ދަރިވަރުންތަކެއް މީގެ ކުރިން ބޭއްވި އޯލެވެލް ގަދަ 10 ހަފްލާއެއްގައި ބައިވެރިވަނީ--
16 ޖޫން 2025 - 10:18
ދެހާސް ބާވީސް ވަނަ އަހަރާއި ދެހާސް ތޭވީސް ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ މި މަހު ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެކަމަކު، އެ ދެ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ސަރުކާރުން ދޭ "މަތީ އަރުތަވެރީންގެ އިނާމު" މިދިޔަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ޖަލްސާގައި ދިނެވެ. ނަމަވެސް 2022 އަދި 2023 ގެ އޯ ލެވެލްގެ ގަދަ 10 ގެ ޖަލްސާ އަދި ނުބާއްވަ އެވެ.
އެކަމާ ގިނަ ބެލެނިވެރިން ޝަކުވާ ކުރަމުން ދާއިރު، އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައި ވަނީ 2022 އަދި 2023 ވަނަ އަހަރުގެ އޯ ލެވެލް ބެޗުގެ ކުދިންގެ ތެރެއިން ގަދަ 10 އަށް ހޮވުނު ކުދިންގެ އިނާމު ދިނުމުގެ ޖަލްސާ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ބާއްވާށެވެ.
މިނިސްޓްރީން ދަރިވަރުންނަށް އަންގާފައިވާ ގޮތުން، އެ ޖަލްސާގެ ރިހާސަލް ބާއްވާނީ އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަސް އަދި ހުކުރު ދުވަހު އެވެ.
އޯ ލެވެލްގެ 2022 އާއި 2023 ގެ ބެޗުގެ ގަދަ 10 ގެ ޖަލްސާ ނުބާއްވައި ދިގުލައިގެން ދިޔަ ސަބަބެއް އެޑިއުކޭޝަން މިނިސްޓްރީއަކުން އަދި ނުބުނެ އެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު ނިމުނީ މިދިޔަ ބުދަ ދުވަހު އެވެ. އެ އިމްތިހާނުގައި 8،362 ދަރިވަރުން ބައިވެރިވެރިވި އެވެ. އެއީ ކެމްބްރިޖް އައިޖީސީއީ އޯލެވެލް އިމްތިހާނުގައި ހެދި 7،666 ދަރިވަރުންނާއި އެސްއެސްސީ އިމްތިހާނު ހެދި 7،519 ދަރިވަރުންނެވެ.
އެ ދަރިވަރުންގެ ނަތީޖާ ދޫކުރާނީ އަންނަ އޮގަސްޓު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ ރަމީޒު
16 June 2025
ބަލަ ގަދަ 10 އުވާލަން ވައުދުވެގެން އައި ސަރުކާރުން އަދިވެސް ވައުދުވި ކަމެއް ނުކުރޭ! ހެހެހެހެހެހެެ
85698
16 June 2025
ކޮންތާކުއޮތް ވައުދެއް؟ ކިޔޭ ނުކިޔޭއެއްޗެއް އެބައެނގޭތަ؟
ޢަބްޑޫޅް +
16 June 2025
ދުނިޔޭން އެއްވަނަ އިނާމު ނުދޭތާ ހާދަ ގިނަ އަހަރުތަކެއް ވެއްޖެ ދޯ؟