މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން: ޖީއެސްޓީއާ ގުޅޭ ގޮތުން މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ބަލައިނުގަތުމަށް ވަނީ ފާސްކޮށްފައި. --
17 ޖޫން 2025 - 10:20
ވިއްކާ މުދަލަށް ނުވަތަ ދޭ ހިދުމަތަކަށްވާ ފައިސާ ނުލިބެނީސް، ވިޔަފާރިތަކުން ދައުލަތަށް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްނުކޮށް ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓަށް އެހުމުން 36 މެމްބަރަކު ވޯޓު ދެއްވީ ބަލައިނުގަތުމަށެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 10 މެމްބަރުންނާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެވެ.
ކެޔޮދު ދާއިރާގެ އެމްޑީޕީގެ، މެމްބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި އެ ގަރާރުގައި ވަނީ މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ ލާޒިމްވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
އެ ގަރާރުގައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. ގައި ޖީއެސްޓީ ލާޒިމުވާ ވަގުތު ކަމަށް ބަލަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި އަގު ނުވަތަ އަގުން ބައެއް ނަގާ ވަގުތު ކަމަށެވެ. އެގޮތަށް އޮތުމުގެ ސަބަބުން އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވި ނަމަވެސް އެ މުދަލެއްގެ ނުވަތަ ހިދުމަތުގެ އަގު ވިޔަފާރިތަކަށް ނުލިބި އޮތުމަކީ އާންމު ކަމަކަށްވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.
އެ ގަރާރުގައި ބުނީ މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ އެ މުދަލެއް ވިއްކި އަދި ހިދުމަތް ފޯރުކޮށްދިން ފަރާތުގެ ބާރު ހިނގާ ކަމަކަށް ނުވާއިރު، އެ ފަރާތުން ވަކި މުއްދަތެއްގެ ކުރިން ދައުލަތަށް ޓެކްސް ދެއްކުން ލާޒިމު ކުރުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.
ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ފަހު އޭގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކޮށް އެ ތަންތަނަށް ހުށަހެޅިޔަސް، އެ އިންވޮއިސްތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ވެފައިވާ ކަމަށް ވިޔަފާރިވެރިން ބުނާ ކަމަށެވެ. އަދި ފައިސާ ނުލިބިގެން ޓެކްސް ނުދައްކާ އޮތަސް އެ ވިޔަފާރިތަކަކީ ދައުލަތަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކެއް ކަމަށް ދައުލަތުން ކަނޑައަޅާ ކަމަށް ވެސް ގަރާރުގައިވެ އެވެ.
އޭގެ ސަބަބުން ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އެފަދަ ވިޔަފާރިތަކާ މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ، ގަރާރުގައި ބުނެފައިވާ ގޮތުގައި، ދައުލަތުން ހިންގާ އިގްތިސާދީ ޖަރީމާއެކެވެ.
އޭގެ ސަބަބުން ވިޔަފާރިތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާތައް ގެއްލި އަދި ރާއްޖޭގެ އިގްތިސާދު ހީނަރުވެ، މީހުންގެ ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ ކަމަށް ފެންނާތީ، މަޖިލީހުގައި އެ މައްސަލާގައި ބަހުސް ކުރަން ގަރާރުގައި ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުނބާ
17 June 2025
ބަލަގަ ތިޔައީ ތިކަން އޮތްގޮތޭ އަންނިގެ ވެރިކަމުންސުރެ.އަންނިގެ ސަރުކާރަން ތިގާނޫނު ފުރަތަމަ ގެނައީ އަދި އިބޫގެ ސުޕަމެޖޯރިޓީ 5 އަހަރުވެސް ތިޔަކަންއޮތީ ތިގޮތަށް
އަޑަފި
17 June 2025
ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާ ބިލްތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ވާއިރު، ބިލް ހަދާ ތާރީޚުން ފެށިގެން ޖީއެސްޓީ ދަންކަންޖެހުމަކީ، ދެވޭ އަނިޔާއެކެވެ. މިކަމަކީ އިސްލާޙް ކުރަންޖެހޭ ކަމެކެވެ.
ހަހަ
17 June 2025
އަސްލު ހަގީގީ ކުލަ ފެނިއްޖެއެއްނު...ރައްޔިތުން ވިސްނާ
މުރާސިލް
17 June 2025
ރައްޔިތުންގެ މަޖުލީހުގައި ތިޔަ ތިއްބެވި އިއްޒަތްތެރި މެންބަރުންގެ އިއްޒަތްތެރިކަމާއިއެވެ. ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް، ޚާއްސަކޮށް ސަރުކާރަށް މުދާ ސަޕްލައިކުރާ ފަރާތްތަކުން، ސަރުކާރަށް ސަޕްލައިކުރާ މުދަލަށް ސަރުކާރުން ފައިސާ ނުދައްކާ އެތައްދުވަހެއް ފާއިތުވެގެންދާއިރު ފައިސާ ނުދެއްކުމުން ޖޫރިމަނާވެސް ސަރުކާރުން ނުދައްކައެވެ. އެކަމް ޓެކްސް ދެއްކުމުގައި ނުލިބޭ ފައިސާއަށް ޓެކްސްދައްކަން ޖެހުމާއި ޖޫރިމާނާވެސް ލަސްވާ ދުވަސްތަކަށް ދައްކަން ޖެހެއެވެ.
ލިޔާން
17 June 2025
ސަރުކާރުން ފައިސާދައްކަންޖެހޭ މީހުންނަށް ޓެކްސްދެއްކުމުގަ ލުއިގޮތްތައް އޮންނަކަމަށް ދެރެއެއްކުރިން މީރާގެ މީހުން ކިއި އަޑުއެހިން. އެފަދަ މީހުންނަށް ޖޫރިމަނާވެސް މާފުކޮށްދެމުން ދާކަމަށް ބުނި.
ކޮލަމާހުއްޓާ
17 June 2025
ސަރުކާރަށް ނިސްބަތްވާ އެތައް މެމްބަރުންނެއް އެބަތިބި ވިޔަފާރި ކުރަމުންދާ. އެމީހުނަށް އެނގޭނެ މީރަނގަޅު ގަރާރެއްކަން. އެހެނަސް ކިއްކުރާނީ އަމިއްލައިޚްތިޔާރު ގެއްލިފަވިއްޔާ މެމްބަރުން އެތިބީ. ޖެހޭނީ ހަމަ މުއިއްޒުބުނާ ގޮތަށް ނޯޖަހަން.
ވަރަށް ދެރަ
17 June 2025
މަސައްކަތް ކުރާ މީހުން އުޅޭ ގޮތް ނޭގޭ ބަޔަކަށް ވެރިކަން ލިބުނީމަ ދެން ނޭގޭނެ މީހުން އުޅޭ ހާލެއް.