ދަރިވަރުންތަކެއް މީގެ ކުރިން ބޭއްވި އޯލެވެލް ގަދަ 10 ހަފްލާއެއްގައި ބައިވެރިވަނީ--
20 ޖޫން 2025 - 11:41
ދެހާސް ބާވީސް ވަނަ އަހަރާއި ދެހާސް ތޭވީސް ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދު 1،800 އަށްވުރެ ގިނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ ދެ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ ބާއްވާނީ މާދަމާ އަދި އޭގެ އަނެއް ދުވަހު އެވެ.
ފަސް ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ ސޯޝަލް ސެންޓަރުގަ އެވެ.
މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސް ދެއްވާ އިނާމާއި، އޭލެވެލް އިން އެއް ވަނަ ހޯދި ދަރިވަރުންނަށް ރައީސް ދެއްވާ ސޮކޮލާޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދި ދަރިވަރުންނަށް ދެވޭ ހައި އެޗީވާސް ސްކޮލާޝިޕް ވެސް ހަވާލުކުރާނެ ކަމަށެވެ.
ސާނަވީ އަދި މަތީ ސާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1،800 އަށްވުރެ ގިނަ ދަރިވަރުން މަތީ އަރުތަވެރިންގެ އިނާމު ހާސިލް ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
އޯ ލެވެލްގެ 2022 އާއި 2023 ގެ ބެޗުގެ ގަދަ 10 ގެ ޖަލްސާ ނުބާއްވައި ދިގުލައިގެން ދިޔަ ސަބަބެއް އެޑިއުކޭޝަން މިނިސްޓްރީއަކުން އަދި ނުބުނެ އެވެ.
އެ މި ދެ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ސަރުކާރުން ދޭ "މަތީ އަރުތަވެރީންގެ އިނާމު" މިދިޔަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ޖަލްސާގައި ދިނެވެ. ނަމަވެސް 2022 އަދި 2023 ގެ އޯ ލެވެލްގެ ގަދަ 10 ގެ ޖަލްސާ އަދި ނުބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
20 June 2025
ގަދަ ފަސްލައްކަ ހަދާލަންވީނުން
އަބްޑޫލް +
20 June 2025
ހޫމް. ގަދަ ދިހައެއް ދޯވް. ގަދަ ސަތޭހް ނަމަ ދޯވް؟ ޙުމް ޙުމް ޙުމް ޙުމް.
ލުބްލާ2025
20 June 2025
ގަދަ 10 އުވާލާފައި ގަދަ 1 ބާއްވަންވީނު. ގަދަ 1 ގަވެސް ފަންސާހަކަށް ކުދިން އުޅޭނެ
ކިޔެވުމުގެ ބޭނުން.
20 June 2025
ރަގަޅު! މިދިޔަ 10 އަހަރު ތެރޭގައި 90،000 ވާނެތާ! އެކަމު 50،000 ދިވެހިންް އެނގިހުރެ ހުސްބުޅީގައި ގަނެ ވާނެ އެއްޗެއް އެވީ އިއްޔެ! ޓެސްޓުން ފާސް ވުމަކީ އުނގެނުމެއް ނޫން!
ޙަސީނާާ
20 June 2025
ވާނީ ދެގޮތުން ކުރެ ގޮތެއް. ދަރިވަރުންގެ ފެންވަރު ރަނގަޅީ، އެހެންނޫނީ އިމްތިހާނު ފެންވަރު ދަށީ