އީރާނުގެ ވެރިރަށް ތެހެރާންގެ ތެޔޮ ސާފުކުރާ ކާރުހާނާ އަކުން މީހުން ދިރިއުޅޭ އިމާރާތްތަކުގެ މައްޗަށް ދުން އަރަނީ
15 ޖޫން 2025 - 23:50
އިޒްރޭލާއި އިރާނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިރާނުގެ ޑިފެންސް މިނިސްޓްރީ އަށް ވެސް އިޒްރޭލުން މިއަދު ހަމަލާ ދީފި އެވެ.
އިޒްރޭލުން ހަމަލާ ދިނީ އިރާނުގެ ޑިފެންސް މިނިސްޓްރީގެ އިތުރުން އެ ގައުމުގެ އެނާޖީ އިންޑަސްޓްރީގެ މަރުކަޒުތަކަށެވެ.
އިރާނުގެ ދެކުނުގެ ބުޝެހުރު ޕްރޮވިންސްގެ ކަނޑުގެ އައްސޭރީގައި ހުންނަ ގޭސް އުފައްދާ ފެސިލިޓީއަކަށް ވެސް އިޒްރޭލްގެ ހަމަލާތައް އަމާޒުވި އެވެ. އެއީ އީރާނުގެ ރައްޔިތުންނަށް ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް 70 ޕަސެންޓް ފޯރުކޮށްދޭ މަރުކަޒެވެ.
އިޒްރޭލުން ބުނީ އީރާނުގެ އިރުމަތީގެ މަޝްހާދު އެއާޕޯޓުގައި ތޮޔަ އަޅަން ޖައްސާފައި އޮތް އަސްކަރީ މަތިންދާބޯޓަކަށް ވައިގެ މަގުން ހަމަލާ ދީފައިވާނެ ކަމަށެވެ. އެއީ އަސްކަރީ އޮޕަރޭޝަން ފެށި ފަހުން އެންމެ ދުރުން ދިން ހަމަލާ ކަމަށް އިޒްރޭލުން ބުންޏެވެ.
އިޒްރޭލުން ބުނިގޮތުގައި، އެ ހަމަލާ ދިނީ ގާތްގަނޑަކަށް 2،300 ކިލޯމީޓަރު (1،429 މޭލު) ދުރުންނެވެ.
އިޒްރޭލްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އިރާނުގެ ހުޅަނގު ސަރަހއްދުގެ މިސައިލް ސައިޓްތަކެއް ކަމަށް ބެލެވޭ ތަނަކަށް އަމާޒުކޮށް ވެސް ވައިގެ ހަމަލާތަކެއް ދީފައި ވާނެ ކަމަށެވެ.
އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އިޒްރޭލްގެ ހަމަލަތާކުގެ ސަބަބުން އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ބަލިކަށި ކޮށްލާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކިއޯ
16 June 2025
އިސްލާމް ދީންއަކީ މާތް ﷲ ދެއްވާ އެއްޗެއް ނުލިބެން ހުރި މީހަކަށް ނުލިނބޭނެ
މމމމމމމމމމ
16 June 2025
ޒަޔަނިސްޓް ނަތަންޔާހޫ ބުނާ އެއްޗެއް ކަލޭމެންވެސް ރިޕޯރޓުކުރަން ތި ތިބެނީ؟
ޢެބުނިހެން
16 June 2025
ބޭރުގެ ޕްރޮޕަގަންޑާތަކުން ސަލާމަތްވާން ދިވެހި ނޫސްވެރިން ދަސްކުރަންޖެހޭ...
ސަލީމު އިދުރީސް
16 June 2025
ޒަމާނީ ހަގުނގުރާމަ ކުރެވޭ ވަރުގައުމެއް އަރަބިން ތެރޭގަ ނެތޭ މަގޭ ކުރިންވެސް ބުނިން! ކޮމެއްޓުކުރާ އަފުރާސިއާބު ބުނޭ އެމެރިކާގެ ޑުރޯނެއް އެތަން ހާސް ފުޓު މަތީގަ އޮއްވަ މަދު ސިކުންތު ކޮޅެއް ތެރޭ އިރާނުން ވައްޓާލި ވާހަކަ އެވަރު ގައުމެއްގެ ޑިފެންސް މިނިސްޓުރީއައް ތިހާފަސޭހައިން ހަމަލާ ދެވިގެން ނުވާނެ
ރަދީފްއޮފިޝަލް މުނާ ފިގް ސައްލެ
16 June 2025
ސަލީމް.މީގެ 50 އަހަރު ކުރީގެ ޓެކްނޮލޮޖިީގެ އެހީގަ ކަޓިން އެޖް ޓެކްނޮލޮޖީގެ ކުރިމަތީގަ އިރާނުން އެދައްކާ ހިތްވަރު އެއީ ކުޑަކަމެއް ނޫން.އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅަ އަޅާފަ އޮތްއިރު ވެސް އެމީހުން ބަލިކަށި ނުވެ އޮތް އޮތުން އިބްރަތަކަށް ނުފުދޭތޯ!!؟؟ އެމެރިކާގެ ޖީބުގަ އޮންނަ ދަރި އިޒްރޭލް އެއީ އެމެރިކާގެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގަ މުސްލިމް ގައުމުތަައް ފުނޑާލަން ނިކުމެ އުޅޭ ބައިގަނޑެއް.ސަލީމް ތި ނަތަންޔާހޫގެ ފޭނެއްކަން އެނގޭ.ވ.ވެދުން
ވާނުވާބެ
16 June 2025
ހަނގުރާމަ އިއުލާނު ކުރުމުގެ ކުރިން ކުރީބައިގަ ޔަހޫދީ އެޖެންޓުން ވަނީ އީރާންގެ މުހިންމު އެތައްތަނަކަށް މަކަރާ ޖަހައިގެން ބޮންއަޅާ ހަލާކުކޮށްފަ. މިއީ ސީދާ ކުރިމަތި ލުމަކަށް ގޮސްގެން ބަލިވެދާނެކަން ޔަގީންވާތީ ކޮށްފަ އޮތް ކަމެއް. މިހާލަތުގަވެސް ދޫނުދީ އިރާނުން އިޒުރޭލަށް ހަމަލާ އެދެނީ ވ.ހިތްވަރު ގަދަކަމާއި ޖެހިލުންކުޑަކަމުން. މިހާރު އިޒުރޭލުގެ ޓާގެޓަކީ ވެރިކަމުގަތިބި މީސްކޮޅު މަރާފަ ވެރިކަން ބަދަލުކޮށްގެން ނަމަވެސް އިރާންގެ ކިބައިން ސަލާމަތްވުން.
އަރަބިން
16 June 2025
އީރާން އެއީ އަރަބިން އުޅޭ އަރަބި ގައުމެއްތަ!؟ އެކައްޗެއް ނޭގުންސް ކޮމެންޓް ކުރާތި!
ރަދީފްއޮފިޝަލް / ބަތަންޔާހޫގެ ބަދިގެއިން
15 June 2025
ނަތަންޔާހޫ ކަލޭ ވެސް މަރުވާނެ ކޮންމެވެސް ދުވަހަކުން.ޝެރޯނަށް ވުރެ ބަލިކަށި ހާލަތުގަ އޮވެ ކަލޭ ނިމިގެންދާނެ ފަދަ ގޮތެއް މާތްﷲ މިންވަރުކުރައްވާށި.އާމީން.
ޡޫގާ
16 June 2025
ޢޭނާ ވިޔަސް އިސްލާމް ވެއްޖިޔާ އޭނާއަކީ ސުވަރުގެ ވެރިޔެށް......
ކާފު
16 June 2025
ޡޫގާއަށް. އެކަލޭގެ އިސްލާމް ވެދާނެ ކަމާއިމެދު ޝައްކު. މިހާރުވެސް އެއުޅެނީ ފިރުއައުނު ހެދިގެން.
ގާފް
16 June 2025
ޔޫހާއަށް. ޤުރުއާން ދިވެހި ތަރުޖަމާއާއި އެއްކޮށް ކިޔާ ލެއްވުން އެފެން.
އިންސާފް
16 June 2025
ޙިދާޔާތް ދެއްވަނީ މާތްﷲ. ފިރުއައުނަށް ވެސް ފުރުސަތު އޮތް. އެކަމަކު ޖިބްރީލްއަލައިހި ސަލާމް ފިރުއައުނުގެ އަގަޔަށް މަށިލައްވައި އޭނާއަށް އީމާންވާން ކަލިމަ ކިޔަން ފުރުސަތު ނުދިނީ، އެއީ ޖިބްރީލް އަލައިހިސަލާމް ބޭނުން ނުވީ އޭނާ ދުނިޔެމަތީގައި ކޮށްފައި ހުރި ކަންކަމަށް އަޒާބު ނުލިބި އީމާންވެގެން ސަލާމަތްވާން.. އަހަރުމެންވެސް ނޭދެން ނަތަނަންޔާހޫއަށް ރަގަނޅު ގޮތެއް ދެ ދުނިޔޭގައި ވެސް ވާން...
ކިރުސައި 2.0
16 June 2025
އިންސާފް، ކަލޭ ކޮންތާކުން ހޯދި ވާހަކައެއްތަ ތިއީ. ﷲ ބާވައްލެއްވި ޤުރުއާނުގަ ފިރުއަނުގެ ހާދިސާ ބަޔާންކުރައްވާފައިވަނީ ވަރަށް ސާފުކޮށް. އިންސާނަކަށް ތެދުމަގުދައްކަވަން ނުވަތަ އޭނަގެ ޖަޒާ ކަޑައެޅުން ވަނީ އެ އިންސާނާގެ ވެރި އިލާހަށް އެކަނި. ޖިބުރީލަކަށްވެސް އަދި އެހެން މަލާއިކަތަކަށްވެސް އެފަދަ ބާރެއް ދެއްވާފަ ނުވޭ/