މިދިޔަ އަހަރުގެ މެއި/ޖޫންގައި ބޭއްވި އޯ ލެވެލް އިމްތިހާނުގައި އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނާގައި ދިވެހި ގިނަ ދަރިވަރުންތަކެއް ހިމެނިއްޖެ އެވެ.  

އޯ ލެވެލްގެ ނަތީޖާ މިދިޔަ އަހަރު އޮގަސްޓު 19 ވަނަ ދުވަހު ދޫކޮށްފައިވާއިރު، މާލޭގެ އިތުރުން ރަށްރަށުގެ ގިނަ ކުދިންތަކެއް ވަނީ ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. 

ސްކޫލްތަކުން މި ހަފުތާގައި އަންނަނީ އޯ ލެވެލްގައި މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް މަރުހަބާ ކިޔައި ނަތީޖާ އާއްމުކުރަމުންނެވެ. އޭގެތެރޭގައި އެންމެ ގިނައީ އިނގިރޭސިން މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނެވެ.

އޯލެވެލް ގަދަ 10ގައި އަދި އިނގިރޭސި މާއްދާއިން ދުނިޔެއިން 1 ވަނައިގައި ހިމެނުނު މުހިއްދީން ސްކޫލުގެ ދަރިވަރެއް.--
އޯލެވެލް ގަދަ 10ގައި އަދި އިނގިރޭސި މާއްދާއިން ދުނިޔެއިން 1 ވަނައިގައި ހިމެނުނު މުހިއްދީން ސްކޫލުގެ ދަރިވަރެއް.--

އިނގިރޭސިން ދުނިޔެއިން 1 ވަނަ ހޯދި ބައެއް ދަރިވަރުން

  • އައިޝަތު ނަދާ މުހައްމަދު ނާޝިދު، އދ. ކުނބުރުދޫ ސްކޫލު
  • އާދަމް މަމްނޫން، ށ. ފުނަދޫ ސްކޫލު
  • ފާތިމަތު ޒީޝާން ޝިޔާމް، ހދ. ކުޅުދުއްފުށީ، ޖަލާލުއްދީން ސްކޫލު
  • މިރުއާޝް ހުސެއިން މިރުޒާ، މަދަރުސަތުލް އިފްތިތާހު
  • އަކްމަލް ހަލަފް، ތ. ދިޔަމިގިލި ސްކޫލު
  • ފާތިމަތު ޝާނިހާ އިބްރާހިމް، ނ. އަތޮޅު ތައުލީމީ މަރުކަޒު
  • މުހައްމަދު ޒަހީން އިބްރާހިމް އަބްދުﷲ، މ. އަތޮޅު ތައުލީމީ މަރުކަޒު
  • އައިމިނަތު ޒާހީ ޒައިދު، ހިރިޔާ ސްކޫލު
  • މުޒްނާ އިސްމާއިލް، ހދ. އަތޮޅު ތައުލީމީ މަޒުކަރު
  • ފާތިމަތު އީނާޒް އަލީ، ހދ. އަތޮޅު ތައުލީމީ މަޒުކަރު
  • އަހުމަދު އިޒާން ސައީދު، ސ. ފޭދޫ ސްކޫލް
  • އަހުމަދު ޒައިން މުއުތަސިމް، މުހިއްދީން ސްކޫލް
  • އައިޝަތު ލުލުއާ އަބްދުއްސަމީއު، ބ. އަތޮޅު މަދަރުސާ
  • އައްޔާޝް އަލީ ސައްތާރު، ށ. އަތޮޅު މަދަރުސާ
  • އައިޝަތު އަމްނާ ބިންތް އިފްތިހާރު ހިލްމީ، ރެހެންދި ސްކޫލު
  • މުހައްމަދު މިޝްއަލް ހަސަން، ރެހެންދި ސްކޫލު
  • އަލީ މާކިން މަހްމޫދު، ރެހެންދި ސްކޫލު
  • މުހައްމަދު އަކްޔަސް، ހިތަދޫ ސްކޫލު
  • މަރިޔަމް ނަބާ ބިންތި އަބްދުﷲ ޔޫސުފް، ހޯރަފުށީ ސްކޫލު
  • ހަސަން ޝާމިލް ނަސީމް، މިލަންދޫ ސްކޫލު
  • އަހުމަދު އަދިއްޔު މުހައްމަދު ހަސަން، އަރަބިއްޔާ ސްކޫލު
  • އައިނީ މުންތަޒިމް، ގާޒީ ސްކޫލު
އޯލެވެލް ގަދަ 10ގައި އަދި އިނގިރޭސި މާއްދާއިން ދުނިޔެއިން 1 ވަނައިގައި ހިމެނުނު ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރުން.--
އޯލެވެލް ގަދަ 10ގައި އަދި އިނގިރޭސި މާއްދާއިން ދުނިޔެއިން 1 ވަނައިގައި ހިމެނުނު ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރުން.--

ދުނިޔޭގެ ވަނަތައް ހާސިލްކުރި ބައެއް ދަރިވަރުން

  • މުހައްމަދު ޖަޒްލާން ޖަމީލް، ހިސާބުން 1 ވަނަ އަދި މެރިން ސައިންސުން 8 ވަނަ
  • ޔޫސުފް މުހައްމަދު އަބްދުއްލަތީފް، މެރިން ސައިންސުން 6 ވަނަ
  • މަރިޔަމް ބިންތި އަލީ މަމްދޫހު، އެކައުންޓުން 6 ވަނަ
  • މަރިޔަމް އަމްނާ މުހައްމަދު ޝަރީފް، މެރިން ސައިންސުން 9 ވަނަ
  • ޒާނާ އިބްރާހިމް ސަމިން، މެރިން ސައިންސުން 9 ވަނަ
  • އަހުމަދު ޒައިން މުއްތަސިމް، ހިސާބުން 1 ވަނަ
  • ހައްވާ އިމްޝާ ނަސީމް، މެރިން ސައިންސުން 1 ވަނަ

ސްކޫލުތަކުން އަންނަނީ ރާއްޖޭގެ ގައުމީ ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ ކާމިޔާބީ ވެސް ފާހަގަ ކުރަމުންނެވެ.

އޯ ލެވެލް ނަތީޖާގެ ކާމިޔާބީ ސްކޫލްތަކުން ފާހަގަކުރަމުން އަންނައިރު، މިދިޔަ މަހު 28ގައި ވަނީ މިދިޔަ އަހަރުގެ އޯ ލެވެލް ފަށައިފަ އެވެ.