ފަސްޓްލޭޑީ ސާޖިދާ މީގެ ކުރިން ބޭރު ގައުމަކަށް ކުރެއްވި ދަތުރުފުޅަކަށް ފުރާވަޑައިގަތުމުގެ ކުރިން ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
17 ޖޫން 2025 - 13:20
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އެކަމަނާގެ އެ ދަތުރުފުޅަކީ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓް ޝަރަފުވެރިކޮށް ދެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މާދަމާ އަދި ބުރާސްފަތި ދުވަހު ކުރިއަށްދާ އެ ސަމިޓުގެ އިފްތިތާހީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި ވެސް ސާޖިދާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނީ ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި އަންހެން ކުދިންނަށް ތައުލީމު ދިނުމަށް އެއްބާރުލުން ދިނުމާއި އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށް އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން އެ ސަމިޓުގެ ބައިވެރިން މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައް ވެސް މުރާޖައާ ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އެއީ އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ސަމިޓެކެވެ.
މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށްފަހު ސާޖިދާއަށް ވަނީ، މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދާ" ޕްރޮގްރާމްގެ އެންބެސެޑަރުކަން ވެސް ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުވޭދާ ރަމީޒް
18 June 2025
ގުޑް ލަކް މެޑަމް. ގައުމު ފަހުރުވެރިކޮށްލަ ދޭތި
މުހައްމަދު އަފްސަލް
18 June 2025
ވަރަށް އުފާވޭ ރާއްޖޭގެ ފަސްޓް ލޭޑީ މީހާ ކުޅަދާނަވީމަ. އަހަންނަކީ އެއްވެސް ޕާޓީއަކަށް ސަޕޯޓްވެސް ކުރާ މީހެއް ނޫން. އެކަމަކު މިކަން ފާހަގަކޮށްލަން.
އައްލާމް ހަލީމް
18 June 2025
މީ ގަދަ ފަސްޓް ލޭޑީއެއް. ފަހުގެ ތާރީހެއްގައި ފެނުން އެއްމެ ގަދަ ފަސްޓް ލޭޑީ
ހުސެން ވަހީދު
18 June 2025
ގުޑް ލަކް ފަސްޓް ލޭޑީ. ޕްރައުޑް އޮފް ޔޫ
ސޮއްބޭ
17 June 2025
ބަރާބަރު މެޑަމް
ޖެލްވީސް
17 June 2025
މެޑަމްއަކީ ޖަވާހިރެއް، ހިތްވަރަށް ސާބަސް
ޖައިލަމު
17 June 2025
މެޑަމް ވަރެއް ނެތް ހަމަ.
މުއްބެ
17 June 2025
އަންހެނުން ބާރިވެރި ކުރަން މެޑަމް ދައްކަމުންދާ ޖޯޝައަށް ތައުރީފްކުރަން.
ދިއްދޫމީހާ
17 June 2025
ސުވާލަކީ ރައީސްއޮފީހުގެ ރަސްމީ ޙަބަރެއްގޮތުގައި މިޙަބަރު ލިޔަންވީ ކީއްވެގެންތޯ؟ސާޖިދައަކީ ދައުލަތުގެ ކޮން މަޤާމެއްގައި ހުރި މީހެއްތޯ؟ސާޖިދާއަކީ އިންތިހާބީ މަޤާމެއްގައި ހުރި މީހެއްތޯ؟
ޢަސީލް
18 June 2025
ކަލޯ! ދުނިޔެއަށް ހޭލާ. ހުރިހާ ގައުމެއްގަވެސް ފަސް ލޭޑީ އަކީ ހަމަ ރަސްމީ ދަރަޖައެއް ސަރުކާރުގެ ބައެއް
ވޮޗްމޭން
17 June 2025
މަރުހަބާ.. މި ސަމިޓްގައި ބައިވެރިވަނީ އޭޝިޔާއަދި އެފްރިކާ ސަަރަހައްދުގެ ތިބި ރާއްޖެފަދަ އެންމެ މުއްސަންދި ގައުމުތަކުގެ ފަސްޓް ލޭޑީން. ބައިވެރިންނަށް ބާލާލީމާވެސް އިގޭނެ މީ ކިހާ ފެންވަރެއްގެ ބައްދަލުވުމެއްކަން. ދެން އަނެއްކާ މި ވެސް ފަސްޓް ލޭޑީއަށް ހެޔޮއޭދޭ ވިޔަފާރި ވެރިއަކު ސްޕޮންސާ ކޮށްފައިވާ ދަތުރެއް ކަމަށް ވުމުން ދިވެހި ރައްޔަތުން މިކަމާ ކަނބޮޑުވާން ޖެހޭނެ އެއްވެސް ސަބަބެއް ނެތް. އުފާކުރަންވީ އަތް ޖަހަންވީ.