގެ ގޮތުގައި ބޭއްވީމަ ހަރަދުކުޑަވާނެ. މިހާރު މާ ހަރަދު ބޮޑު. ނަތީޖާއެއް ނުފެނޭ!!
ރިއަލް
10 June 2025
100 ގެ ވާހަކައެއް. މިހާރު އޮތްގޮތުން އެމީހުންގެ އައުލާދުގެ އޭޑީކޭއަ ޓުރިޓޮޕް މެޑިކަލުވެސް ރައްޔިތުންގެ ފައިސާއިން. އެއީ އަހަރަކު އެތައް މިލިއަން މިލިއަން ރުފިޔާ
ހާމަކުރޭ
10 June 2025
ރައްޔިތުންގެ ޓެކުސް ފައިސާއިން ތަންމިނުގެ ބޮޑު މުސާރަދޭ މިކަހަލަ މަގާމުތަކައް ޝޯޓުލިސްޓުކުރާ މީހުންގެ ތައުލީމީ ފެންވަރާ ހިދުމަތުގެ ރެކޯޑާ ޑިސިޕްލިން ރެކޯޑު ރައްޔިތުންނަށް ހާމަކުރަންޖެހޭ. އޭރުން ރައްޔިތުންނަށް އިގޭނީ ކީއްވެގެންކަން އެމީހަކަށް މަގާމު ދިނީ،،، މަގާމު ދިނީ ރަނގަޅަށް ތޯ ވެސް. މީން މީހަކު އެމަގާމުން ރިޓައާ ކުރުމަކީވެސް އެއް ފަހަރުން ބިލިއަނަރަކަށް ހެދުން ކަހަލަ ކަމެއް، އެހާވެސް ބުރަބޮޑު މާލިއްޔަތަަށް!
ރުމާލު1
10 June 2025
2000 އަށް ވުރެ ގިނަ ސިޔާސީ މަގާމު ފެންފޮދަކާ ނުލާ ބަހާލިއިރު އޭގެ ގިނަ މީހުން އޯލެވަލުންވެސް ފާސްނުވާ ކަމާއި އެކަމަކު މުސާރަ 30000 ރ އިން މަތިކަމަށް އަޑުއިވޭ. އެވެސް ފޮރުވައިގެން މުއިޒު އެހެރީ. ނިކަން ސިއްރުވެރި ވެރިކަމެއް މީ ކަލޯ
ފެންވަރަކީ ކޮބާ؟
10 June 2025
ތީގެން ކޮން ބައެއްގެ ޑިގުރީ ނުވަތަ މާސްޓާސް އޮތީ؟ ޢަދި އަހުލާގީ މިންގަނޑު؟
ލިޔާ
10 June 2025
މިސަރުކާރުގައި ފެންވަރު ދަށްވި ވަރެއް ރަގަޅުވާނި
ލޮލްޒ
10 June 2025
އެ ޝަރުތަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ރައީސުލް ޖުމްހޫރިއްޔާއަށް ހިދުމަތް ކުރުންތަ؟ ހަމަވާނެ އެ ޝަަރުތު.
ފަގީރުކޮއި
10 June 2025
ގާނޫނުގައި ބުނެފައިވާ މުއްދަތު 45 ދުވަހުގެ މުއްދަތު މިހާރު ވަނީ ހަމަވެފައި. މި މުއްދަތުގެ ތެރޭގައި ސީޕީއަކު ކަނޑައެޅިފައި ނުވޭ. ސުވާލަކީ މި މުއްދަތަށްފަހު ދެން އައްޔަންކުރާ ސީޕީއަކީ ގާނޫނީ އިމުގެ ތެރެއިން އައްޔަން ކުރެވޭ ސީޕީއަކަށް ވާނެތޯ؟ ކޮބާތޯ އިއްޒަތްތެރި ގާނޫނީ ވަކީލުން މިކަމަށް ލަފައެއް ދެއްވަބައްލަވާ.
ހައްޖަ.
10 June 2025
3 މީހުން ލާރި ކާލަ ކާލާ ތިބޭ 5 އަހަރު ވާއިރު ވާނެ ހައެތި ވެފަ އޮންނާނީ.
ނުރަބީ
10 June 2025
ކުރިން ޝަރުތު ހަމަނުވާ ކަމަށް ބޯޑުން ނިންމި. މިހާރު ސަރުރު ހަމަަވޭ. މިއޮތީވާ ގައުމެއް ކަލޭނޭ
ޕޮއްޕަޓު ލާލު
10 June 2025
3 މީހުން އިސްތިއުފާ ދިނުން ބުއްދިވެރި
އ އަހްމަދު
10 June 2025
ތީގަވާނެގޮތަކީ ވެރިމީހާ ވިދާޅުވާގޮތަކަށް ކަންކުރާނެމީހާނޫންމީހަކު ތިމަގާމަކަށް ނުލާނެ އެދެންޔަގީންކަމެއް ހުވާކުރާއިރު ސިއްރުންޖެހޭނެ އެތަންކޮޅުވެސް “އަދިވިދާޅުވިގޮތަކަށް”ކިޔާލަން