މޯލްޑިވް ގޭސް: ގޭސް ގަތުމަށް އެޑްވާންސަށް ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ އޭސީސީން ވަނީ ބަލަން ފަށާފައި --
19 ޖޫން 2025 - 15:29
މޯލްޑިވް ގޭހަށް ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އަދިވެސް އެ ކުންފުންޏަށް ނުލިބޭކަން އެނގިއްޖެ އެވެ.
އެ ފައިސާ ހޯދުމާ ގުޅޭ ކަންކަން މޯލްޑިވް ގޭހުން ކުރަމުން އައި ނަމަވެސް 8 މަސް ފާއިތުވެ ދިޔައިރު ވެސް އެކަން އަދި ކާމިޔާބު ނުވާ ކަމަށް މައުލޫމާތު އެނގޭ އިސްބޭފުޅަކު މިއަދު ވިދާޅުވި އެވެ.
މި މައްސަލާގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް މިއަދު ގުޅުމުން ވެސް އަދި މެސެޖު ކުރުމުން ވެސް ވަކި ޖަވާބެއް ނުދެއްވާތީ އިތުރު އެއްވެސް މައުލޫމާތެއް ސާފެއް ނުވި އެވެ.
މައްސަލަ އާންމުންގެ ސަލާމުކަމަށް އައި ދުވަސްވަރު މޯލްޑިވް ގޭސްގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ ގޭސް ގެންނަން ދުބާއީގެ ޖަކްޝާ އެނާޖީ އަށް ދެއްކި ޝިޕްމެންޓުގެ 30 ޕަސެންޓަށްވާ ފައިސާ ކަމަށްވާ 3.7 މިލިއަން ރުފިޔާ ކަމަށް ލިބިފައި ނުވާތީ އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ސަޕްލަޔަރާ އެކު އެކި ފަހަރު މަތިން ވާހަކަ ދައްކައިގެން ވެސް އެޑްވާންސް ފައިސާ އެހާތަނަށް އަނބުރާ ދީފައި ނުވާ ކަމަށް މޯލްޑިވް ގޭސްގެ އޮފިޝަލް މިިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވެ އެވެ.
މޯލްޑިވް ގޭހުން ބުނެފައި ވަނީ "މި މުއާމަލާތުގައި އެއްވެސް ހިޔާނާތެއް ހިނގާފައި ނުވާކަން ކުންފުނިން ކަށަވަރު ކޮށްދެން" ކަމަށެވެ.
އެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެ ވާހަކަ ދެއްކެވުމުންނެވެ.
އޭނާ އޭރު ވިދާޅުވީ، އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ "ގެއްލުނު" އިރު، އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ އޭރު އޭސީސީން ވެސް ތަހުގީގު ކުރަން ފެށި އެވެ.
އެ ކޮމިޝަނުން ކުރަމުން އަންނަ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.
މޯލްޑިވް ގޭހުގެ އެމްޑީ އަބްދުﷲ މުހައްމަދު: ގޭހަށް އޯޑަރު ކުރުމުގެ ހުރިހާ ބާރެއް މިހާރު ވަނީ ސީދާ އެސްޓީއޯ އަށް ނަގާފައި.--- ފޮޓޯ: އެސްޓީއޯ
އެ މައްސަލަ ފެންމަތިވި ފަހުން، މޯލްޑިވް ގޭހަށް ގޭސް ގެނައުމުގެ ޕްރޮކިއުމަންޓާ ގުޅޭ ހުރިހާ ކަމެއް ވަގުތީ ގޮތުން އެސްޓީއޯ އިން ކުރިއަށް ގެންދާ ގޮތަށް އެ ކުންފުނީގެ ބޯޑުން ވަނީ އޭޕްރީލް 13 ގައި ފާސްކޮށްފަ އެވެ.
މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ރާއްޖެއިން އާންމުކޮށް، ގޭހުގެ އޯޑަރު ދެނީ ގެންނަ ކޮންމެ ޝިޕްމެންޓެއްގައި 1،000 ޓަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކޮސް
20 June 2025
އެކަން އޮތީ އެގޮތަށް ނިމިފަ
ރަބަތު
20 June 2025
ރައްޔިތުން ޖެމްކިއޫ ސްކޭމެއްގަ ޖެހިފަ ، ސަރުކާރު ގެސް ސްކޭމަކާ ފޭކް ޕްރިންސް ސްކޭމެއްގަ ޖެހިފަ. ގައުމެއް ނެތް
ކޮބާތަ ޒީރޯ ޓޮލެރެންސް؟
20 June 2025
ފައިސާ އާ ބެހޭ ޑިޕާރޓްމަންޓްގަ އުޅޭ އެންމެން ހިފާ ތަހްގީގް ކުރާކަށް ނުވޭތަ.
ބޯފަންއަބްދޯ
20 June 2025
ޒިންމާދާރު މަގާމުތަކުގައި ތިބޭމީހުންގެ އިންޓެގްރިޓީއާ ދޭތެރޭ ސުވާލު އުފެދޭ ހިސާބުން އޭގެން އެއްވެސް.މީހެއް ވަކިކުރާނެ ގަޓެއް ރައީސުލްޖުމްހޫރިއްޔާގެ ނެތް.
އަހުމަދުބިންސުލައިމާން
19 June 2025
މާލިޔަތު ޤާނޫން ގެ ދަށުން އެޑްވާންސް ދޫކުރެވޭނީ ގެރެންޓީއެއް ބާއްވާފަ. ބޭއްވިނަމަ އެ ކޭށް ކުރެވުނީސް. އެހެންވީމަ ކަރަޕްޝަނެއް ނެތޭ ބުނީމަ ކުޑަކުދިންނަށް އޮޅިދާނެ.
ކޮރަލް
19 June 2025
ހޯދޭނީ އެހޯދަން ޖެހޭ މީހާ އެނގިގެންނެވެ. އެމީހާ ހިފާ ހައްޔަރު ކޮށްގެންނެވެ. ފައިސާ އަމިއްލަ އަކަށް ނާންނާނެ އެވެ.
ހުސްކޮށްފި
19 June 2025
މީމަޖާކަމެއް. މިރާއްޖެން އެއްޗެއް ގަންނަވެގެން ދުބާއިތަނަކާ ހަވަލުކުރީމަ ލިބޭގޮތެއް ނުވޭ. މިމަކަރުވެރި އެމްޑީން ތަ ހިކުރަނީ ދިވެހިންނަކަށް މިމީހުން ކުޅޭ ގޭމުތައް ނޭގޭކަމަށް. ބޮޑު ..
ދެރަކަމެއް
19 June 2025
ބަލާނެކަމެއްނެތް. ތީ ތި އަބުދުއްލާ އެގިގެން ކުރިކަމެއް. ތިފައިސާ މިހާރު ހުންނާނީ އޭނަގެ ޖީބުގައި އެހެންނޫނަމަ ކީޢްވެ މީޑިއާއަށް ފިލައިގެން އުޅެނީ. ކީއްވެ ވިއެއްޗެއް ކިޔައި ނުދެވެނީ. ކީއްވޭ އެކަން ކުރަން ޖެހޭގޮތަށް ނުކުރީ. ކޮބާ ވެރިފައިޑް ލިޔެކިއުންތާ؟ އެކްޓިވިސްޓަކަށް އުޅުނު އިރު ބޮޑުއަގައެއް އޮތް. ހަމަ ހުސް ކުރާމީހުން މިތިބީ
ޣާޟަޜެ
19 June 2025
އަބުލޯ ބޭރުކުރޭ ކޮބާ ލަދު
އުދުހޭ
19 June 2025
ތިޔަކަން ވާނީ ކޮމިޝަނެއް ހަދައިގެން ކަމަށް ފެންނަނީ.
ކަޅުދިގު
19 June 2025
ވ ކުރީ. ނޫނީ ގަމާރުކަމުން ކަން ކުރަން ނޭގެނީ. ދެގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް މަގާމުން ބޭރުވާން ޖެހޭ.