އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ
11 ޖޫން 2025 - 10:11
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އިސްލާމީ ގައުމުތަކުން ބިން ދޭންވީ ކަމަށް ބުނެ، އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ވާހަކަ ދައްކައިފި އެވެ.
ބީބީސީއަށް ދިން އިންޓަވިއުއެއްގައި ހަކަބީ ބުނީ "އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދުގެ 644 ގުނަ އިސްލާމީ ގައުމުތަކުގައި އެބައޮތް" ކަމަށެވެ.
"އެހެންވީމާ، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ވިސްނުން ހަމަ ހަގީގަތުގައި ވެސް އޮތް ނަމަ، އެ ދައުލަތަކަށް ޖާގަ ދޭން ބަޔަކު ހުށަހަޅަންވީ،" އޭނާ ބުންޏެވެ.
އެކަމަކު ވަކި ގައުމެއްގައި ފަލަސްތީނުގެ ދައުލަތެއް ހަދާ ވާހަކައެއް ނުބުނެ އެވެ.
މި އިންޓަވިއުގައި އޭނާ ވަނީ އެމެރިކާގެ އެކުވެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އިން، އިޒްރޭލުގެ ހަރުކަށި ފިކުރުގެ ދެ ވަޒީރަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެކަން ވަރަށް ބޮޑަށް ކުށްވެރި ވެސް ކޮށްފަ އެވެ.
އިޒްރޭލާއި ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އުފެއްދުމަކީ ބައިނަލްއަގުވާމީ ތާއީދު އޮތް ހައްލުގެ ގޮތުގައި ބެލެވިފައިވާ ވާއިރު ހަކަބީ ވަނީ އެއީ "އުންމީދެއް" ކަމަށް ސިފަކޮށްފަ އެވެ. ދެ ދައުލަތުގެ ހައްލުގައި ގޮވާލަނީ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރި ހިމެނޭ ގޮތަށް އަދި އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށެވެ.
ބްލޫމްބާގަށް ދިން އެހެން އިންޓަވިއުއެއްގައި ހަކަބީ ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެމެރިކާއިން މިހާރު ބާރު ނާޅާ ކަމަށް ބުނެފަ އެވެ.
ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް ފަހުން ވަނީ ހަކަބީ ވާހަކަ ދެއްކީ "އަމިއްލަ ހައިސިއްޔަތުން" ކަމަށް ބުނެފަ އެވެ. އަދި މެދުއިރުމައްޗާ ގުޅޭ ގޮތުން އެމެރިކާގެ ސިޔާސަތު ކަނޑައަޅާނީ ރައީސް ކަމަށް ވެސް ބުންޏެވެ.
ފްރާންސާއި ސައޫދީން މި މަހުގެ ފަހުކޮޅު، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ގުޅޭ މަގުޗާޓެއް ކަނޑައެޅުމުގެ ބޭނުމުގައި އދ.ގައި ކޮންފަރެންސެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ހަކަބީ ވަނީ މިއީ ނުބައި ވަގުތެއްގައި ބާއްވާ ގޮސް ބައްދަލުވުމެއް ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެރަރިސްޓުޔއސ
13 June 2025
އެމެރިކާގަ އެބައޮތް ބިން އެތަނުން ދީގެން ތިބެންވީނު. މީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ވަބާއެއް. ޒަޔަނިޒަމަށް ނޫނެކޭ ބުނަންޖެހޭ އެންމެންވެގެން އަހަރެމެން މާދުރުގަ ތިބީމަ ގައިކޮޅުގައިގާ ދުރު ކިޔައިގެން ތިބެވޭކަށް ނެތް. މި ޤައުމުގެ ރައްޔިތުންނަށްވެސް ކުރެވޭނެ ކަމެއް އެއީ އެމީހުންނަށް ފަންޑުކުރާ ކުންފުނިތައް ބޮއިކޮޓްކުރުން. ކޮކާ ކޯލާއަށް ނޫނެކޭ ބުނަމާ! ބޮނަކުއާ ފެން ނުބޮމާ!
އީމަން
13 June 2025
ސަފީރު ހޭބުދިއް ސާލަމަތުން ތޯ ހުރިކަމުގެ ސުވާލު އުފެދޭ ؟
ސަރީރާ
12 June 2025
އެމެރިކާ ބޭނުންހާ ކުޅިއެއް ނުކުޅެވޭނެ އަބަދަކު. މިހާރު ދުނިޔެ މިދަނީ ބަދަލުވަމުން. މިފަހަރުވެސް ޓްރަމްޕް ސަލާމަތްކޮށްދިނީ ޒަޔަނިސްޓުންނަށް އަޅުދާސްވާ އަރަބި ގައުމުތަކުން. އަރަބީންގެ ޔަހޫދީކަން އެހާ ބޮޑުނޫންނަމަ ފަލަސްތީނަށް އެ ހާލެއް ނުޖެއްސޭނެ. އެކަމަކު އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަހަކު އެގޮތަކަށް ނޫޅެވޭނެ.
ޢަރަފާތު
11 June 2025
ޔަހޫދީ ބައިގަނޑު ހަމަ ރަނގަޅަށް ވެސް އެތިބީ މޮޔަ ބޮލަށް އަރާފަ. އިންޝާﷲ، ފަލަސްޠީނުގައި ފަލަސްޠީނުގެ ދައުލަތް ވެސް އުފެދޭނެ.
ށސ11
12 June 2025
ބޭފުޅާ އެމީހާއަކީ ކްރިސްްޓިއަނެއް. ޔަހޫދީންނާ ކްރިސްޓިއަނުންނާ މީ މުސްލިމުންނާދެކޮޅަށް އެއްބައިވާ ބައެއް. އެމެރިކާއާ ހުޅަނގުުގެ ނުބައިނުލަފާކަމުން ސަލާމަތްވާން އެބަޖެހޭ.
ރާކީ ސާވެންޓު
11 June 2025
މަހާވީ ޑެޒާޓުގަ އިޒްރޭލު ހަދާ، އެ ދައުލަތް ގަބޫލުކޮށް އެއީ ދުނިޔޭގެ ވެރިރަށަށް ހަދަން ފެނަންނީ. ހިމާޔަތްކޮށް، ވެރީންގެ ނެޕީ ބަދަލުކޮށްދޭންވެސް ފަސޭހަ ވާނެ.
މީޓޫ
11 June 2025
މީ އަޅެ ކާކު، އެމެރިކާގަ ޒަޔަނިސްޓުންގެ ކޮށްޓެއް އަޅާފަ އެތަނަށް އެމީހުން ގެންދެބަލަ....
ރާވެރިބެ
11 June 2025
މާރަގަޅުވާނެ ބިން ބޮޑު އެމެރިކާއިން އިޒްރޭލް ހަދަން ބިމެއް ދިނިއްޔާ. ފަލަސްތީނަކީ އެތަށް ހާސް އަހަރުވަންދެން އޮތް ގައުމެއް. އިޒްރޭލަކީ މަކަރުވެރި ރޭވުމަކުން ދެވަނަ ބޮޑުހަގުރަަމައަށް ފަހު އެތަށް މިލިއަން ފަލަސްތީނުމީހުން ގަދަކަމުން ބޭރުކޮށް އިހިރޭސިންނާ އެމެރިކާ އިސްވެ ތިބެ އުފެއްދި ތަނެއް. ބޭރުކުރަން ޖެހެނީ އެ ޔަހޫދީން.
މުޙައްމަދު123
11 June 2025
ތެލްއަވީވާއި ހިފާފައިވާ ޤުދުސުގައި އުޅޭ ޔަހޫދީ އާބާދީގެ އަށްވުރެ ބޮޑު ޔަހޫދީ އާބާދީއެއް ހަމައެކަނި ނިޔުޔޯކުގައި އެބައުޅޭ. އެތަން ރަނގަޅެއްނު އިޒުރޭލަށް ދޭން
ހައްވަކޮ
11 June 2025
ކަލޭ ގައުމުން އިޒްރޭލޭ ކިޔުނު ބައިގަނޑަށް ބިން ދިނަސް ހަމަ ހެޔޮވަރުވާނެ
ބެއްޔަ
11 June 2025
އިޒްރޭލުގެ ދައުލަތް ވޮޝިންޓަން ޑީސީގެ މެދުތެރެއިން ހަދަން ފެނޭ...