ޔުމްނު ވެއްޓުނު ކަމަށް ބުނާ އިމާރާތް އަދި ވެއްޓިފައި އޮއްވާ ފެނުނު ގުދަން - ފޮޓޯ: ފަޔާޒް މޫސާ / މިހާރު
17 ޖޫން 2025 - 16:46
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާ ލިބުނު ހައްވާ ޔުމްނު ރަޝީދަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ނަމަވެސް ތަހުގީގަށް ބަޔާން ދެވޭ މިންވަރަށް ހާލަތު ރަނގަޅު ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
ޔުމްނުގެ އާއިލާއިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް މިއަދު ބުނީ މިވަގުތަށް ބޭނުންވާ ފަރުވާތަކަށް ފަހު މީގެ ހަފުތާއެއް ކުރިން މެލޭޝިއާގެ ހޮސްޕިޓަލުން ޔުމްނު ދޫކޮށްލާފައިވާ ކަމަށެވެ. އާއްމުންނާއި އެންސްޕާގެ ފަރާތުން ކުރިން ލިބުނު އެހީގެ ފައިސާ ހުސްވެފައިވާތީ، އިތުރު ފަންޑް ހަމަޖެހުނުހާ އަވަހަކަށް އާއިލާއިން ވަނީ ފިޒިއޮތެރަޕީ ފެށުމަށް ނިންމައިފަ އެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މެލޭޝިޔާއަށް ގެންދިޔަ އެވެ.
އާއިލާއިން ބުނީ ޔުމްނުގެ އުޅަނބޮއްޓަށް ދާއިމީ އަނިޔާއެއް ލިބި އަދި ސިކުނޑިއަށް ލިބުނު ގެއްލުންތައް ވެސް އެއްކޮށް ރަނގަޅުނުވާ ކަމަށެވެ. އަދި މިހާރު އޭނާ އެނދުމަތިވެފައި އޮތް ނަމަވެސް ވާހަކަ ދެއްކޭ ކަމަށް ބުންޏެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ފުލުހުންނާއި އެކަން ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ ބަޔާން ނެގުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އޭނާގެ ހާލަތު ހުރިގޮތުން މިވަގުތު ބަޔާން ނެގެން ނެތް ކަމަށް ބުނެ ޑޮކްޓަރު ދީފައިވާ ލިޔުމެއް ވަނީ އެ ދެ އިދާރާއަށް ވެސް ފޮނުވައިފަ އެވެ.
"ފުދޭ ވަރަކަށް ގިނައިން ގުޅި ބަޔާން ނެގުމަށް. ދެން ރަސްމީކޮށް އެ މީހުން ރިކުއެސްޓު ކުރީމަ އިންނާނެ މެޑިކަލް ކޮންޑިޝަން ލެޓާއެއް ޕޮލިހާއި ކޮމިޝަނަށް ވެސް ފޮނުވާފައި ސްޓޭޓް ދެވޭ ވަރަށް ފިޓް ނޫން ކަމަށް." އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ މައުލޫމާތުތައް ކަމާގުޅޭ އިދާރާތަކަށް ހިއްސާކުރީ އާއިލާގެ ވަކީލުންގެ ލަފާގެ ދަށުންނެވެ.
"މިހާރު ވެސް ބްރެއިން ސެއިޒާ އެޕިސޯޑުތައް އާދޭ." އާއިލާއިން ބުންޏެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު ނިންމައި ރިޔާސީ ކޮމިޝަނުން ވަނީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފަ އެވެ. ސެންސަރު ކުރުމެއް ނެތި އެ ރިޕޯޓު އާއްމުކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމާ
19 June 2025
ރީތި ގޮތަކީ ބަޔާން ނަގަން ފުރުސަތު ދިނުން
ހަމަބުއްދި
18 June 2025
މަސްތުގައި ހުރިއްޔާ ހަމައިގައި ނުހުންނާނެތާ.ވީމާ ތެދު ބަޔާނެއް ނުދެވޭނެނު؟ ފުއްމައިވެސްލައިފާނެ، އެ ޙާލަތުގައި
މުހީތް ޖެންޒީ
18 June 2025
ބަޔާންދިނުންނޫން ހުރިހާކަމަކަށް ފިޓް.
އަމީން ފައިސަލް.
18 June 2025
މީ މީނަގެ ދައްތަ ޓީވީއަށް އަރާ ދެއްކި ވާހަކަތަކާ މުޅިން އިދިކޮޅު ވާހަކައެއް؟ މި އާއިލާގެ އިހްލާސްތެެރިކަން ކޮބައިތޯ؟
އުސްމާން ޝަރީފް
18 June 2025
ހަމަ އަމިއްލަޔަށް ފުއްމާލީ. ދެން؟
ޢިބުރާހިމް ވަހީދު
18 June 2025
ޢިންސާފުހޯދަން އުޅޭބަޔަކު ސަރީއަތައް ބަޔާން ނުދީ މިކިޔަނީ އިންސާފޭ ދެނމިދުވަނީ ލާރިހޯދަން މިވެސް އުޅޭބައްތަރެއްދޯ މިގޯތައްވެސް ލާރިހޯ މީހުންއުޅޭތަ ވަރައްސަލާމް
ޖެންޒީ
18 June 2025
ހާލަތުގެ ނާޖާއިޒް ފައިދާ ނަގާ ޔުމްނު ގެ އާއިލާއިން ރައްޔިތުން ސްކޭމް ކުރީ ކަމަށް ލަފާކުރެވޭ. ޔުމްނު ގެ ބަޔާނުން އަތަށް ގޮވާފާނެތީ އޭނަ ފޮރުވައިގެން އުޅެނީ. ހީވާ ގޮތުން ޔުމްނު ބޭނުންވަނީ އަސްލު ހަގީގަތް ބަޔާން ކުރަން. އެހެން ވެއްޖެ ނަމަ އާއިލާގެ ދުވަސް ދިޔައީ
ޒުލްޓީ
17 June 2025
ތަނަކަށް ވާންނުވެ މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ އެ އާއިލާއިން ހޯދި
އައިސަ
17 June 2025
އިބިލީހުގެ ކައިވެންޔަށް ނުވިއްޔާ ރަނގަޅު
ހައަހަރު
17 June 2025
ތިއާ އެއްޗެއް ބަޔާން ދެވޭނީ އަދި ހަ އަހަރު ފަހުން. މަސްތުވާ ތަކެތި ބޭނުންކުރުމާއި، ބޭއަޙްލާގީ އަމަލު ހިންގުމުގެ ދައުވާކޮށް ހައްދު ޖަހަންވީ
ހަމަހަމަ ވާންޖެހެއޭ
17 June 2025
ރައުދަށް ވެސް ދޯ؟