ވަކީލް ޝަމީލް: ބާ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ވަނީ އިންތިހާބުކޮށްފައި
21 ޖޫން 2025 - 13:58
ބާ ކައުންސިލްގެ ނައިބު ރައީސަކަށް ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް އިންތިހާބުކޮށްފި އެވެ.
ރާއްޖޭގެ ގާނޫނީ ވަކީލުން ތަމްސީލުކުރާ ބާ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބުގައި ޝަމީލް، ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ 291 ވޯޓު ލިބިގެންނެވެ.
ޝަމީލްއާ ވާދަކުރެއްވި ބަންޑާރަ ނައިބު އޮފީހުގެ ކުރީގެ އިސް ވަކީލް މައާޝާ ލުތުފީއަށް ލިބުނީ 216 ވޯޓެވެ.
ޝަމީލަކީ މިހާރު ވެސް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެކެވެ. އޭނާއަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ކޯޓުގައި ވަކާލާތު ކުރައްވާ، ލޯ ފާމެއް ހިންގަވާ ވަކީލެކެވެ.
ކައުންސިލްގެ އެކްސްކޯގެ މެންބަރުންގެ ދެ މަގާމަކަށް ވެސް ވަކީލުން ވަނީ އިންތިހާބު ކޮށްފަ އެވެ. ބުރާސްފަތި ދުވަހު އޮތް އިންތިހާބުގައި އެ މަގާމުތަކަށް އިންތިހާބުވީ އަބްދުالله ނާހިދާއި އަހުމަދު ޝާފިއު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުޝަން
22 June 2025
ރަގަޅު ޗޮއިސް އެއް. މިހާތަނަށް ބަސް ބުނަން ކެރުނު ގޮތަށް ވަކީލުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާނެކަމަށް އުއްމީދުކުރަން.
ވަކީލު ފްރެންޑު
22 June 2025
ޝަމީލަކީ ހަމައެކަނި "ބޮޑެތި" ޖިނާޢީ މައްސަލަތަކުގައި ވަކާލާތުކުރައްވާ ބޭފުޅެއްނޫން. ޝަމީލް އެންމެ ކުޅަދާނަވާނީ ވަޒީފާގެ މައްސަލަތަކުގައި، އެއީ ފިސާރި ކުޅަދާނަ ވަކީލެއް. ކިތަންމެ ފުނާބު އުހަސް އަބަދުވެސް ހުންނަވާނީ ބިމުގަ.
ޢަބްޑޫޅް +
21 June 2025
އާ ކައިންސިލުގެ ރައީސު މީހަޔަކީ ކާކު؟