އިރާނުގެ ހަމަލާ އަމާޒުވި އިޒްރޭލްގެ ހޮސްޕިޓަލްގެ އެތެރޭގައި ބަޔަކު ހަރަކާތްތެރި ވަނީ --- ފޮޓޯ: އެކްސް
19 ޖޫން 2025 - 11:27
އިރާނުން އިޒްރޭލަށް އަމާޒުކޮށް މިއަދު ފޮނުވާލި މި ސައިލް ހަމަލާއެއް އިޒްރޭލްގެ ހޮސްޕިޓަލަކަށް އަމާޒު ވެއްޖެ އެވެ.
އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނީ ހޮސްޕިޓަލަށް އަމާޒުކޮށް އިރާނުން ދިނީ ބެލަސްޓިކް މިސައިލް ހަމަލާއެއް ކަމަށެވެ.
އިޒްރޭލްގެ ދެކުނުގެ ސިޓީ ބީރްޝެބާގައި ހުންނަ ސޮރޮކާ ހޮސްޕިޓަލަށް މިސައިލް އަމާޒުވީ، އިރާނުން ބުނާ ގޮތުގައި އެ ހޮސްޕިޓަލް ކައިރީގައި ހުންނަ އިޒްރޭލްގެ އަސްކަރިއްޔާގެ ޖާސޫސީ މަރުކަޒަށް އަމާޒުކޮށް ހަމަލާ ފޮނުވާލުމުންނެވެ.
އިރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ (އިރްނާ) އިން ބުނިގޮތުގައި، އެ ގައުމުގެ އަސްކަރިއްޔާ ހަމަލާ ފޮނުވައިލި މައި ޓާގެޓަކީ އައިޑީއެފްގެ ޖާސޫސީ ކޮމާންޑް ހުންނަ މަރުކަޒު ކަމަށެވެ.
Iranian ballistic missile impact at Soroka Hospital in Beersheba https://t.co/8ih9H2QXUf pic.twitter.com/CxIfjLgMBq
— Emanuel (Mannie) Fabian (@manniefabian) June 19, 2025
"މިއަދު ހެނދުނު ދިން ހަމަލާގެ މައި އަމާޒަކީ އިޒްރޭލްގެ އަސްކަރިއްޔާގެ ކޮމާންޑް އަދި ޖާސޫސީ އިދާރާގެ މައި މަރުކަޒު 'އައިޑީއެފް-ސީއައި' އަދި 'ގަވް-ޔަމް ޓެކޮނޮލޮޖީ ޕާކް'ގައި ހުންނަ އަސްކަރީ ޖާސޫސީ ކޭމްޕް،" އިރްނާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކުރި އެވެ.
އިރްނާއިން ބުނީ އަސްކަރީ އެ ފެސިލިޓީ ހުންނަނީ ސޮރަކޯ ހޮސްޕިޓަލް ކައިރިގައި ކަމަށެވެ.
"އެ އަސްކަރީ އިންފްރާސްޓްރަކްޗާއަކީ އަދި ސީދާ އަމާޒު ކުރި ޓާގެޓް،" އިރްނާ އިން ބުންޏެވެ.
އިޒްރޭލުގެ ހޮސްޕިޓަލަށް ލިބުނީ "ކުޑަ ގެއްލުމެއް" ކަމަށް އިރްނާ އިން ބުންޏެވެ. އެކަމަކު އެ ހަމަލާގާއި އިޒްރޭލްގެ 26 މީހަކަށް އެކިވަރުގެ އަނިޔާތައް ވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަންގުނަމް ސްޓައިލް
19 June 2025
އިޒުރޭލުން ގެންގުޅޭ ޕޮރޮޕަގަންޑާ މޮޅު އުކުޅުތައް ފެންނާނެ ކޮންމެ ފޮޓޯޔަކުންހެން. މި ފޮޓޮޔަށް ބަލާލީމާވެސް އެ ފެންނަނީ ދެ ނަރުހެއް ކަނަށް ލާފަ. ވީކަމެއް ހަރާން އެކަމު ވަރަށް އަސަރު ގަދަކޮށްލާފަ.
ރަދީފްއޮފިޝަލް / އިރާން ޒިންދާބާދް
19 June 2025
ސާބަހޭ އިރާން. ވަރަށް ސަޅި ކަމެއް ތިކުރީ.އިޒްރޭލުން ފަލަސްތީނުގަ ކިތައް ހޮސްޕިޓަލް ބިމާ ހަމަކުރީ؟؟ އެެހެންވީމަ އަދި މީއީ ވަރަށް ކުޑަ މިންވަރެއް.ވ.ވެދުން
ފުތާބެ
19 June 2025
މާ ބޮޑު ކަމަކަށް ހަދައިގެން ނޫސްތަކުގަ ޖަހާ އިރު އެއް ގޮތަކަށް ވެސް ހަދާން ނައްތާލައިގެން ނުވާނެ މި ޔަހޫދީން ނަކީ ފުލް ބޮލޮކޭޑެއްގެ އޮތް ގާޒާގެ ރައީތުން ބޭނުން ކުރަމުން އައި ހުރިހާ ހޮސްޕިޓަލް އަކަށް ބޮން އަޅާ އެތާ ތިބި ބަލި މީހުންނާ އެކީ އަންދާ އަޅިއަށް ހެދި ނުބައި ބަޔެއް. އަހަރުމެންގެ އެއްވެސް ސިންޕަތީއެއް ނެތް.
ޑެބީ
19 June 2025
ރަނގަޅު. އިސްރޭލު ޒަޔަނިސްޓުން ފަލަސްތީނުގެ ހޮސްޕިޓަލްތަކަށްވެސް ހަމަލާދީ ސުންނާފަތިކުރީނު. ބަދަލަަށް ބަދަލުހިފަންޖެހޭ.