އިޒްރޭލުން މިއަދު ހަމަލާ ދިން ނިއުކްލިއާ މަރުކަޒު ހުންނަ ސަރަހައްދުގެ ސެޓްލައިޓް ފޮޓޯއެއް --- ފޮޓޯ: ރޮއިޓަސް
19 ޖޫން 2025 - 16:53
އިރާނުގެ ނަތަންޒުގައި ހުންނަ ނިއުކްލިއާ ރިއެކްޓަރަކަށް އިޒްރޭލުން މިއަދު ހަމަލާ ދީފި އެވެ.
އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި އެއީ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ފެކްޓަރީ އެކެވެ. އެކަމަކު އިރާނުގެ ނިއުކްލިއާ އޮޓޮމިކް އެނާޖީ އޮގަނައިޒޭޝަނުން އިޒްރޭލުގެ އެ ތުހުމަތުތައް ދޮގު ކުރެ އެވެ.
އެ އިދާރާއިން ބުނިގޮތުގައި، ނިއުކްލިއާ ރިއެކްޓަރުތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނޫތަކާ ހިލާފު އިޒްރޭލުން ކުރި ކުށެކެވެ.
"ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ސާފުކޮށް މަނާކޮށްފައިވާ ކަންކަން. ޒަޔަނިސްޓް ވެރިކަމުން އެ ގާނޫނާ ހިލާފަށް މިއަދު ހެނދުނު ހަމަލާ ދޭން ފެށީ އިރާނުގެ ސުލްހަވެރި ނިއުކްލިއާ ރިއެކްޓަރަށް ސީދާ އަމާޒުކޮށް،" އެ އިދާރާއިން ބުންޏެވެ.
އިރާނުން ކުރިން ވެސް ބުނެފައި ވަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމަށެވެ. ޔުރޭނިއަމް ފައްކާކޮށް، ނިއުކްލިއާ ބޭނުން ކުރަނީ ހަކަތަ އުފެއްދުމަށް ކަމަށް އިރާނުން ބުންޏެވެ.
އިޒްރޭލުން ހަމަލާ ދިން ނިއުކްލިއާ ރިއެކްޓަރު އަންނަ އަހަރު އޮޕަރޭޝަނަށް ގެންނަން އިރާނުން އައީ ތައްޔާރުވަމުންނެވެ. އދ. ގެ ނިއުކްލިއާ އިދާރާ އަށް ވެސް އެ ގައުމުން ވަނީ އެކަން ކުރިން އަންގަފަ އެވެ.
އިރާނުން ބުނީ އެ ނިއުކްލިއާ މަރުކަޒަކީ ބައިނަލްއާގުވާމީ އުސޫލުތަކަށް ފެތޭ "ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމެއް" ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
19 June 2025
މިރޭ ވަރަށް ވަރުގަދަ ހަމަލާތަކެއް ޔަހޫދީން ނަށް އަމާޒްކޮށް ދިނުމަށް މިހާރުވަނީ ތައްޔާރީތައް ވަމުން މިހާރު ވަނީ ރާޑާ ސިސްޓަމަށް ނާރާ މިސައިލްތައް އެޖެސްޓު ކޮއްފާ ހަމަލާތައް އޭގެ މަންޒިލްތަކަށް ވާސިލް ވާނޭކަމަށް ބެލެވޭ. އިންސާ ﷲ އާމީން