އިރާނުން ދިން ހަމަލާއަކުން އިޒްރޭލްގެ އިމރާތެއް ވީރާނާ ވެފައި --- ފޮޓޯ: ރޮއިޓަސް
21 ޖޫން 2025 - 11:53
އަޔަންޑޯމް ސިސްޓަމް ފޫއަޅުވާލުމަށް ފަހު، އިރާނުން އިޒްރޭލްގެ އެއާޕޯޓަށާއި އަސްކަރީ މުހިންމު މަރުކަޒުތަކަށް ރޭ ހަމަލާ ދީދި އެވެ.
އިރާނުގެ އެންމެ މަތީ އަސްކަރީ ގޮފި، ރިވޮލިއުޝަނަރީ ގާޑުގެ ފައުޖުން ރޭ ފޮނުވާލި މިސައިލް ހަމަލާތައް ހުއްޓުވުމުގައި އިޒްރޭލްގެ އަޔަންޑޯމް އަށް ކާމިޔާބެއް ނުވި އެވެ.
"...ރޭ ފޮނުވާލި ހަމަލާތަކުގައި [އިޒްރޭލްގައި ހުރި] ޓެކްނޮލޮޖޯގެ ގޮތުން އެންމެ ކުރިއަރާފައިވާ ދިފާއީ ނިޒާމުތަކަށް ވެސް އެ ޑްރޯން ހަމަލާތައް ހުއްޓުވިފައި ނުވާކަން ފާހަގަ ކުރަން،" އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނުގައި ބުންޏެވެ.
"ޒަޔަނިސްޓް ދައުލަތުން ގަދަކަމުން ވެރިވެގަނެ ހިފާފަފައިވާ ރަށްތަކުގެ މުހިންމު ސްޓްރެޓެޖިކް މަރުކަޒުތަކަށް އިސްލާމިކް ރޮވޮލިއުޝަނަރީ ގާޑުން ވަނީ ހަމަލާ ދީފައި. ތެލްއަވީވްގެ އެއާޕޯޓާއި ޒަޔަނިސްޓް ވެރިކަމުގެ އަސްކަރީ މުހިންމު މަރުކަޒުތަކަށް ޑްރޯން އާއި މިސައިލްތަކުން ހަމަލާ ދީފައި ވާނެ."
އިރާނުން ރޭ ފޮނުވައިލީ އެ ގައުމުން އަމިއްލަ އަށް ފަރުމާކޮށް، އުފައްދާފައިވާ "ޝަހީދު-136" ގެ ނަން ދީފައިވާ ޑްރޯންތަކެކެވެ. އޭގެ ފަހުން ތަކުރާރުކޮށް ފޮނުވާލި މިސައިލްތަކުން ވެސް އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ.
އިރާނުން ހަމަލާތައް އަމާޒުކުރާ އިޒްރޭލްގެ ތިން ސިޓީއަކީ ތެލްއަވީވާއި ހައިފާގެ އިތުރުން ބީރްޝެބާ އެވެ. އެ ތިން ރަށަކީ އަސްކަރީ ގޮތުން އިޒްރޭލްގެ އެންމެ ސްޓްރެޓެޖިކް މަރުކަޒުތައް ހުރި ތިން ސިޓީ އެވެ.
ރޭގެ ހަމަލާތަކަކީ ތެލްއަވީވަށް އަމާޒުކޮށް އިރާނުން މިހާތަނަށް ފޮނުވާލި އެންމެ ވަރުގަދަ ހަމަލާތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
21 June 2025
މަގޭ އަދި މިއަދު މިހާރު ނޫން އެހެން އެއްޗެއް ނުބަލަން!އެމަކު މަށައް މާކުރިން އެގޭ ސާހިދު ޑުރޯނު އުފެެއްދި ބޭނުން އެއީސީދާ އިޒުރޭލުގެ ދިފާއީ ނިޒާމައް ގޮންޖަހަން އުފެއްދި ޑުރޯނެއް!ސާހިދު ޑުރޯނު އުދުއްސާ ލަނީ ރޮކެޓުބޫސްޓާ މެދިވެރިކޮއް އެއްފަހު މަތީގަ ޑުރޯނު އުދުހެނީ ކުޑަ އިންޖީނެއްގެ އެހީގަ ވަރްތިރިން ކިލޯމީޓަރު ބާރުމިނުގަ 1000ކިލޯމީޓަރު ދުރައައް އެއީ ހަރަދު ކުޑަ ޑުރޯނެއް!އިރާނަކީ އެމެރިކާ ގޮންޖަހާވަރައް ކުރިއައް ދެވިދާނެ ގައުމެއް ގޮތުގަ އަދި އޮތީ
ސައިފ
21 June 2025
ސަޕޯޓުކުރާޓީމަށް ގޮސް ހުސްވިޔަސް އިދިކޮޅު ޓީމުގެ ގާބިލުކަމަކީ ނެތް އެއްޗަކަށް ނުވާނެ. މަވެސް މިހަބަރު ފެނުނީމަ ދުނިޔޭގެ އެހެން ނޫސްތަށް ބަލައިފިން. އަދި އަލްޖަޒީރާގަ ވެސް މިވާހަކައެއް ނެތް.
ސަލީމު އިދުރީސް
21 June 2025
ސައިތާނުގެ މައްމަ އެމެރިކާ ތިތަނައް ފާވުގެ ކުރިން މުޅި އިޒުރާއީލު އަރައި ނުގަނެވޭރައް ތަޅާތިރިކުރޭ! އިރާނުގެ ޖާސޫމައުލޫމާތު ދޭ ގައްދާރުން ހޯދާ ހަރުކަށި އަދަބުދީ! ސަރުކާރާނުރުހުނަސް ގައުމު ފަނާކޮއްލަން އަދުއްވުން ހަމަލާދިނީމަ ހުންނަންޖެހޭނީ ގައުމާއެކު އެއަކީ ސަރުކާރާ އެކުހުރުމެއްނޫން!މިއުދުވާނަކީ ހުއްދަ ކަމެއްކަން ދައްކުވަން ހުޅަގުގެ ޓީތަކައް އަރާވާހަކަ ދައްކާ އިރާނުގެ ހާއިނުންނައް ފިލާވަޅަކައް ވާވަރުގެ ހަރުކަށި އަދަބު ދިނުމައް ގޮވާލަން
ރޭގެ ޙަމަލާގެ ޙަޤީޤީ މަޢުލޫމާތު
21 June 2025
ކިތަންމެ އެދޭގޮތް ކަމުގައިވިއަސް، އީރާނުގެ ވަރުގަދަކަން ދެއްކުމަށްވިއަސް ދޮގު މަޢުލޫމާތު ބޭނުން ނުކުރުން އެދެން. އަޝްކަރީގޮތުން އިޒްރޭލު މާ މޮޅުވާނެ. އީރާނުން ހަނގުރާމަ ކުރަނީ އިޒުރޭލާ އެމެރިކާއާ ދެކޮޅަށް. ވ ހިތްވަރުގަދަ. އެކަމަކު...9 ދުވަހުގެ ތެރެއިން އީރާނުގެ ހަމަލާ އެންމެ މަދީ ރޭގަ. 5 މިސައިލް އަދި ހުރިހާ ޑްރޯނެއް އިޒްރޭލުން ހުއްޓުވި. މިސައިލް ހަލާކުވެގެން ވެއްޓުނު އެތިކޮޅުތަކަކުން އިމާރާތެއްގެ ފުރާޅުގަ ރޯވި. ރޭގަ މީހަކަށް އަނިޔާނުވޭ. ޙަޤީޤަތް
ޔަހޫދީން ތެދެއް ނަހަދާނެ
21 June 2025
ޔަހޫދީން ހާމަ ކުރާ މައުލޫމާތު ކިޔައިގެން ތިއުޅެނީ. ޔަހޫދީން ދައްކާ ވާހަކަ ގަބޫލުކުރާނި މޮޔައިން ވަރަށް ވެދުން
މުސްލިމުންތެރޭއުޅޭ އިޒުރޭލަށް ސަޕޯޓުކުރާ މުނާފިގުންނަށް
21 June 2025
އަސްތަޣުފިރުﷲ ހާދަ އިނގޭ މީހެކޭދޯ. ކަލޭ ނޫނީ ދުނިޔޭގެ ހުރިހާ މީޑިއާ އަަކުން އެކިޔަނީ މިހަނގުރާމައިގަ އިޒުރޭލުގެ ނާކާމިޔާބީގެ ވާހަކަ. އެމެރިކާގެ ވޯލްޑް ޖާނަލް ނޫހުންވެސް އެބުނަނީ އިންޓަސެޕްޓަރތަކުގެ ޝޯޓޭޖެއްއައިސް އިޒުރޭލުގެ ދިފާއީ ނިޒާމަށްލޮޅުން އަރާފައިވާވާހަކަ. އިޒުރޭލުގެ މީޑިއާއިން ހަގީގަތް ހާމައެއްނުކުރޭ. އެމީހުން މަރުބިކަމަށް އެބުނާ އަދަދަށްވުރެ ގިނައިން ސިފައިން މަރުވިކަމަށްވެސް ދުނިޔޭގެ މީޑިއާއިން އެބަރިޕޯޓުކުރޭ. ކަލޭހަޒަމް ކޮށްލާ
ހަޤީޤަތަކީ
21 June 2025
ޠާލޫތާއި، އޭނާގެ އަރިހުގައި އީމާން ވެގެންތިބި މީހުން، އެ ކޯރު ފަހަނަޅައި ހިނގައްޖެހިނދު، އެއުރެން (ގެ ތެރެއިން ބަޔަކު) ދެންނެވޫއެވެ. ޖަލޫތާއި، އޭނާގެ ލަޝްކަރާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަމެއް އަދަކު ތިމަންމެންނަކަށް ނެތެވެ. ހަމަކަށަވަރުން، ﷲއާ ބައްދަލުވާނޭކަން ޔަޤީން ކުރާމީހުން ބުނޫއެވެ. ﷲގެ އިޛުނަޔާއެކު ކިތައް ކިތައް މަދު ޖަމާޢަތުގެ މީހުން، ގިނަ ޖަމާޢަތުގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟ ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. البقرة 249
ނަމަވެސްއ
21 June 2025
ޙަހީގަތުގަވެސް ވަރަށް ރަގަޅުވާހަކައެއް. ޙަބަރުގެ ހެޑްލައިން ރައްޔިތުން އެދޭގޮތަށް ލިޔާތަން ފެންނަނީ. ހަފްތާ ނުވަތަ މަސް ފަހުން މިފެންނަނީ އެހެން ނަތީޖާއެއް. ހަގީގަތަށް ވާހަކަ ދައްކަން އެބަޖެހޭ އަހަރުމެން ޔަހޫދީންދެކެ ރުޅިއަޔަސް.
ކޭކޭ
21 June 2025
ތިޔަ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަން ޔަޤީންކުރަނީ އެމީހުންގެ ބަސް މާތެދުވީމަތަ؟
ރަދީފްއޮފިޝަލް / އިރާން ޒިންދާބާދް
21 June 2025
ޔަހޫދީންގެ މައުތުޕީސް ކަމުގައިވާ ބީބީސީ ލައިވް ބްލޮގުން ވެސް މިވާހަކަތައް ގެނެސްދީފަ އޮތީ މި އިބާރާތުން.ކިތަންމެ ނިކަމެތި އާރެއް ބާރެއް ނެތް މީހާ އަށް ވެސް ވަރުގަދަ މީހަކާއި ކުރިމަތިލާއިރު ދޭތެރެއަކުން ވަރުގަދަ އެތިފަހަރެއް ޖެހިދާނެ.އެހެންވީމަ މި ހަގީގަތް ގަބޫލުނުކުރަން ބައެއް މީހުން ''ކުކުޅާއި ކަންބަޅީގެ'' ވާހަކަތައް ކޮމެންޓްތަކުގަ ލިޔުމުގެ ބޭނުމަކީ ކޮބާ؟/ ވ.ވެދުން
ޢެޑްމުންޑޯ
21 June 2025
އިޒްރޭލް އަކަށް އެންމެ ޑްރޯން އެއްވެސް ނުހުއްޓުވޭ ، އުރުދުން އާއި އެމެރިކާ އަދި ޔޫކޭ އިން ބައެއް ޑްރޯންތަށް ހަލާކު ކުރި ، އެކަމަކު ހުރިހާ މިސައިލްތަށް އަމާޒަށް ވާސިލްވީ
މުލޭ
21 June 2025
ސާބަހޭ އީރާން. ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް އީރާނަކީ މުސްލިމް ދައުލަތެއް. ގަބޫލުކުރުންތަކުގައި ސުންނީންނާ ތަފާތުތަކެއް ހުއްޓަސް އަޅުކަން ކުރަނީ ﷲ އަށް. އެކަމުގައި އެހެން ފަރާތެއް ބައިވެރި ނުކުރޭ. އެހެން ނޫނަސް އިސްލާމީ އުންމަތުގެ އެއްވެސް ބަޔަކަށް ކުރަން ނުކެރޭ ވަރުގެ އަދި އިސްލާމީ އުންމަތަށް ނުހަނު ފައިދާހުރި ކަމެއް އީރާނުން މިކުރަނީ. މާތްﷲ ޔަހޫދީން ބަލިކުރައްވައި މުސްލިމުންނަށް ނަސްރު ދެއްވާށި. އާމީން.