އިރާނުން މިސައިލް ހަމަލާތަކެއް ދިން އިޒްރޭލްގެ ތެލްއަވީވްގެ ސަރަހައްދު، އެ ހަމަލާތަކުގައި ތިން މީހުން މަރުވި
16 ޖޫން 2025 - 10:26
އިޒްރޭލްގެ ވެރިރަށް ތެލްއަވީވަށް އިރާނުން ރޭ ފަތިހު ވަރުގަދަ ހަމަލާތަކެއް ދީ، ތިން މީހަކު މަރާލައިފި އެވެ.
ފުލުފުލުގައި ދިން މިސައިލް ހަމަލާތަކުގައި ގިނަ ބަޔަކު ޒަހަމްވެ، ހަމަލާ އަމާޒުވި އިމާރާތްތައް ވަނީ ފުނޑުފުނޑުވެފަ އެވެ.
އިރާނުގެ ހަމަލައާ ގުޅިގެން ޒަހަމް ވެގެން އިޒްރޭލުގެ 74 މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ނިއުސް އެޖެންސީތަކުން ބުންޏެވެ. ތެލްއަވީވަށް އިރާނުން އަނެއްކާ ވެސް ވަރުގަދަ ހަމަލަތަކެއް މި ދިނީ އިޒްރޭލުން، އިރާނުގެ ތެހެރާނަށް ހަމަލާ ދިންތާ ހަތަރު ގަޑިއިރު ފަހުންނެވެ. އިރާނުން އިއްޔެ ވަނީ އިޒްރޭލްގެ ޕޯޓް ސިޓީ ރަށް ހައިފާ އަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި އިޒްރޭލްގެ ހަތަރު މީހަކު މަރުވި އެވެ.
އިޒްރޭލުން އިރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 224 މީހުން މިހާތަނަށް ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 70 އަންހެނުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަނީފް
16 June 2025
ފުލުފުލުގަ މިސްއިލް ފޮނުވާ އިމާރާތްތައް ފުނޑުފުނޑުކޮށްލާއިރު އެންމެ ތިން މީހުނެއްނޫން މަރުވާނީ. އެއަށްވުރެ މާގިނަ މީހުން މަރުވާނެ. ދުވަހަކު ތެދެއް ހަދާ ބައެއްނޫން ތި ޔަހޫދީންނަކީ.
ކޮންވައްތަރު
16 June 2025
އިރާނުންދޭ ވަރުގަދަ ހަމަލާ ތަކުކުގަ 20 މީހުން މަރުވެއްޖެ އިޒްރޭލުން ދިން އާދައިގެ ހަމަލާތަކުގަ 200 މަރު
ސްލީމު އިދުރީސް
16 June 2025
ދަގަނޑު ހޮބުރި ތަކައް ގޮވާތަކެ ޅާފޮނުވާލެވުނަސް އެއީ ވަރުގަދަ ހަމަލާތަކައް ނުވާނެ އެއްޗެތި އަމާޒައް ވާސިލު ކުރެވޭނެ ޓެކުނޮލްޖީ ނެތިއްޔާ ބަދަލުގަ އިޒުރޭލުން ހުރަހެއްނެތި ދެހެރާނުގެ މެދައް ހަމަލަ ނުދެވޭނެ މިޒަމާނުގެ ދިފާއީ ނިޒާމު ހުރިނަމަ! މިޒަމާނުގަ ރައްބޭރުގަ ކަންޒުކޮނެގެން ގައުމުދިފާއު ނުކުރެވޭނެ އީރާނުގެ ދިފާއު ވަރުގަދަ ކުރަންޖެހޭ މަގޭވެސް ހިމެނޭގޮތައް ގިނަދިވެހިންނާއި ދުނިއޭގެ ގިނައަދަދެއް މުސްލިމުންގެ އުންމީދު ގުޅިފްވްނީ އިރާނާ
ދަނގަޑު ހޮޅިއޭ
16 June 2025
ބަލަ ބެއްޔާ..އިރާނުގެ ހައިޕަރސޮނިކް މިސައިލްތައް އިޒުރޭލްގެ ދިފާއީ 6 ނިޒާމު ފޫއަޅުވާލައި އިޒުރޭލްގެތެރެއަށް އަރާ ބައެއް ބިންގަރާސްތައްވެސް ހަލާކުވެ ބައެއް މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވި ކަމެއް ނޭނގޭތަ؟
ރަދީފްއޮފިޝަލް / ނަތަންޔާހޫގެ ސްކެލެން ޓްރޭންގަލް
16 June 2025
ސާބަހޭ އިރާން.ރަނގަޅަށް ވާންކޮށްފަ ބަހައްޓާތި.
ބަރުބާދު.
16 June 2025
މިހާރު އިރާނު ކުޑަކޮށް ރަނގަޅު އެބަވޭ! އަވަހަށް ފުލު ފުލުން އެޓޭކުދީ ނަތަނެޔާހޫގެ ބައިގަނޑު ސައިޒުކޮށް ފަލަސްތީނު ބިމުން އެމީހުން ބޭރުކުރެވޭތޯ ބަލާބަލަ